ކްލިނިކެއްގެ ތެރޭގައި އިން ފާހަނަތައްޓެއް ބެދިގެން، އެކަން ހައްލު ކުރުމުގެ މަސައްކަތުގައި އުޅުނު ބަޔަކަށް ފާހަނަ ތަށި ތެރެއިން މަރާލާފައި އޮތް ތުއްތު ކުއްޖެއް ފެނިއްޖެއެވެ.

އިންޑިއާގެ ކެރެލާ އަވަށުގައި، މި ހާދިސާ ހިނގިއިރު، އެ ކުއްޖާ އެ ފާހަނަ ތަށި ތެރެއިން ފެނުނީ އެ މަސައްކަތުގައި އުޅުނު މީހުން ފާހަނަ ރަނގަޅު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.

ފުލުހުންގެ ރިޕޯޓްތައް ބުނާގޮތުގައި، އެ މަސައްކަތުގައި އެމީހުން އުޅެނިކޮށް ފެނުނީ ބޯޅައެއްހެން އޮތް އެއްޗެކެވެ. އެެއީ ބޯޅައެއް ކަމަށް ހިތާ އެ މީހުން އެ ފާހަނަަތެރެއިން ނަގާ ބެލިއިރު، އެއީ މަރާލާފައި އޮތް ކުޑަކުއްޖެކެވެ.

ބެލެވޭގޮތުގައި، އެ ކުއްޖާގެ މަންމައަކީ އެތަނަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހެކެވެ. ނަމަވެސް އޭނާ ވަނީ ފާހަނަތެރެއަށް އަމިއްލައަށް ވިހާފައެވެ. ވިހާފައި އެ ކުއްޖާ ހުރިގޮތަށް ލާފައި ވަނީ ފާހަނަތެރެއަށެވެ.

ފުލުހުން މިހާރު ދަނީ އެ ކުއްޖާގެ މަންމައަކީ ކާކުތޯ ހޯދަމުންނެވެ. އަދި އެ ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ފޮނުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުރޭކިންގ ނިއުސް ޖަހާލި ނަމަ ވަރަށް ސަޅިވީސް

  2. ސުބްޙާނަﷲ. މާތްﷲއީ ކެތްތެރިވަންތަ ރަސްކަލާނގެ.

  3. ނުބައި ނުލަފާ ކަމުން ހައްދުފަހަނަ އަޅާފައި އޮތް ތަނެއް..

  4. ސުބްޙާނަﷲ.

  5. ޔާﷲ.. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ