ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ހަށިގަނޑުގެ އިސްތަށި ގިނަ ފިރިހެނުން މާ ފިރިހެންވަންތައެވެ. އެ ދިރާސާގައި ބައިވެރިވި 54 އިންސައްތަ އަންހެނުން ބުނާގޮތުގައި ތުނބުޅި ހުންނަ ހަށިގަނޑުގެ އިސްތަށި ގިނަ މީހުންނާއި އެމީހުން މާ ގަޔާވެއެވެ.

ހަށިގަނޑުގައި އިސްތަށި ގިނަވުމާއި މެދު ތަޖުރިބާކާރުން ހޯދި ހޯދުންތަކަށް ބަލާއިރު، ހަށިގަނޑުގެ އިސްތަށި ގިނަ ފިރިހެނުންނަކީ ވިސްނުންތޫނު ބައެކެވެ. އެގޮތުން ހަށިގަނޑުގެ އިސްތަށި ގިނަވުމާއި މީހާގެ ވިސްނުންތޫނުކަމާއިވެސް ގުޅުމެއްވާކަމަށް އެފަރާތްތަކުން ބުނެއެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އައި.ކިއު ސޮސައިޓީކަމުގައިވާ މެންސާގެ ގިނަ މެންބަރުންނަކީވެސް ހަށިގަނޑުގެ އިސްތަށި ގިނަ މީހުން ކަމަށާއި، ޑޮކްޓަރުންނާއި ސައިންޓިސްޓުންނަކީވެސް ހަށިގަނޑުގައި އިސްތަށި ގިނަ ކަމަށް ބުނެއެވެ.

ވިސްނުންތޫނުކަމާއި ފިރިހެންވަންތަކަމުގެ އިތުރުން ހަށިގަނޑުގައި އިސްތަށި ގިނަ ފިރިހެނުންނަކީ އެހާމެ މަޖާ ބައެއް ކަމަށްވެސް ދިރާސާއަކުން ދައްކާފައިވެއެވެ. ޖޯނާހް ހިލް، ޒެކް ގަލަފިއަނިކަސް، ވިލް ފެރެލް، ސެތް ރޯގަން އަދި ޖިމް ގެފިގަން ފަދަ ތަރިންނަކީ އެކަމުގެ ލާމަސީލު މިސާލެކެވެ. އޭގެ އިތުރުންވެސް ހަށިގަނޑުގައި އިސްތަށި ގިނަ މީހުންނަކީ އެހެން މީހުންނަށް އެހީތެރިވުމާއި ކަންކަމާއި ދޭތެރޭ މީހުން ހޭލުންތެރިކުރުވުމުގައި ބޮޑެތި މަސައްކަތްތަކެއް ކުރާ ބައެއްކަމަށް ދިރާސާވެރިން ބުނެއެވެ.

ހަމަ އެހެންމެ އެފަދަ މީހުންނަކީ އާދަޔާޙިލާފް ކަންކަން ކުރަންވެސް ޖެހިލުމެއް ނުވާ ބައެއް ކަމަށް ދިރާސާވެރިން ބުނެއެވެ. އިސްތަށި ގިނަ ފިރިހެނުންނަކީ އެމީހުންގެ އަމިއްލަ ނަފްސާއި ދޭތެރޭވެސް ވަރަށް ބޮޑު ޔަގީންކަމެއް އޮންނަ ބަޔަކަށް ވުމާއި އެކު، ޒިންމާދާރު ބައެއް ކަމަށްވެސް ބައެއް އަންހެނުން ބުނަމުންދެއެވެ. އެހެނަސް އިސްތަށި ގިނަ ވުމަކީ ހަށިގަނޑުގައި އިސްތަށި މާބޮޑަށް ދިގުކުރާން ޖެހޭ ސަބަބެއް ނޫން ކަމަށް އެފަރާތްތަކުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހަހަހަހަހަހަހހަހަ

    ކޮންތާކުން ހޯދަަައިގެން އުޅޭ މައުލޫ މާތެއް ތީ؟

    23
    4
  2. ޖ

    ހުސްފޭކު ދިރާސާ

    17
    7
  3. ޙުސޭނު

    އެހެންވީރުސާރިދޯޅުއެންމެވިސްނުންތޫނުވާނީ

    18
    4
  4. ޙަސީނާ

    ޗި މަށަށް އެއްގޮތަކަށްވެސް ކަމަކުނުދޭ އިސްތަށި ގިނަވީމައެއް. ވަރަށް ފަކުރު.

    20
    6
  5. މަ

    މަށަކީ އަންހެނެއް! މަށަކަށް ކަމަކު ނުދޭ! ތެދަށް މިބުނީ!

    20
    6
  6. ސާނީއަމާ

    ސާނީގެ ވާހަކަ ލިޔެފަ އެހުރީ

    2
    1
  7. Anonymous

    އައްޗީޑި. ހަޑި ވަރަށް.

    1
    1
  8. ހަސީނާ

    ގައިގަ އިސްތަށި ނުހުންނަ ފިރިހެނުން ފިރިހެނަކައް ނުވަަނެ މަށެއް ބޭނުމެން ނޫން އިސްތަށިނުހުންނަ ފިރިހެނެއް

  9. މެޑަމް

    ގައިގަ އިސްތަށި ނުހުންނަ ފިރިހެނުން ފިރިހެނަކައް ނުވަަނެ މަށެއް ބޭނުމެން ނޫން އިސްތަށިނުހުންނަ ފިރިހެނެއް