ދުވާލު ވަގުތުގައި ނިދުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ. ރޭގަނޑުގެ ގިނަ ވަގުތު މަސައްކަތުގައި ހޭދަކޮށް ދުވާލު ނިދާ މީހުންވެސް މިމުޖުތަމައުގައި މަދެއް ނޫނެވެ.

އެހެންނަމަވެސް މިގޮތަށް ކަންތައް ކުރާ މީހުނަށް ސިއްޙީ ގޮތުން ގިނަ ގެއްލުންތަކެއް ލިބޭކަން ހޯދުންތަކުގެ އަލީގަިއ ވަނީ އެނގި ހާމަވެފައެވެ. އެހެންނަމަވެސް، ސިއްޙީ މާހިރުން ބުނަނީ މިއީ މިކަމުގައި އެންމެ ރަގަނޅު ރައުޔު ނޫންކަމަށެވެ.

ގިނަ ދިރާސާތަކަކަށްފަހު ސިއްޙީ މާހިރުން ބުނާގޮތުގައ ދުވާލު ވަގުތު ނިދުމަކީ ސިއްޙަތަށް ފައިދާ ހުރި ކަމެކެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑަށް ގިނަ ސިއްޙީ ފައިދާތަކެއް ލިބިގެންދެއެވެ. މީގެ ތެރޭގައި ލޭ މައްޗަށް ދިއުމުން ސަލާމަތް ވުމާއި ވިސްނުމުގެ ބާރު ގަދަވުމާއި ހަށިގަނޑުގެ ލޭދައުރު ކުރުވުމަށްވެސް ބޮޑު އެހީއަކަށް ވެގެންދެއެވެ. ނަމަވެސް މީގެ އެންމެ މޮޅު ގޮތަކީ ދުވާލު މާގިނައިން ނިދުމުގެ ބަދަލުގައި ވަގުތުކޮޅަކަށް ނިދާލުމަށްފަހު ހޭލުމެވެ. މިގޮތަށް ޢަމަލު ކުރުމުން މީހާ ތާޒާވެ ހެލިފެލިވެ އުޅުމަށް ފަސޭހަވެއެވެ. އަދި ސިކުނޑި ދުޅަހެޔޮވެ ސިކުނޑިއަށް އަރާމު ލިއްބައިދެއެވެ.

އެހެންނަމަވެސް މިއީ ހަމައެކަނި ދުވާލު ގަޑީ ނުދައިގެން ލިބޭ ފައިދާތަކެއް ނޫނެވެ. މިއީ ރޭގަނޑުގެ ނިދީގެ އިތުރުން ދުވާލު ގަނޑީގައި ނިދާނަމަ ސިއްހަތަށް ކުރާނެ ފައިދާތަކެވެ. ރަގަނޅަށް ނިދި ނުލިބިއްޖެ ނަމަ، މީހާ ވަރުބަލިވެ، ކަންތައްތައް ކުރަން ފޫހި ވުމަކީ ވެދާނެކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާ?

    ޢެހެންދޯ؟