ދޮށީ އަންހެން ދަރިފުޅު ހައްގުގައި މަަރުވާންވެސް ތައްޔާރަށް ހުރިކަމަށް ބޮލީވުޑްގައި މިހާރު ފިޔަޖަހަމުން އަންނަ ތަރި ސަނީ ލިއޯން ބުނެފިއެވެ.

ސަނީ ލިއޯން މިގޮތަށް ޓްވީޓްކޮށްފައި މި ވަނީ ރޭޕްކޮށް ވަރަށް ރަހުމްކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އާސިފާގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އޭނާގެ ދަރިފުޅަށް އެފަދަ ކަމެއް ވިޔަނުދޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

ސަނީ ލިއޯން ޓްވިޓާގައި ބުނެފައި ވަނީ، ހިތުގެ އެންމެ ފުންމިނުން ދަރިފުޅު ހުރިހާ ނުރައްކަލަކުން ސަލާމަތް ކުރުމަށް އޭނާ ހުރީ ތައްޔާރަަށް ކަމަށެވެ. އަދި އެކަމަށްޓަކައި އޭނާ މަރުވާން ޖެހުނަސް ތައްޔާރަށް ހުރިކަމަށް ސަނީ ލިއޯން ބުންޏެވެ.

ސަނީ ލިއޯން ބުނީ ނުބައި ނުލަފާ މީހުންގެ ކިބައިން ކޮންމެ ކުއްޖަކުވެސް ސަލާމަތް ކުރަން ޖެހޭނެ ކަމަށެވެ. ދަރިން ކައިރިކޮށްގެން ގެންގުޅެ، ކޮންމެ ކަމެއްކޮށްގެންވެސް ދަރިން ސަލާމަތް ކުރުމަށް ސަނީ ލިއޯން ވަނީ ގޮވާލާފައެވެ.

ސަނީ ލިއޯން އާއި އޭނާގެ ފިރިމީހާގެ އިތުރު ދެ ކުދިންވެސް ތިބެއެވެ. އެއީ ސަރަގޭޓް މެދުވެރިކޮށް ލިބުނު ދެކުދިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަރީ

    މީހަކު ގަދަކަމުން ނުކުރީމަ އޯކޭ... ރުހުމުގަ ލައްކައެއް ހަމަވިޔަސް ސަނީ ލިޔޯން އަށް ހެޔޮވާނެ ކަންނޭނގެ..

  2. އީސާ

    ވަރެއްގެ ދަރިއެއް ތިއޮތީ ލިބިފަ.

  3. ާއަހައްމަދު ވަލް އިމްރާނު ވަލް ފާތުހުމަ

    ގަދަ ކޮޔާ ސަނީ