ބޮލީވުޑްގެ ތަރި ޝާހިދު ކަޕޫރް މިހާރު ތައްޔާރުވަމުން ދަނީ ޖާޒީ ފިލްމްގެ ޝޫޓިންގއަށެވެ. އެ ފިލްމްގައި އޭނާ ފެނިގެން ދާނީ ކްރިކްޓް ކުޅޭ މީހެއްގެ ގޮތުގައެވެ. އޭނާ އެ ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، އޭނާއަށް މިހާރު އަނިޔާވެފައިވާކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ޝާހިދު އަށް އަނިޔާވެފައި ވަނީ، ޗަންދިގަރްހްގައި ފިލްމް ކުޅޭ ސެޓްގައި ކަމަށް ވެއެވެ. އޭނާ ދަނީ ސްޓްގައި ރިހާސަލް ޖައްސަމުންނެވެ. އޭނާއަށް އަނިޔާވެފައި ވަނީ ރިހާސަލްގެ ތެރެއިންނެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުގައި، އޭނާއަށް އަނިޔާވެފައި ވަނީ ނޭގި ހުއްޓާއެއް ބޯޅައެއް އައިސް އޭނާގެ ތުންފަތުގައި ޖެހުމުންނެވެ. އޭނާގެ ތުންފަތް ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ތުންފަތުން ލޭވެސް އައިސްފައި ވެއެވެ. އަދި ތުންފަތް ވަރަށް ބޮޑަށް ދުޅަވެފައިވާއިރު، ބޭސްވެސް އަޅާފައިވާ ކަަމަށް ވެއެވެ.

އޭނާއަށް ލިބުނު އަނިޔާތަކާއި ގުޅިގެން ޑޮކްޓަރުން އޭނާއަށް ފަރުވާ ދީފައި ވެއެވެ.

އެހެންވެ މިހާރު އޭނާ ވަނީ ފިލްމްގެ މަސައްކަތުން ބްރޭކެއް ނަގާފައެވެ. އޭނާ އެނބުރި މަސައްކަތަށް ނުކުންނަށް ދުވަސްކޮޅެއް ނަގާނެއެވެ.

ޝާހިދު އާއި އަނބިމީހާ މީރާވެސް ހުރި އެ ސިޓީގައެވެ.

އެ ފިލްމްގައި ޝާހިދު ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެން ދައިރު،އޭނާގެ ހުވަފެނަކަށް ވާނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމަށް ކުޅެން ފުރުސަތު ހޯދުމެވެ. އެ ހުވަފެން ސީދާ ވެގެން ދާނީ އޭނާގެ އުމުރުން 40 އަހަރުގައެވެ. އެ ފިލްމަކީ 2019 ވަނަ އަހަރު ނުކުތް ޓެލެގޫ ފިލްމެއްގެ ރީމޭކް އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޮޑު ކަމެއް

    ތުންފަތް ވަރަށް ބޮޑައް ފަޅައިގެން ދިޔަ އެވެ.. އަދި ލޭވެސް އަޔެވެ.. އަދި ދުޅަވެސް ވިޔެވެ.. ބޭސް ވެސް އެޅިއެވެ.. އެޅި ބޭހުގެ ނަން ވެސް ޖަހާލިނަމަ.. އަދި ބޭސް އެޅި ގޮތް ވެސް..