ބޮލީވުޑްގެ ކުރިގެ ފިލްމީ ތަރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 41 އަހަރުގެ ފިރިހެނަކު ތިން އަހަރަށް ޖަލަށް ލުމަށް މުމްބާއީ ކޯޓަކުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ތިން އަހަރު ކުރީގެ މައްސަލައެކެވެ. އެއިރު އެ އެކްޓަރުގެ އުމުރަކީ 17 އަހަރެވެ. އެ އެކްޓަރަކަށް ޖިންސީ ގޯނާ ކޮށްފައި ވަނީ މަތިންދާ ބޯޓެއްގެ ތެރޭގައެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ އެކްޓަރަށް ޖިންސީ ގޯނާކޯށްފައި ވަނީ، އެއާ ވިސްޓަރާ ފްލައިޓްގައި ދިއްލީން މިމްބާއީއަށް ދަތުރު ކުރަމުން ދަނިކޮށެވެ.

އޭނާ ވަނި އެކަން ހިނގާދިޔަ ގޮތުގެ ވީޑިއޯއެއް އިންސްޓަގްރާމަށް ލާފައެވެ. އޭނާ ބުނާގޮތުގައި، އޭނާއަށް ޖިންސީ ގޯނާކޮށްފައި ވަނީ، އޭނާ އިން ސީޓުގެ ފަހަތު ސީޓުގައި އިން މީހެކެވެ.

އެ އެކްޓްރެސް ބުނީ، ދެ ގަޑިއިރުގެ ދަތުރުގައި އޭނައަށް އުނދަގޫތައް ކުރިމަތި ކުރުވީ އެ މީހާ ކަމަށެވެ. އަދި ދަތުރުމަތީގައި ބޯޓުގެ އަލިމަޑުކޮށްފައި ހުރުމުން، އެ މީހާ އޭނާއަށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމަށް އޭނާ އިންސްޓަގްރާމްގައި ހިއްސާކޮށްފައި ވެއެވެ.

"އޭނާ އަހަރެންގެ ދެ ކޮޑުހުޅުގައި އާއި ތަންތާ އަތުންނާއި ފައިން ހާކާއި ކަންތައް ކުރީ. އަދި އަހަރެންގެ ބުރަކަށީގައި އާއި ކަރުގައިވެސް އަތާއި ފައި ހޭކި" އޭނާ ބުނެފައި ވެއެވެ.

އެ އެކްޓަރު ފަހުން ވަނީ ފިލްމީ ދާއިރާއާ ވެސް ދުރަށް ގޮސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޭޓީ

    ޑަންގަލް އަދި ސީކްރެޓް ސުޕަސްޓާރ ގަ އުޅޭ ޒައިރާ ވަސީމޭވެސް ޖަހާލިނަމަ

    • ޚިނ

      ޢޭނަ ތަ