ޓިކްޓޮކްގައި ބަޔަކު މަޝްހޫރުވާން ވެގެން އެތައް ކަމެއް ކުރެއެވެ. މިހާރު ދުނިޔޭގެ މަޝްހޫރު އެކި ތަރިންވެސް ޓިކްޓޮކަށް ވަދެ، އެ މީހުންގެ ނެށުމުގެ ހުނަރާއި އެކި ހުނަރުތައް ދައްކަމުން ދަނީއެވެ.

މިގޮތަށް ޓިކްޓޮކަށް މިީހަކު ލި ނަށާ ވީޑިއޯއެއްގެ ސަމާލުކަން މިހާރު ވަނީ ލިބިފައެވެ. އެ ވީޑިއޯއިން ފެންނަ މީހާގެ ނެށުމުގެ ހުނަރު ފެނި، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރިތިކް ރޯޝަންވެސް މި ވަނީ މޮޔަވާވަރުވެފައެވެ.

އޭނާ ވަނީ އެކަން ޓްވިޓާގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. އޭނާ ވަނީ އެ މީހާއަކީ ކާކުކަން ހޯދާދިނުމަށްވެސް އެދިފައެވެ. އެގޮތަށް އެދުމުގެ އެ މިހާގެ ތަފްސީލުވެސް މީހަކު ވަނީ ހިއްްސާކޮށްފައެވެ.

އެ ވީޑިއޯއަށް މިހާރު 1.5 މިލިއަން މީހުން ވަނީ ބަލާފައެވެ. އެ ވީޑިއޯ ޓިކްޓޮކް ލާފައި ވަނީ ޔުވްރާޖް ސިންގ ނަމަކަށް ކިޔާ މީހެކެވެ.

ޔުވްރާޖްގެ އެ ނެށުމުގެ ހުނަރު ފެނިފައި ބަތަލް އަމީތާބް ބަޗަންވެސް މި ވަނީ އަޝާހުވެފައެވެ. އަދި ސުނިލް ޝެޓީ އާއި އިތުރު ތަރިންވެސް ވަނީ އޭނާގެ ހުނަރުވެރިކަން ފާހަގަކޮށްފައެވެ.

ޓިކްޓޮކްއިން ގިނަބަޔަކު މަޝްހޫރު ކަން ހޯދަމުން އަންނައިރު، އޭގެން ދައްކުވައިދޭ ހުނަރު ފެނިގެން، ބައެއް މީހުންނަށް ފިލްމް ކުޅެންވެސް ފުރުސަތު ލިބިފައި ވެއެވެ.

މިގޮތުން ޓިކްޓޮކް އިން މަޝްހޫރުވި ބައެއް ދިވެހި ޒުވާނުންނަށްވެސް ވަނީ އެ ފުރުސަތު ލިބިފައެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރުވެސް ދަނީ ފިލްމްތަކުން ފެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަަައާރިފް

    ޢެންމެފަހުން ވަގުތު ވެސް ޓިކްޓޮކްގެ އަވާގަ ޖެހުނީ. ނަންވާނީ ދީޕިކާ

    7
    6
  2. ދެރިޔާ

    އެވީޑިއޯ ރިތިކަށް ދެއްކީމަ. އެކަމު އެވާހަކައެއް ނުބުންޏެއްނުނ. ވަރަށް ފޫހިވޭ.

    4
    2