މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ ގައިގާ "ލައިމް ޑިޒީސް" ނަމަކަށް ކިޔާ ބައްޔެއް ހުންނަ ކަމަށް ބުނެފިއެވެ.

ޖަސްޓިން ބީބާ އިންސްޓްގްރާމުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަށް އެ ބަލި ޖެހިފައިވާތާ އަހަރުތަކެއް ވެފައިވާ ކަމަށާއި، އަދި މިހާރުވެސް އަންނަނީ އެ ބައްޔާއި ހަނގުރާމަ ކުރަމުން ކަމަށެވެ. އަދި ލައިމް ޑިޒީސްގެ އިތުރުން އެހެން "ކްރޮނިކް ވައިރަލް އިންފެކްޝަން" އެއްވެސް އޭނާގެ ގައިގާ ހުންނަ ކަމަށް ވަނީ ބުނެފައެވެ.

https://www.instagram.com/p/B7EnV5VHEYp/

އުމުރުން 25 އަހަރުގެ ޖަސްޓީން ބީބާ އިތުރަށް ބުނެފައިވަނީ މި ބަލީގެ ސަބަބުން އޭނާގެ ހަންގަނޑަށް އެކި ކަހަލަ އެތައް ބަދަލެއް އައިސްފައިވާ ކަަމަށެވެ. އަދި މި ބަލީގެ ސަބަބުން ގަޔަސް ތަދުވެ، މީހާ އަވަހަށް ވަރުބަލިވާ ކަމަށްވެސް ޖަސްޓިން ބީބާ ވަނީ ބުނެފައެވެ.

ލައިމް ޑިޒީސް އަކީ ބައެއް ކުދި ސޫފީގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިނގެރޭސި ވިލާތުގެ 13 އިންސައްތަ މީހުންނަކީ މި ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ. މަ ބައްޔަކީ މީހުންގެ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. އަދި މި ބައްޔަކީ ފަސޭހައިން ފަރުވާ ހޯދޭ ބައްޔެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަައިބާ

    ސުރުހީގަ އޮއް ގޮތުން މަހީކުރީ ބީބާ ބަނޑު ބޮޑުވީ ކަމަ ނޭނގޭނެއްނުން ޖަހަނީ އަންހެނެއް ވައްތަރު ވީއްޔާ

    14
    2