ކުޑަކުދިން ރޭޕް ކުރުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ހިނގާ ނުލަފާ މުޑުދާރު ހަޑި އަމަލެކެވެ. އެ އަމަލުގެ ސަބަބުން އެތައް ކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހެއެވެ. އާންމުކޮށް މިހެން އަޑު އިވެނީ އިންޑިއާގެ ރޭޕް ކޭސްތަކެވެ. ނަމަވެސް މިފަހަރު މިއީ އެމެރިކާ ބައްރުގެ ގައުމެއް ކަމަށްވާ މެކްސިކޯގައި ހިނގައިދިޔަ ހާދިސާއެއްގެ ވާހަކައެވެ.

މެކްސިކޯގެ ޗިއަޕާ ސްޓޭޓުގެ އުމުރުން ހަ އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކުއްޖާ ގެއްލިގެން ހޯދުމުގެ މަސައްކަތް އެ ސްޓޭޓުގެ ފުލުހުން ކުރަމުން ދަނިކޮށް އެކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު މަގުމައްޗަށް އެއްލާލާފައި ވަނިކޮށެވެ. އެކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ކުއްޖާ ރޭޕް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

ޚަބަރުތައް ބުނާ ގޮތުގައި އަލްފްރޭޑޯ ރޮބްލެރޯއަށް އާންމުންގެ ތެރެއިން ބަޔަކު ހަމަލާދީފައިވަނީ އެކުއްޖާ ރޭޕް ކުރުމަށްފަހު މަރާލުމާ ގުޅިގެންނެވެ. އެމައްސަލާގައި އޭނާއަށް އަނިޔާކޮށް އޭނާ ގައިގައި އަލިފާން ރޯކޮށްލާ ވީޑިއޯ ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ މީހުން ވެގެން އޭނާ ހޮޅިދަނޑިއެއްގައި ބަނދެފައި ބަހައްޓައިގެން ގައިގައި ތަޅާ އަނިޔާ ކުރާ މަންޒަރު ފެނެއެވެ. އަދި އޭނާ އަކީ މުޑުދާރު މީހެއް ކަމަށާއި މީހުން މަރާ މީހެއް ކަމަށް ބުނެ އަޑު އުފުލާ އަޑުވެސް ވީޑިއޯއިން އިވެއެވެ. އެއަށްފަހު ފެންނަނީ ކަރާސީން ތެޔޮ އޭނާގެ ހަށިގަނޑަށް އަޅައި އަލިފާން ރޯކޮށްލާ މަންޒަރެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެހާދިސާގައި އޭނާ ވަނީ ލިބުނު ޒަޚަމްތަކުގައި މަރުވެފައެވެ. އެ މައްސަލަ އެސްޓޭޓުގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، ރައްޔިތުން އަމިއްލައަށް ގާނޫނު އަތްމައްޗަށް ލައިގެން އެފަދަ އަމަލެއް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ކޮބާ ވިޑިއޯ

    28
    2
    • ރާކް

      ޑާްކް ވެބްގަ

      12
  2. ޢަލީ

    އިންޑިޔާ ގަ ވެސް މިހެން ހަދަންވީ. ޢޭރުން މައިތިރި ވެދާނެ ތޯއްޗެ.

    37
    2
    • ާސޫ ކުމާރު

      ޜާއްޖޭގަވެސް

      13
  3. ޝާނީ

    ވީޑިއޯ ލިނަމަ. މި ނުބައި ޝައިތޯނާ ދުނިޔެއާއި ވަކިވެގެން ދިޔަގޮތް ބަލާލަންބޭނުން

    46
    1
  4. ޖާހިލު

    މިއީ ޝަހިންދާ ބުނާ ކަހަލަ ޓެރަރިޒަމް އަމަލެއް. ކުޑަކުއްޖެއް ރޭޕްކުރިއޭ ކިޔާފަ އެކަން ކުރި މީހާއަށް އެއްވެސް އަނިޔާއެއް ލިބިގެން ނުވާނެ ދެއްތޯ ޝަހިންދާ؟ އެކުއްޖާގެ މުޅި ދިރިއުޅުން ހަލާކުކޮށްލީވިއްޔާ.. ހާދަ ދެރަކަންކަމޭ މިހިނގަނީ މިހާރު

    33
    3
    • އަލިބެއްޔާކަލޯ

      ދުނިޔެ ނިމިދިއުމުގެ ކަންކަން ތިހިރަ ފެންނަނީ. ހައްދަވައިގެންގުޅުއްވާއިލާހު. މި ނުބައިނުލަފާ އަމަލު ހިންގާ ހަޑިމުޑުދާރު މީހުންގެ ކިބައިން އަޅަމެންނާއި މިގައުމު ސަލާމަތް ކުރައްވާނފާދޭވެ.

      11
  5. ާަްްްއަލިފު ޒަވިޔަނި

    އެއީ އެކަހަލަ ހަޑި މުޑުދާރު އަމަލު ހިންގާ މީހުންނަށް ހަމަ ދިނުން ހައްގު އަދަބު. އެކަހަލަ މީހުންވީ ހަމަ މަރަން.