ބައެއް މީހުންނަކީ ރެސްޓޯރެންޓަށް ގޮސް އޯޑަރު ކުރާ އެއްޗެހިވެސް ވަކި ވަރަކަށް ތައްޔާރުކުރުމަށް އެދޭ މީހުންނެވެ. އެގޮތުން، ބައެއް މީހުން އޯޑަރު ކުރާއިރު ވަކި އެއްޗެއް ކުޅި ގަދަ ކުރުމަށް ނުވަތަ ކުޅި މަޑު ކުރުމަށް އެދެއެވެ.

އެގޮތުން، ރެސްޓޯރެންޓަކުން ޕެޑް ތައި ތައްޓަކަށް ނުވަތަ ނޫޑްލްސް ތައްޓަކަށް އޯޑަރު ކުރި މީހަކު، އެކާނާ ކުޑަކޮށް ކުޅި ގަދަ ކުރުމަށް އެދުމުން، ރެސްޓޯރެންޓުންވަނީ ބޮޑު ލަނޑެއް ދީފައެވެ.

ލޯގަން ޑޯން ނަމަކަށް ކިޔާ މީހަކަށް މި ލަނޑު، ރެސްޓޯރެންޓުން ދީފައިވަނީ ގަސްދުގައިކަން ހާމަވެއެވެ. އެމީހާއަށް ގެނައި ނޫޑްލްސްގެ ކުޅި، އިންތިހާއަށް ގަދަކޮށްފައިވާއިރު އެއީ އިންސާނަކަށް ކެއުމަށް އެކަށީގެންވާ ވަރަށް ވުރެވެސް ކުޅިގަދަ އެއްޗެއްކަމަށް ލޯގަން ބުނެފައިވެއެވެ.

ކައި ނިމުމުން ގެނައި ބިލުކޮޅުން، މިއީ ގަސްދުގައި ކޮށްފައިވާކަމެއް ކަމެއްކަމަށްވާއިރު، މިއީ ހުންނަ ގޮތް ނޫން އެހެން ގޮތަކަށް ނޫޑްލްސް ހެދުމަށް ބުނުމުން ކުރި ކަމެކެވެ. ގެނައި ބިލުކޮޅުގައި "ސްޕައިސީ" އެތައް ފަހަރަކު ޖަހާފައިވާއިރު ބިލުގެ ތިރީގައި ބުނެފައިވަނީ "ކުރި އޯޑަރަށް ހިތާމަ ކުރާވަރު ކުރުވާށޭ" އެވެ.

ލޯގަން މި ނޫޑްލްސް ކެއުމަށް ފަހު އެތައް ވޭނެއް އެޅިކަމަށްވެސް ނޫސް ތަކުން ބުނެފައިވެއެވެ.

ދާދިފަހުން މިކަން ހިނގާފައިވާއިރު، ދުނިޔޭގެ ކުޅި މިރުހެއް ކައިގެން، މީހަކު ސީރިޔަސް ޙާލަތަށްވެސް، މި ފަހުން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަމެން ނަމަ ތިޔާ ބިލެއް ވެސް ނުދައްކާނަން މޭޒު ނަގާ ހޫރާލާނީ ކުޑަ ދޮރުން ބޭރަށް ފަހުން ވާނެ އެއްޗެއް ވާނީ. ފަހުން ވާނެ އެއްޗެއް ވާން ޖެހޭނީ. އޮން ދަ ސްޕޮޓް ގައި ޖެހޭނެ ކަން ނިންމާލަން.

  2. ފެންނަގޮތުގައި ފޮޓޯގައި ވަނީ ސްޕެކެޓީ ތައްޓެއް.

  3. މަހަށްދާށޭ ބުނަނީ ދެރަކޮށްލަންތަ؟