އިރުގެ އައްވަކީ އޭގައި ހިމެނޭ އަލްޓްރާ ވައިލެޓް ރޭސްގެ ސަބަބުން ހަށިގަނޑަށާއި ހަމަށް ގެއްލުންކުރުވާ އެއްޗެއްކަމުގައި އަބަދުވެސް ވަނީ ބެލެވިފައެވެ. އެހެންނަމަވެސް އިރުގެ އައްވަކީވެސް އޭގެން ހަށިގަނޑަށް އަދި ހަމަށް ފައިދާވެސް ގެނުވައިދޭ އެއްޗެކެވެ.

އިރުގެ އައްވަކީ އޭގެން ގިނަ އަދަދަކަށް ވިޓަމިން ޑީ ހަށިގަނޑަށާއި ހަމަށް ލިއްބައިދޭ އެއްޗެކެވެ. މިއީ ދެންނެވޭ ތޯތޯ ވާހަކައެއް ނޫނެވެ. ސިއްހީ ދާއިރާގެ ތަޖުރިބާކާރެއްކަމުގައިވާ ޑރ. ކްރިސް ކްރެސާރ އެކަމާއި ގުޅޭގޮތުން ކުރެއްވި ދިރާސާއަކުންވެސް ވަނީ އެކަން ސާބިތުކޮށްދީފައެވެ.

ދެން އުފެދޭނެ ސުވާލަކީ އިރުން ލިބޭކަމަށް މި ދަންނަވާ ވިޓަމިން ޑީ ލިބެނީ ދުވާލުގެ ކޮން ވަގުތަކުބާއެވެ؟ ޑރ. ކްރެސާރގެ ދިރާސާއިން ވަނީ މެންދުރުގެ ގަދަ ހޫނަކީ އިރުން ލިބޭ ވިޓަމިން ޑީ އެންމެ ފަސޭހައިން އަދި އެންމެ އެދެވޭ ގޮތެއްގައި ލިބިގަނެވޭނޭ ވަގުތުކަމަށްވެސް ދައްކުވައިދީފައެވެ. އޭގެ ބަދަލުގައި ވިޓަމިން ޑީ ހޯދުމަށް އިރުގެ އަތްވަށް ނުނިކުންނަންވީ ގަޑިތަކަކީ އިރުއޮއްސޭ ވަގުތާއި ހެނދުނުގެ ވަގުތުތަކުގައެވެ.

ސަބަބަކީ އެ ގަޑިތަކަކީ އިރުގެ އަލިން ވިޓަމިން ޑީ ނުލިބޭ ގަޑިތަކެއްކަމުގައިވާތީއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ދޮން މީހުންގެ އިރުގެ އަލިން ވިޓަމިން ޑީ ލިބިގަތުމަށް އަވީގައި 10 ވަރަކަށް މިނެޓް ހޭދަކުރުމުން ރަނގަޅުވާނެއެވެ. އަދި ހަމުގެ ކުލަ ކަޅު މީހުން އިރުގެ އަލިން ވިޓަމިން ޑީ ލިބިގަތުމަށް 20 ވަރަކަށް މިނެޓް ހޭދަކުރުމަކީ އެންމެ ރަނގަޅު ވަރެވެ. މި ހުރިހާ ވާހަކައެއްވެސް މި ދެންނެވެނީ ސައިންޓިފިކް ދިރާސާތަކުގެ އަލީގައިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގޙަގސހ1

    ގަބުޫލެއް ނުކުރެވޭ... ގައިމު ތުއްތު ކުދިން ބޭރަށް ނެރެން ޑޮކްތަރުން ލަފާ ދެނީ މެންދުރު އެންމެ ހޫނުގަދަ ގަޑިޔަކުނޫން

  2. މި

    وَاللّهُ أعلَم