ޖަޕާނުގެ ބިލިނިއަރަކު އޭނާއާއި އެކީ ހަނދު ވަށައި ބުރެއް ޖަހާލުމަށް އަންހެނަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ޔުސަކު މައެޒަވާ އަކީ މީގެ ކުރިން އެގައުމުގެ ފިލްމް ކުޅޭ އަންހެނަކާއި ގިނަ ދުވަސްތަކަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ގިނަ ބައެއް ދަންނަ ބިލިނިއަރެކެވެ.

ޔުސަކު ބުނެފައިވަނީ އޭނާއާއި އެކީ ހަނދު ވަށައިބުރެއް ޖަހާލުމަށް އޭނާ ބޭނުންވަނީ އުމުރުން 20 އަހަރުން މަތީގެ އަންހެނެއް ކަމަށެވެ. އަދި އޭނާ ބޭނުވީ ދެން ދިރިއުޅުމުގައި މަޖާ ކުރަން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"އަހަންނަށް މިހާރު 44. ހުސްކޮށް ހުރުމުން މުޅިންވެސް ފެނިގެން ދަނީ އެކަނި ވެރިކަން. އެހެން ކަމުން އަހަރެން ބޭނުންވަނީ މީހަކާއި ދެން ރައްޓެހި ނުވެ، އަންހެނަކު ގޮވައިގެން ހަނދު ވަށައި ބުރެއް ޖަހަން" ޔުސަކު ބުނެފައިވެއެވެ.

ހަނދު ވަށައި ބުރެއް ޖަހާލުމަށް އަންހެނަކު ހޯދުމަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި އިޝްތިހާރެއް ވެސް ޖަހާފައެވެ. އަދި މިކަން ވަނި ގިނަ ބައެއްގެ ސަމާލުކަމަށްވެސް އައިސްފައެވެ.

އެގޮތުން އޭނާ އިންސްޓްގްރާމްގައި ޖަހާފައިވާ "ހަނދު ވަށައި ބުރެއް ޖަހާލުމަށް އަންހެނަކަށް ލިބޭ ރަނުގެ ފުރުސަތެއް" މި ޕޯސްޓަށް ގިނަ ބަޔަކު ކޮމެންޓް ކުރަމުން އަންނަ އިރު އޭނާ ބުނެފައިވަނީ މިހާތަނަށް ވަރަށް ގިނަ ފަރާތްތަކުން އެކަމަށް އެދިފައިވާ ކަމަށެވެ. މިކަމުގެ އެންމެ ފަހު ތާރީހާކަށް އޭނާ ދީފައިވަނީ މިމަހުގެ 17 ވަނަ ދުވަހެވެ.

ޔުސަކު އަކީ އޮންލައިން ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށްވާ ޒޯޒޯގެ ޗީފެވެ. ފަހުން އޭނާ ވަނީ އެ ކުންފުނި ޔާހޫ އަށް ވިއްކާލާފައެވެ. އަދި މިހާރު އޭނާ އަންނަނީ ޕްރައިޒޭ އާޓް ގަންނަން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންމަންޖެ

    މަވެސް ދާނަން ގެންދޭ