އެއްގައުމުން އަނެއްގައުމަށް ދަތުރުކުރުން މިފަހަކަށް އައިސްމިވަނީ ޓްރެންޑަކަށްވެފައެވެ. އަހަރުގެ ތެރޭގައި ޗުއްޓީ ހޭދަކޮށްލަން މިފަހަކަށް އައިސް ގިނަބަޔަކު ބޭނުންވަނީ ކޮންމެވެސް ހިތްގައިމު މަންޒިލެއްގައެވެ. މިއާއެކު ބާޒުކޮށްލަން ގައުމުތަކަށް ދާމީހުންވެސް މަދެއް ނޫނެވެ. ޗުއްޓީ ހޭދަކޮށްލަން ދާ ގައުމުތައް ޚިޔާރުކުރުމުގައި ގިނަ ބަޔަކު އަދިވެސް ބަލަނީ އެބަޔަކު ބޭނުންވާ ހުރިހާކަމެއް އެއްދިމާލަކުން ކޮށްލެވޭނެ ގައުމުތަކުގެ ސިޓީތަކަށެވެ.

މިދިޔަ އަހަރު ނިމުނު އިރު އެންމެ ގިނަބަޔަކު ޒިޔާރާތްކުރިކަމަށް ތަފާސް ހިސާބުތަކުން ދައްކާ ސިޓީއަކީ ތައިލެންޑުގެ ވެރިރަށް ބެންކޮކެވެ. ބެންކޮކަށް މިދިޔަ އަހަރު ނިމުނު އިރު ޒިޔާރާތްކުރި މީހުންގެ އަދަދު އުޅެނީ 78 މިލިއަނުގައެވެ. އެހެންކަމުން ފަތުވެރިންގެ އެންމެ މަގްބޫލް މަންޒިލެއްކަމަށް މިދިޔަ އަހަރު މި ބެލެވެނީ ތައިލެންޑުގެ ވެރިރަށް ބެންކޮކެވެ. މިއީ ބޭންކޮކް މި މަޤާމް ވިދިވިދިގެން ހޯދާ 4 ވަނަ އަހަރެވެ. 2016 ވަނަ އަހަރާއި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ އިތުރުން ފާއިތުވި 2019 ވަނަ އަހަރު އެންމެ ގިނަބަޔަކު ޒިޔާރާތްކުރި ސިޓީއަކަށް ބޭންކޮކް ވެފައިވަނީ ގިނަ ސަބަބުތަކަކާ ހެދިއެވެ. އެގޮތުން ފަތުވެރިން ބޭނުންވާ ޒާތްޒާތުގެ އެކި ކެއުންތަކާއި އަދި ވިޔަފާރީގެ ގޮތުން އެންމެ އަގުހެޔޮކޮށް މުދާ ލިބޭ އެއް ސަރަހައްދައް ބޭންކޮކް ވުމަކީ ފަތުވެރިން ތަކުރާރުކޮށް ބޭންކޮކަށް ދާ އެއްސަބަބެވެ. މީގެ އިތުރުން ބޭންކޮކްގެ ފްލޯޓިންގ މާކެޓަކީވެސް ތަރުހީބު ބޮޑު ހިސާބެކެވެ. އަދި ބޭންކޮކްގައި ހުރި ތާރީހީ ބިނާ ތަކަކީވެސް ގިނަބައެއްގެ ސަމާލުކަން ލިބިފައިވާ ބިނާތަކެކެވެ.

ދުނިޔޭގެ ގައުމުތަކަށް ބަލާއިރު އެންމެ އަގުހެޔޮކޮށް ދަތުރުކޮށްލެވޭ ލިސްޓުގެވެސް ތައިލެނޑް ހިމެނެއެވެ.

ތައިލެންޑްގެ ވެރިރަށް ބޭންކޮކް ޖެހިޖެހިގެން ހަތަރު އަހަރު މި މަގާމް ދިފާއުކުރުމުގައި މި ހުރިހާ ސަބަބުތަކެއް ހުރިއިރު ބޭންކޮކް އިން މަސައްކަތްކުރަމުންދަނީ އެ ސަރަހައްދަކީ އަބަދުވެސް ފަތުވެރިންނަށް ފަސޭހައިން ޚިދުމަތްތައް ދެވޭ ސަރަހައްދަކަށް ހެދޭތޯއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރު

    ރާޖެ މީހުން ބާޒުކޮއްލަން އާމުކޮށް ދެވޭ ހިސާބަކީ އިންޑިޔާ ލަންކާ ރާޖެ ފަތުރުވެރިންނަށް 2020 ބެންކޮކް އެއްކޮށް އޯކޭ

    8
    3
  2. ޓިނު

    ދިވެހިން އެންމެގިނައިންދިޔައީ ބެންކޮކް ދާނީވެސް ބެންކޮކައް

    1
    1