ކާނިވާ ސަރަހައްދުގައި ހުންނަ ލެމަންގްރާސް ސީ ވިއު ކައިރިން ވެލައެއް ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިޔޯއެއް މީސްމީޑިޔާގައި އާންމުވާން ދައުރުވާން ފަށައިފިއެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަނީ، ލެމަންގްރާސް ކެފޭގައި އެވަގުތު ކޮފީބޯން ތިބި 3 މީހަކު، މޫދުގައި ދާގަނޑެއްގައި އަޅައިގެންފައި އޮތް ވެލައެއް ސަލާމަތް ކުރާ މަންޒަރެވެ. އެ ޒުވާނުން އެ ވެލާ ސަލާމަތްކޮށްފައި ވަނީ މޫދަށް އެރި އެ ދާގަނޑުން ވެލާ ނައްޓައިގެންނެވެ. އެ ތިން މީހުންގެ ތެރެއިން މޫދަށް އެރުނީ ދެ މީހެކެވެ.

https://www.facebook.com/thasxx/videos/2685121714898143/

"ވަގުތު" އަށް މަޢުލޫމާތުދެމުން ވެލާ ސަލާމަތްކުރުމުގައި ބައިވެރިވި ތިން މީހުންގެ ތެރެއިން ޔޫސުފް ރިޝްފާން ބުނީ ހުކުރު ދުވަސްކަމަށް ވުމާއެކު މިއަދުވެސް ލެމަންގްރާސްއަށް އައި ކޮފީއެއް ބޯލަން ދިޔައީ ކަމަށެވެ. އަދި އެތަނުގައި މޫދަށާއި، ފްލައިޓްތައް ޖައްސާތަން ބަލަން ތިއްބާ ދާގަނޑެއް ކަހަލަ އެއްޗެއްގައި ވެލައެއް އަޅާފައި އޮއްވާ ފެނުނީ ކަމަށެވެ.

"މިއަދުވެސް އާދައިގެމަތިން ހުކުރު ދުވަސްވީމަ ކޮފީއެއް ބޯލަން އެރީ ސީވިއުއަށް... އަރާފަ ދެން މިތަނުން ފެނޭ މޫދުން ތަފާތު ވައްތަރުގެ މަސް... ދެން މިހެން ހަމަ ފްލައިޓްތައް ޖައްސާތަން ބަލަން ތިބީ... ތިއްބާ ފެނުނީ ބޮއެއް ކަހަލަ، ފުޅިއެއް ކަހަލަ އެއްޗެއްގަ އެއްޗެއް އަޅާފަ އޮއްވާ..އޭތި ތެޅޭތަން ފެންނަނީ" ރިޝްފާން "ވަގުތު" އަށް މައުލޫމާތުދެމުން ބުންޏެވެ.

ވެލާ ސަލާމަތްކުރި ތިން މީހުން

އަދި މޫދަށް އެރި ވެލާ ސަލާމަތްކުރަން ތައްޔާރުވެގެން ތިން މީހުންވެސް މޫދުކައިރިއަށް ދިޔައީ ކަމަށެވެ. އަދި ތިން މީހުންގެ ތެރެއިން ދެމީހުން މޫދަށް އެރިގެންގޮސް، ވެލާގެ ގައިގާ އޮޅިފައިހުރި އެއްޗެހިތައް ނައްޓާލުމަށްފަހު، މޫދަށް ވެލާ ދޫކޮށްލީ ކަމަށެވެ.

ރިޝްފާން އިތުރަށް ބުނީ ދާގަނޑެއްގައި އޮޅިފައި އޮތް އެ ވެލާ ސަލާމަތް ކުރަން މޫދަށް އެރުނުއިރު، އެ ވެލާ އަޑިއަށް ނުގޮސް އޮތީ ފުޅި އޮތުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަންޒު ކަހަބު

    ވަށްބިން ފަރުން ދޫކޮށްލި ވެލާގެ ޚަބަރު؟؟

  2. ގިލަ

    ވަރަށް ރަގަނޅު ކަމެއް ތިންޒުވަނުން އެކުރި ☺

    27
  3. ކކ

    މޫދަށް ފުންމާލި 2 ޒުވާނުންނަށް ފަށްފަށުން މަރުހަބާ، އެވަގުތު އެތާ މަންޒަރު އަދި ކަން ހިގި ގޮތް އިގޭ މީހެއްގެ ހައިސިއްޔަތުން މި ބުނެލަނީ ވެލާ ސަލާމަތް ކުރަން އެއްބަސް ވެގެން ފުން މާލީ 2 މޭޒެއްގަ ތިބި ތި ކައިރީގަ ޖެހިޖެހިގެންތިބި 2 ޒުވާނުން. ފުލުހުންނަށް ގުޅުމުން ބުނީ ބަލާލާނަމޭ އެހެން ބުނެ ހަބަރެއް ނުވޭ. ފަހުން ގުޅާފަ ބުނިން ސަލާމަތް ކުރިވާހަކަ.

    21
    1
    • ާާާޢަލީ

      ފުލުހުންނޭ...ތަނެއްގަ ސައިކަލެއް އިނިއްޔާ ބުނެލާ ގަވައިދުން އިނަސް ނުގަވައިދުން އިނަސް ސްޓިކާޖަހާލަން ދާނެހަމަ ވަގުތުން...އެޔޯއެމީހުންގެ ވަޒީފާއަކީ... މިހާރު...

      10