ބޮލީވުޑްގެ މޮޅު ފަންނާނު އަދި އެންމެ އަގުބޮޑު ތަރި ދީޕިކާ ޕާޑުކޯން މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމު "ޗަޕާކް" ލީކުކޮށްލައިފިއެވެ.

މި ފިލްމުން ދީޕިކާ ފެނިގެންދަނީ ނުބައި ފިރިހެނުންތަކެއް އެސިޑު ޖަހައި ފިއްސާލައިފައިވާ ހިތްވަރުގަދަ އަންހެން ކުއްޖެއްގެ ރޯލުންނެވެ. މި ފިލްމަކީ 2005 ވަނަ އަހަރު އިންޑިއާގައި މޫނަށް އެސިޑު ޖަހައި ފިއްސާލި 15 އަހަރުގެ ލަކްޝްމީ އަގަރުވާލްގެ ހަޔާތުގެ ވާހަކަ ހަގީގަތަކަށް ބަލައިގެން ކުޅެފައިވާ ފިލްމެކެވެ. ލަކްޝްމީ އަގަރުވާލް އަންނަނީ އޭނާ އަށް އެހާދިސާ ދިމާވުމަށް ޓީވީ ޝޯވްތައް ގެނެސްދީ އޭނާގެ ވާހަކަ ހިއްސާކުރަމުންނެވެ.

ލަކްޝްމީ އެސިޑުގެ ޝިކާރައަކަށްވެފައި ވަނީ އޭނާ އަށް އުމުރުން އެންމެ 15 އަހަރުގައި 32 އަހަރުގެ ފިރިހެނަކު ހުށަހެޅި ލޯބި ގަބޫލު ނުކުރުމާއި ގުޅިގެން ކަމަށްވެއެވެ.

އެ ފިލްމު ލީކު ކޮށްލާފައި ވަނީ ތަމިލް ރޮކާސް ނަމަކަށް ކިޔާ ބައެކެވެ. އެމީހުން ވަނީ މިދިޔަ އަހަރު މިހާތަނަށް ނިކުތް ހުރިހާ ފިލްމެއް ކަހަލަ ގޮތަކަށް ލީކޮށްކޮށްލާފައެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ފިލްމު އިންޑަސްޓްރީ އަށް ވަނީ ބޮޑު ލޮޑުމަކާއި ކުރިމަތިލާން ޖެހިފައެވެ.

ދީޕިކާ މިފިލްމުން ފެނިގެންދަނީ މުޅިން ތަފާތު މޫނަކާއި އެކުއެވެ، އޭނާ ބުނި ގޮތުގައި ފިލްމު ކުޅުމަށް އެންމެ ދަތިވެފައި ވަނީ އޭގައިވާ ގޮތްތައް ލޯމައްޗަށް ސިފަވެ، ރޮވޭލެއް ގިނަކަމުންނެވެ.

އެހެން ނަމަވެސް މި ފިލްމުން ދިޕިކާގެ އެކްޓިން މޮޅު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެ ފިލްމް ސިނާމަތަކުގައި އަޅުވަން ފަށާފައި ވަނީ އިއްޔެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިފުތު

    ތިހެން ސްކްރީން ކޮޕީ ކޮންމެ ފިލްމެއްގަވެސް ލީކް ބޭ އިނގޭ ތޯ. ތީ އާކަމެއް ނޫން އިނގޭ ތޯ