ވަރަށް އަވަހަށް އެއްޗެއް ތައްޔާރުކޮށްލަން ބޭނުންނަމަ ނުވަތަ ހަދާންނެތި މަސްގަނޑު ފެނުތެރެއަށް ނުލެވި އޮތްނަމަ އެދުވަހަކު ދެން އެޖެހުނީ މަސްލައިގެން ކައްކަން އުޅުނު ކެޔުމަށް އަލްވަދާއު ކިޔަން ތާއެވެ.

އެހެންނަމަވެސް ދެން އެހެނެއް ނުވާނެއެވެ. ޔެޓީ ޓަޗް ނަމަކަށް ކިޔާ މިކަޓިން ބޯޑްއިން މިއޮތީ ދިރިއުޅުން މުޅިން ފަސޭހަކޮށްލާފައެވެ. ޕުލާސްޓިކް ޓުރޭއެއްގެ ތެރޭގައި އެލްމުނިއަމް ގަޑެއް އަޅާފައި އޮންނަ މި ކަޓިން ބޯޑަށް ބެޓެރިއެއް ނުވަތަ އެކަހަލަ ހަކަތަ ލިއްބައިދޭ އިތުރު އެހެން އެއްޗެއް ބޭނުމެއް ނުވެއެވެ. ގަނޑު މަސްގަނޑު ކަޓިން ބޯޑްގެ މަތީގައި ބޭއްވުމުން ތިބާގެ ޒިންމާ ނިމުނީއެވެ. ފިނި ދުއްވުމުގެ ޒިންމާ ކަޓިން ބޯޑްއިން އަދާކުރާނެއެވެ.

ޔެޓީ ޓަޗް ތައްޔާރު ކުރި ފަރާތުންވަނީ މި ކަޓިން ބޯޑްގެ އެހީގައި ފިނި މަސްގަނޑެއް 12 މިނެޓްއާއި 16 މިނެޓްއާއި ދޭތެރޭގައި ފިނިކަން ކަނޑުވާލާނެއެވެ މަސްގަނޑުގެ ފިނިކަން ދާވަގުތު މަސްގަނޑު ފުށުން ޖަހަން ޖެހޭ ކަމަށްވެސް މި އުފެއްދި ފަރާތުން ބުނެއެވެ. އެއީ ގަނޑު އެއްވަރަކަށް ފިލުވާލުމަށް ޓަކައެވެ.

އިންސާނާގެ ދިރިއުޅުން ފަސޭހަ ކުރުމަށް ތަފާތު އީޖާދުތަކެއް ކުރަމުންދާއިރު މިއީ ދިރިއުޅުން އިތުރަށް ފަސޭހަކޮށްލައިދޭނެ އާލާތެއްކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު