ދަރިފުޅަށް ކާން ނުދީ، މަރާލި ކަމަށް ރަޝިއާ އަންހެނަކު އެއްބަސް ވެއްޖެއެވެ.

ރަޝިއާގެ ސިޓީއެއް ކަމަށްވާ ކީރޮވްގައި ދިރިއުޅެމުން އަންނަ އުމުރުން 21 އަހަރުގެ މާރިއާ ޕްލެންކީނާ، އޭނާގެ ދަރިފުޅު މަރާލި ކަމަށް އެގައުމުގެ ކޯޓެއްގައި އެއްބަސް ވެފައެވެ.

ފުލުހުން ބުނެފައިވަނީ އެ ކުއްޖާ މަރުވެފައިވަނީ ބަނޑަށް ޖެހިގެން ކާނެ އެއްޗެއް ނެތުމުން ފާހަނާގައި ހުރި ދޮންނަ ކުޑި ކައިގެން ކަމަށެވެ. ކުއްޖާ މަރުވެފައި އޮތްވާ ފެނުނު އިރު، ކުއްޖާ އޮތީ އެއްވެސް އެއްޗެއް ނުލައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ދޮންނަކުޑީގެ އިތުރުން އެ ކޮޓަރި ތެރޭގައި މާރިއާ ބަހައްޓާފައިދިޔަ ސޮސެޖުގެ އިތުރުން ޔޯގަޓް ހުރި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މާރިއާ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާގެ 3 އަހަރުގެ ދަރިފުޅު ގޭގެ ކޮޓަރީގައި އެކަނި ބަހައްޓާފައި ދިޔައީ ރައްޓެހިންނާއި އެކީ ޕާޓީ ކުރަން ކަމަށާއި، އޭނާ ގޮސްފައިވަނީ ގާތްގަނޑަކަށް ހަފްތާއެއް ހާ ދުވަސް ވަންދެން ކަމަށެވެ. އަދި ހަފްތާއެއް ދުވަސް ވަންދެން ދަރިފުޅު އޮތީ އޭސީ ދަށުގައި އެކަނި ކަމަށް އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަނޑަށް ޖެއްސުމަށް މަރާލެވިފައިވާ ކްރިސްތީނާ ޔަކޮލޭވާ

އަދި އޭނާ ޕާޓީ ކުރަން ދިއުމުގެ ކުރިން ދިޔައީ ކޮޓަރިއަށް ފެން ނުލިބޭ ގޮތަށް ހަދާފައި ކަމަށްވެސް އޭނާގެ ބަޔާނުން އެނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ކުއްޖާގެ އުފަން ދުވަހަށް އެގެއަށް ދިޔަ ކުއްޖާގެ މާމައަށް ކަމަށެވެ.

މި މައްސަލާއި ގުޅިގެން މާރިއާއަށް ވަނީ 8 އަހަރާއި 20 އަހަރު ދުވަހުގެ މުއްދަތެއްގެ ޖަލު ހުކުމެއް، ގަސްތުގައި ކުޑަ ކުއްޖަކު މެރި މައްސަލާގައި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަރީ

    ހާދަ ނުލަފާ އަންހެނެކޭ މީ...އަޅޭ..ވަރަށް ދެރަވެއްޖެ..އެކުއްޖާފުޅު ހާދަ ބަނޑުހައިވާނޭ..ހާދަ ރޯނޭ..އަޅޭ...އެމަންޒަރު ފެންނަހެން ހީވަނީ...ވ ވ ވ ދެރަވެއްޖެ.

    70
    2
  2. Anonymous

    ޖަނަވާރު ކަން

    54
    1