ރާ ބޮއެގެން ކާރު ނުދުއްވަން މީގެ ކުރިން ބުނެފައިވާ ނިއުޔޯކުގެ ސިޓީއެއް ކަމަށްވާ ކެނެޑިގުއާއަށް ނިސްބަތްވާ ރޮޗެސްޓާ ތަމްސީލު ކޮށްދެމުން އަންނަ ސިޔާސީ ލީޑަރެއް ކަމަށްވާ ބްރައިން އެމް.ކޮލްބް ހައްޔަރުކޮށްފިއެވެ.

ބްރައިން އަކީ ނިއުޔޯކްގެ ސްޓޭޓް އެސެމްބްލީގައި ހިމެނޭ މެންބަރެކެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާ ދުއްވަމުންދިޔަ ކާރެއް ތަނެއްގައި ޖެހުމުން އެތަނަށް އެވަގުތު ފުލުހުން ގޮސް ޚާޟާސޭޥޭ. ހެދި ޓެސްޓް ތަކުން އޭނާގެ ހަށިގަނޑުގައި ބަނގުރަލުގެ އަސަރު 0.08 އިންސައްތައިގައި ހުރިކަން ފާހަގަ ކުރެވުނު ކަމަށް ފުލުހުން ބުނެއެވެ. އެ ޓެސްޓްތަކަށް ފަހު އޭނާ ވަގުތުން ފުލުހުންގެ ބަންދަށް ގެންދެވުނު ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. ނަމަވެސް މިހާރު އޭނާ ވަނީ ދޫކޮށްލާފައެވެ.

މި ހާދިސާގައި ބްރައިން އަށް ވެސް އަދި އިތުރު މީހަކަށް ވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ބްރައިން ވަނީ މީގެ ހަފްތާއެއް ކުރިން އެގައުމުގެ ނޫހަކަށް މައުލޫމާތު ދެމުން ރާ ބޮއެގެން ކާރު ދުއްވުމުން ލިބޭނެ ގެއްލުމާއި، އެފަދަ ހާލަތެއްގައި ހުރެ ކާރު ނުދުއްވުމަށް އިލްތިމާސްކޮށްފައެވެ.

ބްރައިން ބުނެފައިވަނީ އޭނާ މީގެ ކުރިން އެފަދަ އެއްޗެކޭ ބުނެފައި ފަހުން އެކަމަށް ބޯ ނުލަނބައިގެން އޭނާ ހައްޔަރު ކުރުމުން އެކަމާއި ހިތާމަ ކުރާ ކަމަށެވެ. އަދި ރައްޔިތުންނަށް ފޮނުވި މެސެޖާއި އެއްގޮތަށް އެރައްޔިތުން ހެދިއިރު، އޭނާ އެކަން ހަނދާން ނެތުނީ ކަމަށެވެ.

މި މައްސަލަ މިގޮތަށް ދިމާވުމުން އެސަރަހައްދުގެ ބައެއް ސިޔާސީ ލީޑަރުން ވަނީ އޭނާ މަގާމުން ވަކި ކުރުމަށް ގޮވާލާފައެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ މަގާމުން ވަކި ކުރުމުގެ ކުރިން ރީތި ގޮތުގައި އޭނާ އިސްތިއުފާ ދެއްވާފައި ދާން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު