އެންމެންގެ ހިތްތަކުން ޖާގަ ހޯދަމުންދާ ޕްރިޔާ ޕްރަކާޝްގެ ފުރަތަމަ ފިލްމްކަމަށްވާ "އޮރޫ އަދާރް ލަފް" ގައި ހިމެނޭ ލަވާގައި ކީރިތި ރަސޫލާއަށް ބަދުބަސް ރައްދުވާކަަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

އިންޑިއާގެ ހައިދަރްއާބާދްއަށް ނިސްބަތްވާ މުސްލިލުންތަކެއް އެ މައްސަލަ ފުލުހަށް ހުށަހެޅީ 57 މީހުންގެ ސޮޔާއިއެކުއެވެ. ވަރަށް އަވަހަށް ނެރުމަށް ހަމަޖެހިފައިވަ އެ ފިލްމްގެ ލަވައެއްގެ ތަންކޮޅެއް ނެރެފައިވާއިރު، އެތައް ބަޔަކަށް އެ ލަވައިން ފެންނަމުންދިޔަ ޕްރިޔާގެ ރީތިކަމުގެ ވާހަކަދައްކައެވެ.

މަލިއާލަމް ބަހުން ކުޅެފައިވާ މި ފިލްމްގައި މައްސަލަ ފުލުހަށް ހުށަހެޅިއިރު، އެ ފިލްމްގެ ވިޑީޔޯ ތަންތަންކޮޅު މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. އަދި އެ ލަވައިން ފެންނަ އަންހެން ކުއްޖާގެ ކަތި ނަޒަރު ފެނިފައި އެތައް ބައެއްގެ ހިތްތައް ކަތިލަމުން އަންނަކަމަށްވެސް ވެއެވެ.

57 މީހުންގެ ސޮޔާއި، އެ މީހުންގެ ނަމާއި ގޭގެ ނަމާއި އަދި ފޯން ނަމްބަރު ހިމަނަައިގެން އެ މައްސަލަ ހުށަހެޅި ގްރޫޕްގައި ހިމެނޭ މީހަކު ބުނިގޮތުގައި، ބަޔަކު ލައްވާ އެކްޓްކޮށް، ކީރިތި ރަސޫލާއަށް ނިސްބަތްކޮށް އެފަދަ ލަވައެއް ނެރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެެވެ.

ފުލުހުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފައެވެ. އަދި މި މައްސަލަ ކުރިއަށްގެންދިޔުމަށް އެ ލަވަ އުރުދޫއިންނާއި އިނގިރޭސިއަށް ތަރުޖަމާކޮށް އެ ލަވާގައި އެބުނާފަދަ މައްސަލައެއް އުޅޭތޯ ބަލާނެކަމަށް އިންޑިއާ ނޫސްތައް ބުނެއެވެ. އަދި އިސްލާމްދީނުގެ އިލްމުވެރިން ކައިރިން މިމައްސަލައިގައި ލަފާ ހޯދަން ފުލުހުން ވަނީ ނިންމާފައެވެ.

އަދި މި ހުރިހާކަމަށް ބެލުމަށްފަހު އެ ފިލްމްގެ ޑައިރެކްޓަރ އޮމަރް ލޫލޫއަށް ގުޅައި، އެކަން ބަލާނެކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

އެ މައްސަލަ ހުށަހެޅި މީހުން ބުނީ، އެ ލަވައިގައި ހިމެނޭ އެކްޓަރުންނާއި މެދު އެއްވެސް ކަހަލަ ނަފްރަތުކަމެއް ނެތް ކަމަށެވެ. ނަމަވެސް އެ ލަވާގެ އެ ބުނާ ވާހަކަތައް ގޯސްކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިއްފުށީ އާދަމް މިސްބާހު

    ޗީޑި އެއްވެސް ރީއްޗެއް ނޫން.

  2. ސައީދު

    ވަގުތު ނޫހުންވެސް ވީނު މިލަވަ ތަރުޖަމާކުރަން

  3. ޢަލިހޮއްކޮގެ އިބުރާހީމު

    ތިޔަށްވުރެ ރީތި ފަސްމަންޒަރުން އެފެންނަ ކުއްޖާވެސް.