އިންޑިއާއަށް ނިސްބަތްވާ އުމުރުން 10 އަހަރުގެ މި ކުއްޖާއަށް މަލާމާތް ކުރުމުގެ ގޮތުން "ހަރުފަ ކުއްޖެއް"ކަަމަށް ބުނަމުން ދަނީ އޭނާގެ ހަންގަނޑު ހުންނަ ގޮތަކުންނެވެ. ނަމަކަށް ކިޔާ މި ކުއްޖާގެ ހަންގަނޑުގައި ކަޅުތަންތަން ހުންނައިރު، އެ ތަންތަން ހުންނަނީ ވަރަށް ބޯކޮށެވެ. އެއީ އޭނާ އެންމެ ތުއްތުއިރުން ފެށިގެންވެސް ހުންނަ ގޮތެވެ.

އޭނާއަށް މިގޮތަށް ވަމުން ދަނީ، މަދުން ނޫނީ ނުފެންނަ އަދި ރަނގަޅުނުވާ ކޮންޑިޝަނެއްގެ ސަބަބުންނެވެ. މާނައަކީ އެ ހަންގަނޑު ނައްޓައިގެން ނުދާނެ ކަމެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުުގައި، ޖަގައްނަތު އަށް އެހެން ދިމާވުމުން އޭނާ ޖެހެނީ ކޮންމެ ގަޑިއަރަކުން އެއްފަހަރު ފެން ވަރާށެވެ. އެއީ ހަންގަނޑު ތެތްކަން ބެހެއްޓުމަށެވެ. އަދި އޭނާގެ ހަންގަނޑު ހަރުވެ، ބައެއް ފަހަރު އޭނާއަށް ހިނގޭ ގޮތްވެސް ނުވެއެވެ.

ޖަގައްނަތުގެ ބައްޕައަކީ ލޭބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދާ މީހެއްކަމުން، އޭނާއަށް މާގިނަ ފައިސާއެއް ނުލިބެއެވެ. އެެހެންވެ ދަރިފުޅަށް ފަރުވާދޭން ވަނީ ނުކުޅެދިފައެވެ.

"އަހަރެންގެ ދަރިފުޅަށް މިހެން ދިމާވެފައި ވަނީ އެންމެ ކުޑައިރުން ފެށިގެންވެސް، އެކަމުގައި އެއްވެސް ހައްލެއް ނެތް. ދަރިފުޅަށް ފަރުވާދޭން ދާން އަހަރެންގެ އަތުގައި ނެތް ފައިސާއެއް. ދަރިފުޅަށް ވަމުންދާ ގޮތް ފެނިފައި އަހަރެންގެ ހިތް ފަޅައިގެން ދާ ވަރުވޭ" ޖަގައްނަތުގެ ބައްޕަ ބުނެފައި ވެއެވެ.

މި ބައްޔަށް ކިޔާ ނަމަކީ ލަމެއްލާ އިޗްތިއޯސިސްއެވެ. މިއީ ދުނިޔެއަށް އުފަންވާ 200،000 މީހުންގެ އެކަކަށް ދިމާވާ މައްސަލައެެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަރީ

    ﷲއިރާދަ ކުރެއްވިއްޔާ އެހީއެއްލިބޭނޭ މަގު ﷲ ދައްކަވާނެ

    91
    1
  2. ގެރި

    ކޮން ދީނެއްގެ މީހެއްގެ ދަރިއެއްތަ؟

    4
    41
    • ތިއޭ އެއްކަލަ

      ވަކި ދީނެއްގެ ދަރިއަކަށް ވީމަޔޯ؟ ވަކި ދީނެއްގެ ދަރިންނަށްތަ އެހީ ވާންޖެހެނީ؟

      66
      3
  3. ސޮނިފުހޭ

    ކޮންމެ ދީ ނެއްގެ މީހަކަށްވިޔަސް އަހަރުމެންނަކީ މުސްލިމުންނަށްވީތީ އެހީ ތެރިވާން ފަސްނުޖެހޭށެވެ ﷲ އަނިޔާ ވެރިންދެކެ ލޯބިވެ ވޮދިއެއްނުގަންނަވައެވެ .hިނިތުންވުމަކީވެސް ސަދަގާތެކެވެ

    41