ދިވެހި ފިލްމު ޑައިރެކްޓަރުން އެމީހުންގެ ފިލްމްތަކުގެ ލީޑް ނޫރާ އަށް ނުދެނީ އޭނާ ބުރުގާ އަޅާފައި ހުންނާތީކަމަށް "ޖާދޫގާ ޖެހޭނޭ" މިލަވައިން ފިލްމީ ދާއިރާއަށް ތައާރަފްވި ބަތަލާ އައިމިނަތު ނޫރާ ބުނެފިއެވެ.

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރ ޓެޑްރީގެ ލަވައަކުން ފިލްމީ ދާއިރާގައި ފިޔަޖަހަން ފެށި މި ބަތަލާ ދެލަވައަކަށް ފަހު ދާއިރާއިން ގެއްލުނީއެވެ. ނޫރާ ބުނިގޮތުގައި އޭނާ ފިލްމީ ދާއިރާއާއި ދުރަށް ދާން ޖެހުނީ ޒަވާޖީހަޔާތެއް ފެށުމުންނެވެ. ނަމަވެސް އޭގެ އަހަރުތަކެއް ފަހުން އަނެއްކާ ނޫރާ ފިލްމީ ދާއިރާއާއި މިވަނީ ގުޅިފައެވެ.

ނަމަވެސް އޭރު ފެނުނު ނުރާއާއި މިހާރު ފެންނަ ނޫރާ ތަފާތެވެ. މިހާރު ނޫރާ ހުރީ ބުރުގާއަޅާފައެވެ. އަދި ބުރުގާއެޅުމަށްފަހު އޭނާ ފިލްމީ ދާއިރާއާއި ގުޅުނީ ސީދާ ސައިޑް ރޯލަށް ކުޅެން ނޫންކަމަށް ނޫރާބުނެއެވެ. ނަމަވެސް އޭނާ ބުރުގާއަޅާފައި ހުރުމަކީ އޭނާއަށް ފިލްމްތަކުގެ ލީޑް ރޯލް ނުދޭ ސަބަބުކަމަށް ބައެއް ޑައިރެކްޓަރުން ބުނެފައިވާކަމަށް ނޫރާވަނީ ބުނެފައެވެ.

"ނޫރާ ޤަބޫލެއް ނުކުރަން ބުރުގާ އަޅާފައި ހުރީމަ އެމީހެއްގެ އެކްޓިންގއަށް އެއްވެސް ބަދަލެއް އައިސްދާނެކަމަކަށް، ބުރުގާއެޅުމަކީ ލީޑް ރޯލް ނުލިބެންޖެހޭ ސަބަބެއް ނޫން" ނޫރާ ބުންޏެވެ.

މި ބަތަލާ އެނބުރި ފިލްމީ ދާއިރާއަށް މިއައީ ނުހަނު އުއްމީދާއެކުއެވެ. ނަމަވެސް ހަނިވިސްނުމުގެ ޑައިރެކްޓަރުންވަނީ އޭނާގެ އުއްމީދުތައްވެސް ފުނޑުފުނޑު ކޮށްލާފައެވެ. ވަރަށް އަވަހަށް ނޫރާގެ ބޮޑު ރޯލެއް ބައިސްކޯފްގެ ޑްރާމާ ހަނާއިން ފެނިގެންދާނެއެވެ.

ނޫރާ ހުރީ ފިލްމްތަކުން އޭނާއަށް ލީޑް ރޯލް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. މި ބަތަލާއަކީ މިހާރުވެސް ދިވެހިންގެ މެދުގައި މަޤްބޫލު ބަތަލާއެކެވެ. އެކްޓިންގއަށް ބެލިއަސް މިހާރު މިއުޅޭ ކުދިންނާ އަޅާބަލާއިރު ނޫރާ އަކީ ހަމަ ރަން ތަރިއެކެވެ. އަދި މިހާރުވެސް ނޫރާގެ ޖާދޫގައި ޖެހިފައިތިބި މީހުން މަދެކޭ ބުނެކެވޭކަށެއްނެތެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފޭން

    ނޫރާ މޭކަޕާނުލާ ހުއްޓަ ބަލާލަން ބޭނުން. އަދި ދުވަހަކުވެސް ނުފެންނާތީ

    74
    4
    • ށަނާ

      ނޫރާ މޭކަޕާ ނުލާ މާރީތި. ބުރުގާ އަޅަންޏާ ރަނގަޅަށް އަޅާބަލަ.

      70
      7
  2. އަޝްފާަ

    ދެން ބާލަންވީނުން ބުރުގާ މިހާރު އެއީ އެއްވެސް ކަމެއް ނޫނެއްނުން

    35
    34
  3. ނޫރާ ބިޓު

    ހަމަ ރަނގަޅަށް ތިވީ ފިލުމު ނުކުޅެވޭތީ ފިރިމީހާ ކައިރިން ވަރިވެގެން ދަރިފުޅު އެހާ ކުޑަ އިރު، ކުއްޖާގެ ބައްޕަ ބޮލަށް ޖަހާފަ ދިޔާއިމަ މޮޅުތަކެއް ވެއްޖެތަ؟

    105
    9
    • ޛިން

      ހަމަ އަސްލު

      65
      1
  4. ސަމްވަން

    ތިޔަކަށް ނުކިޔާނެ ބުރުގާ އެކޭ.. ބުރުގާ ގެ ޝަރުތު ތައް ފުރަތަމަ ދަސްކުރަން ވީނު.. ނޫނީ ތިއޮޅާފަ ހުރި ފޮތިކޮޅު ނަގަން ވީނު ހިޖާބް ރަނގަޅު ގޮތުގައި އަޅާ މީހުނަށް ހުތުރު ނާރުވާ.. .

    79
    3
  5. މަ

    ރަނގަޅަށް ހިޖާބުވާ އަންހެނުން ނަކީ ޢިއްފަތްތެރި ބައެއް... ތިމާގެ ހަށިގަނޑު ހިލޭ ފިރިހެނުންގެ ކުރިމަތީގައި އިސްތިހާރު ވާނެ ބައެއް ނޫން.. މީ ވަރަށް ވާހަކަ..

    97
    3
  6. ކޭޓީ

    ފިލްމު ކުޅުމަކީވެސް އޮންނަ ކަމެއް ނޫން ދީނުގައި

    70
    1
  7. މަ

    ދެން ޑޮކްޓަރ ބުންޔޭ ކިޔާފަ އަވަހަށް ބާލާ ބުރުގާ. ޓިކް ޓޮކް ކުޅެން ވެސް ބުރުގާ ބާލައިފި ???

    49
    2
  8. ބުޅާ

    ދޮޅި ހޫރައިލާ

    24
    1
  9. ދަ ބެސްޓް

    ދެން ފިލުމު ކުޅޭނެކަމެއްނެއް ދެންއަންނަންވީ މަގޭ ޙަޔާތުގެ ބައިވެރިޔާގެ ގޮތުގައި

    10
    1
  10. ނޭކަޕް

    ބުމަޔަށް އެވަރު ނުކުރިއްޔާ ހަމަ ނުވަނީތަ؟

    14
  11. އަލީ

    މިހާރު އެހާ ރިއްޗހެއްނޫން މޭކަޕް ކިލޮއެއްޖަހާގެން ހުރީމަ އަދި ބުރުގާ ގަނޑު އޮތީމަ ކަޑަ

    4
    7