އުމުރުން ފަސް އަހަރުގެ މެކްސިކޯއަށް ނިސްބަތްވާ ކުއްޖަކު ބިރުވެރި ފާޑަކަށް ހުރި ގެއެއްގެ އެނދުގައި ބަދެފައި އޮއްވާ ސަލާމަތްކޮށްފިއެވެ.

އެ ކުއްޖާ ސަލާމަތްކޮށްފައި ވަނީ، އެ ކުއްޖާގެ ހަޅޭކުގެ އަޑު އަވައްޓެރިއަކަށް އިވިގެން އެކަން މުވައްސަސާތަކަށް ރިޕޯޓް ކުރުމުން، ފުލުހުން އެގެއަށް ވަދެއެވެ.

ނަން ހާމަކޮށްފައިވާ ނުވާ އެ ކުއްޖާ ޗޭނުން ބަނދެފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއްވެސް މިހާރު ވަނީ އާއްމުކޮށްފައެވެ. އޭގެން ފެންނަނީ ދަބަރު ޖަހާފައިވާ ޗޭނަކުން އެ ކުއްޖާގެ އެއް ފައި ބަނދެފައިވާ ތަނެވެ.

އެ ކުއްޖާގެ މައިންބަފައިންނަކީ ކޮން ބައެއްކަން އަދި އެނގިފައެއް ނުވެއެވެ. އެކަން ދަނީ ބަލަމުންނެވެ. އެ ކުއްޖާ ސަލާމަތްކޮށްފައި ވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

އެ ކުއްޖާގެ ހަޅޭކުގެ އަޑާއި، އެކި އަޑުތައް އެގެއިން އިވޭތީ، އެކަން ސަމާލުކަމަށް ގެނައިރު، މިހާރު ފުލުހުން ވަނީ އެ ކުއްޖާ އެތަނުން ސަލާމަތްކޮށް ރައްކާތެރިކަން ހޯދާދީފައެވެ.

އެތަނުން އެ ކުއްޖާ ސަލާމަތް ކުރިިއިރުވެސް ވަނީ އަނިޔާތަކެއްވެފައެވެ.

އޭނާއަށް ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު، އޭނާ ހުރި ކޮޓަރިވެސް ހުރީ ވަރަށް ސާފްތާހިރު ނޫންކޮށް ކަމަށް ވެއެވެ. އަދި އެ ކުއްޖާ ފާހަނަ ކުރަންވެސް ހުންނަނީ ބަކެޓެއްކަމަށް ވެއެވެ.

މިކަން އިތުރަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަމުގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަަވަޅު އަޅަމުންގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޮޔަެބެ

    މިރާއްޖޭގައިވީ ކަމެއްތަ މިއީ ހަގީގަތަކަށްވާނަމަ އެކުއްޖާގެ މައިންބަފައިންވެސްވާނީ އެމީހުން ކުޑައިރު ލާ އިންސާނީ އަނިޔާ ލިބިފަ . ލޯބި ނުލިބި ބޮޑެތިވެފަ ތިބޭ މީހުންނަށް ލޯބިދޭކަށް ނޭގޭނެ . މައުމޫނުބޭ ވެސް '' ލޯބިދޭށޭ ލޯބިދޭށޭ މަންމަމެން ''ކިޔާ ލަވަ ޖެހީ މީހުން ހޭލުންތެރިކުރަންވެގެންނޭ ގިނަބަޔަކަށް އެކަމުގެ ހެޔޮ އަސަރުވެސް ކުރިއޭ. ތި ކަހަލަ ޖަނަވާރު މައިންބަފައިން ނުވިހަން ވެއްޖެއެއްނު ބޯހަލާކު

    9
    3
    • މޮޔަބެ ދަރި

      މޮޔަބެ ތިޔަނީ ހަމައެކނި ސުރުޚީ ދޯ، އަޅެ ޚަބަަރު ނުކިޔާ ކޮމެންޓް ނުކުރިނަމަ...

  2. ބޯކިބާ

    ތިޔައީ މެކްސިކޯގެ ސްކޫލުތަކުގެ ކިޔަވައިދޭ ކަރިކިއުލަމްގެ ސަބަބުން ދިމާވިކަމެއްނޫންތަ އަނެއްކާ.

    1
    1
  3. Anonymous

    ފަސްއަހަރުގެކުއްޖެއްނޫއެއީ??

  4. މޮޔަބެގެ އަނބި

    ރާއްޖޭ ގައިވެސް ވަރަށް ގިނަ ތިފަދަ ކަންތައް . ގިނަފަހަރަށް ބޮޑެތި ކުށްތައް ކުރާ ޖަރީމާ ހިންގަނީ ކުޑައިރު އަނިޔާ ލިބިފަތިބޭ މީހުން އެމީހުން އެހެންމީހުންދެކެ ލޯތްބެއް ނުވާނެ ލޯބިވާކަށް ނޭގޭނެ