ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެެއްގެ ލޯބި ހޯދާފައިވާ މިސްޓާ ބީން ނުވަތަ އަސްލު ނަމުންނަމަ ރޯވަން އެޓްކިންސަން އަށް އިއްޔެ 65 އަހަރު ފުރިއްޖެއެވެ.

އަނގައިން އެއްވެސް ބަހެއް ނުބުނެ، ބެލުންތެރިންގެ މޫނުތަކަށް ހިިނިތުންވުން ގެނުވި މިސްޓާ ބީން އަށް ޖެނުއަރީ 6ގައި 65 އަހަރު ފުރިފައި ވާއިރު އޭނާ އަކީ އެތައް ކުޑަކުދިން ތަކެއްގެ އިތުރުން ބޮޑެތި މީހުންގެވެސް މުނިފޫހި ފިލުވައިދިނުމުގެ ބައިވެރިޔަކަށް ވަނީ ވެގެން ގޮސްފައެވެ.

މިސްޓާ ބީންގެ އުފަންދުވަހު މީސް މީޑިއާ (ސޯޝަލް މީޑިއާ)ގައި އެތައް މިލިއަން ބަޔަކު ވަނީ އޭނާ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިކަން ފާހަގަކޮށްލެވެއެވެ.

މިސްޓާ ބީން

ކުޅަދާނަ މި އެކްޓަރުގެ ފުރަތަމަ އެޕިސޯޑެއް ބެލުންތެރިންނާއި ހަމައަށް އައިސްފައި ވަނީ 1990ގައި ކަމުގައި ވާއިރު ކާޓޫގެ ފުރަތަމަ އެޕިސޯޑު ނެރެފައި ވަނީ 2002ގައެވެ. ނަމަވެސް އަދިވެސް މިސްޓާ ބީންގެ އެޕިސޯޑުތައް ބަލަމުން އަންނަ މީހުންގެ އަދަދު މަދުވެފައެއް ނުވެއެވެ.

ގިނަ އެކްޓަރުންނަކީ މާބޮޑު ތައުލީމީ ފެންވަރެއް ހުރި އެކްޓަރުންތަކަކަށް ނުވި ނަމަވެސް، މިސްޓާ ބީން އަކީ އެލެކްޓްރިކަލް އިންޖިނިއަރިންގް އިން މާސްޓާސް ޑިގްރީ ހާސިލްކޮށްފާ މީހެއް ކަމުގައި ވާއިރު، އޭނާ އެކްޓު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ އެލެކްޓްރިކަލް އިންޖިނިއަރިންގް ކިޔަވަން ފެށި ދުވަސްކޮޅުއެވެ.

މިފަހުން އަހަރެމެންނަށް މިސްޓާ ބީން ފެނިގެން ދަނީ ޖޯނީ އިންގްލިޝްގެ ފިލްމުތަކުން ކަމުގައި ވާއިރު އޭނާ އަކީ ދުވަހަކުވެސް ބެލުންތެރިންގެ ހިތްތަކުން ފޮހެވިގެންދާނެ ވަރުގެ ފަންނާނެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރި ގާޑިޔާ

    ކަލޯ -/5000 ރުފިޔާ ލިބޭނެ

    21
    3
  2. މޮޔަެބެ

    އޭނަ ގެނެސް ބަލަ ރާއްޖެއަށް

    27
  3. މަރިޔާދު

    5000.00 ރުފިޔާ ކަށަވަރުވީ. ޗުކުރިއްޔާ ރައީސް

    14
    4
  4. ޖާބީރު މީހާ

    ކަލޯ މަ ހީކުރީ މިސްޓަބީން މިހާރު މަރުވެއްޖެ ކަމައް

    12
    4