ދުނިޔޭގައިވާ އެންމެ ކުޅި މިރުސް ކަމަށްވާ "ކަރޮލައިން ރެޕާ" ކައިގެން ހާލުދެރަަވި މީހާގެ މައްސަލަ ފެންމަތިވެފައިވަނިކޮށް އެ މިރުސް ހައްދާ މީހާރު އޭނާ ހައްދާ އެ މިރުހުގެ ދިފާއުގައި ނުކުމެއްޖެއެވެ.

އިނގިރޭސިވިލާތުގެ ދަނޑެއްގައި ހައްދަމުން އަންނަ މި މިރުސްގެ ދިފާއުގައި ނިކުތް އެ މިރުސް ހައްދާ މީހާ ސަލްވޭޓޫ ޖެނޮވޭސް ބުނީ، އެ މިރުސް ކާން ޖެހޭނީ ވަރަށް ރަނގަޅަށް ކައްކައިގެން ކަމަށެވެ. އެއީ ހުހާ ކާން ޖެހޭ ވަރުގެ މިރުހެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"މީގެ އަހަރުތަކެއް ކުރިން ފެށިގެން އަހަރެމެން މި މިރުސް ވިއްކަމުން އަންނައިރު، އަދި މިހާތަނަށް މި މިރުސް ކައިގެން މީހުން ހޮސްޕިޓަލަށްދާވަރު ނުވޭ. މިއީ ރޮލާ ހަފައިގެން ކާން ޖެހޭ އެއްޗެއް ނޫން. އެގޮތަށް އަހަރެމެންވެސް އެގޮތަކަށް ނުކަން. މިއީ ރަހަ ލާ ވަރަށް އަޅައިގެން ރަނގަޅަށް ކައްކައިގެން ކާ މީރު މިރުހެއް". އޭނާ ސްކައި ނިއުސްއަށް ބުންޏެވެ.

ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަށް ބުނާގޮތުން މިރުސް ކެއުމުގެ ސަބަބުން ހާލު ދެރަވި ތޯމަސްގެ ފުއްޕާމެއަށް ވަނީ ވަަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި އެ މިރުހުގެ ކުޅިކަމުގެ ސަބަބުން ސިކުނޑީގެ ބައެއް ނާރުތަކަށްވެސް ގެއްލުން ލިބިފައިވާ ކަމަވެސް ޑޮކްޓަރުންނާއި ހަވާލާދީ މިޑިއާ ރިޕޯޓްތަށް ބުނެއެވެ.

ކަރޮލައިން ރެޕާ އަކީ އެހެން އެއްޗަކާ އެއްނުކޮށް ކެއުން ހެޔޮވާވަރު އެއްޗެއް ނޫންކަމުގައިވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނާއިފު

    ތިޔަ މިރުހުން އޮށެއް ކުޅިމަސް ހަދަން ރަނގަޅު ވާނެތާ...

  2. ތެދު

    އަސްލުވެސް

  3. އައިމިނަތު

    ބަޖިޔާއެއްނު ރީޕާ ނޮޓް ރެޕާ. ޔޫޓިއުބްގަ ސާޗްކޮށްބަލަ ނޭނގެންޏާ!!! މިވަރުންވެސް ވާނެ މޮޅެތި ހަބަރު ގެނެސްދޭން.

  4. އައިމިނަތު

    އޯލްސޯ އިޓްސް ކެރޮލައިނާ!!!!!

  5. ?

    .ހޫނުފެނަށް ވެއްޓުނީމަ ފިހޭނީނޫންތަ

  6. ޭހިކިމިރުސް

    މިގޭއުޅޭ މިރުސްބެއަށް ރަނގަޅުވާނެ ތީގެ މިރުސް.