ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި މިހާރު ވިދަމުން އަންނަ ތަރި ނުޒުހަތު ޝުއިބު ކައިވެނިކޮށްފިއެވެ. އޭނާ ކައިވެނިކޮށްފައި ވަނީ މިއަދުއެވެ.

އޭނާ ކައިވެނިކޮށް، ފިރިމީހާއާއެކު މާލޭގެ ފެމެލީ ކޯޓު ކައިރީގައި ނަގަފާއިވާ ފޮޓޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އޭނާ ކައިވެނިކޮށްފައި ވަނީ، އަބްދުﷲ ޝަފީއު ނަމަކަށް ކިޔާ މީހަކާއެވެ.

ނުޒޫ ފިލްމީ ދާއިރާއަށް ނުކުމެފައި ވަނީ ފިލްމް މަލިކާއިންނެވެ. އެ ފިލްމްގައި އޭނާ ފެނިގެން ދިޔަ ރޯލުން އެންމެ މޮޅު އަންހެން ފިލްމީ ތަރި އެވޯޑަށް ނޮމިނޭޓްވެސް ވިއެެވެ.

އޭގެ ފަހުން އޭނާ ފެނިގެންދާ އެތައް ފިލްމެއް ނެރެފިއެވެ. އޭނާ ފެނިގެން ދިޔަ ބައެއް ފިލްމްތަކަށް ބަލާއިރު، ވަކިން ލޯބިން، ގޮށްރާޅު، ނޯޓީ 40، ލީނާ، ބަވަތި، ފަދަ ފިލްމްތައް ހިމެނެއެވެ.

އޭނާގެ ބައެއް އިތުރު ފިލްމްތައް މި އަހަރުވެސް ފެނިގެން ދާނެއެވެ.

މިއަދު ނުޒޫ ކައިވެނި ކުރިއިރު ދާދި ފަހުން، ފިލްމީ ތަރި އާޒިމް (ދޮން އައްޔަ)ވެސް ވަނީ ކައިވެނި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ކަރަންޓޭ

  ބޭޑު ގޮލައެއްތަ؟

  21
  12
 2. ގދސސސ

  ފިލްމީ ތަރިއޭ..ކޮންމެވެސް ވަރަކަށް ފިލްމަކުން ފެންނަ ގޮލައެއް ކައިވެނިކޮއްފި. ކޮން ތަރިއެއް

  12
  7