ތުނބުޅި ގެންގުޅުން މީގެ ކުރިން އޮތީ ގުދުރަތީ ގޮތުން ވާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް، މިފަހަކަށް އައިސް ޒުވާން ކުދިން ތުނބުޅި އެއް ބޭނުންވެގެން އުޅެނީ މުޅިން ތަފާތު ސަބަބުތަކަކާއި ހުރެއެވެ. އަދި ތުނބުޅި ފަޅުވަން ކުރާ މަސައްކަތްތައްވެސް ވަރަށް ތަފާތެވެ.

މިހާރުގެ ފިރިހެން ކުދިން އުމުރުން 16 އަހަރު ވާއިރު ތުނބުޅި އެއް ބޭނުންވެގެން ތުނބުޅި އެއް ފެޅުމުގެ މަސައްކަތް ފަށައެވެ. މިގޮތުން މޫނުމަތީގައި އިސްތައްޓެއް ނެތް ނަމަވެސް ގަވާއިދުން ރޭޒަރު ހާކައިގެން ތުނބުޅި ފަޅުވާ މީހުން އަހަރެމެންގެ ތެރޭގައި މަދެއް ނޫނެވެ. މިގޮތަށް ކަންތައް ކުރުމުން އަވަހަށް ތުނބުޅި އެއް ފަޅާފާނެއެެވެ. ނަމަވެސް ގުދުރަތީ ގޮތުން ފަޅާ ތުނބުޅި އާއި މި ތުނބުޅީގައި ބޮޑެތި ތަފާތުތަކެއް ހުންނާނެއެވެ.

ގުދުރަތީގޮތުން ފަޅާ ތުނބުޅި ރީތިވެފައި ވަރުގަދަ ވުމުގެ އިތުރުން އަންހެން ކުދިންގެ ލޮލުގައި ފަސޭހައިން އަޅައިވެސް ގަންނާނެއެވެ. ނަމަވެސް ގަދަކަމުން ތުނބުޅި އެއް ފަޅުވަން އުޅުމުން މިކަން މިގޮތަށް ނުވެދާނެއެވެ. މިހާރުގެ ބައެއް އަންހެން ކުދިން ތުނބުޅި ލާފައި ތިބޭ ފިރިހެން ކުދިން ރީތިވެގެން އުޅޭތީ މިއީ ގަބޫލުކުރަން ދަތިވި ނަމަވެސް ބައެއް ފިރިހެނުން ކުރާ ކަމެކެވެ.

ތުނބުޅި ދިގު ކުރަން ތެލާއި އެނޫންވެސް ފައިދާ ހުރި ބޭސް ބޭނުން ކުރުމަކުން މައްސަލަ އެއް ނެތެވެ. ނަމަވެސް ރޭޒަރު ހާކަ ހާކައި ނުހުންނާށެވެ. މިއީ ސިއްހީ މާހިރުންވެސް އެހައި ލަފާ ދޭ ކަމެއް ނޫނެވެ. އެންމެ ލަސްވެގެން ތިމާ އަށް 25 އަހަރު ވުމުގެ ކުރިން ތުނބުޅި އެއް ފެޅުން ވަރށް ގާތެވެ. އަދި ގުދުރަތީ ގޮތުން އެ ފަޅާ ތުނބުޅި އަންހެން ކުދިންގެ ލޮލުގައި އަޅައިގަތުމަށް ފަސޭހަވެފައި، ގެންގުޅެންވެސް ފަސޭހަވާނެއެވެ. މިކަމާއި މެދު ވިސްނާލާށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގިލަ

    މަ

    3
    3
  2. މޭން

    ގަދަ ކަމުން ތުންބުޅި ފަޅުވައިގެން ރީއްޗަށް ގެންގުޅެން ކެރޭ އެހާ ކަންނެތެއް ނުވާނެ އަހަރުމެނެއް

    8
    4
    • އ. ޖ. އ

      މޭން އެކޭ

      2
      3