އެމެރިކާގެ ފްލޮރިޑާގައި އުމުރުން 14 އަހަރުގެ ކުއްޖެއްގެ ގެއަށް ވަދެ، ފިރިހެނަކު އެ ކުއްޖާ ރޭޕް ކުރާކަން އެއްވެސް މީހަކު ގަބޫލު ނުކުރުމުން ކޮޓަރީގައި ސިއްކު ކެމެރާ އެއް ހަރު ކުރުމަށް ފަހުގައި ދޮންބައްޕަ ފަޅާ އަރުވާލައިފިއެވެ.

މީހަކު އެ ގެއަށް ވަދެ އެ ކުއްޖާ ރޭޕް ކުރާ ވާހަކަ އާއިލާ މީހުންގެ ކައިރީ ހިއްސާ ކުރުމުންވެސް އެއްވެސް މީހަކު އެވާހަކަ ގަބޫލު ކޮށްފައެއް ނުވެއެވެ. އެންމެ ފަހުން އެ ކުއްޖާ ވަނީ ސިއްރު ކެމެރާ އެއް ކޮޓަރީގައި އެމީހާ އަށް ނުފެންނަ ގޮތަށް ހަރުކޮށްފައެވެ. އެ ކެމެރާ އިން 2 ވީޑިއޯ އެއް ނެގުމަށް ފަހު އެ ކުއްޖާ އެ ވީޑިއޯ ހަވާލު ކުރީ ފުލުހުންނަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ކުއްޖާގެ ފަރާތުން ޖުމްލަ 2 ވީޑިއޯ އެއް ލިބިފައިވާ ކަމަށާއި އޭގެން އެއް ވީޑިއޯގައި އެ މީހާ ބުނާ ގޮތަށް ނުހަދައިފިނަމަ އެ ކޮޓަރީގައި އޮތް ކުއްތާ އެއްގެ ލޮލުގައި ވަޅި ޖެއްސުމަށް ފަހު ލޯ ކޮނެލާނެ ކަމަށް ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އަދި އެ ކުއްޖާ ރޭޕް ކުރާ މަންޒަރުވެސް އެ ވީޑިއޯތަކަށް ވަރަށް ރަނގަޅަށް އަރާފައި ހުރުމާއި އެކު ފުލުހުން ވަނީ ވަގުތުން އޭނަ ހައްޔަރުކޮށްފައެވެ.

އެމީހާގެ މައްޗައް ފުލުހުން މިހާރު ހުއްދަ ނެތި ގެއަކަށް ވަނުމުގެ ކުށުގެ ދައުވާގެ އިތުރުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކުށުގެ ދައުވާގެ އިތުރުން ޖަނަވާރަކަށް އަނިޔާ ކުރި ކަމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ. ނަމަވެސް ކޯޓަށް މުއްދަތު ޖަހަން ގެންދިއުމުން އޭނާ ވަނީ ކަފާލާތުުގެ ދަށުން 4000 ޑޮލަރު ދެއްކުމަށް ފަހު މިނިވަންވެފައެވެ. ދެން މި މައްސަލައިގެ އަޑު އެހުމެއް އޮތީ ފެބްރުއަރީ 4ގައެވެ.

ގިނަ ބަޔަކު އަންނަނީ މި ކުއްޖާ އެހައި ހަނގު އުމުރެއްގައި ގޭ މީހެއްގެ އެހީ އާއިވެސް ނުލައި ކޮޓަރީގައި ކެމެރާ ހަރުކުރުމުން އެކަމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.