މޯލްޑިވިއަން އައިޑަލްގެ ކާމިޔާބު 3 ސީޒަންއަށްފަހު ޕީއެސްއެމުން ދެން އާންމުންނާ ހަމަޔަށް ގެނެސްދޭން ހަމަޖެހިފައިވާ ފްރެންޗައިޒް ޓީވީ ޝޯއަކީ މާސްޓަރ ޝެފް މޯލްޑިވްސްއެވެ. މި ޝޯ އާންމުންނާ ހަމަޔަށް މިއަހަރު އަންނާނެކަމަށް ޕީއެސްއެމްއިންވަނީ ބުނެފައެވެ. ނަމަވެސް މިކަން ހަގީގަތަކަށް ވެދާނެތޯ އޭރު އުފެދުނު ސުވާލުގެ ޖަވާބު މިހާރު މިވަނީ ލިބިފައެވެ.

ޕީއެސްއެމް މިހާރު އޮތީ މާސްޓަރ ޝެފް މޯލްޑިވްސް ފަށަން ތައްޔާރުވެފައެވެ. އިއްޔެ ޕީއެސްއެމްގެ ރަސްމީ ޓްވިޓަރ މެދުވެރިކޮށް ހޭޝްޓެގް އެމް.ސީ.އެމް ޖެހުމަށްފަހުވަނީ ޕޯސްޓަރެއް އާންމުކޮށްފައެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ ކުރިއަށް މިއޮތް ހަފްތާ ބަންދުގައި މާސްޓަރ ޝެފް މޯލްޑިވްސް ލޯންޗިންގ ސެރެމަނީ އޮންނާނެކަމަށެވެ.

މާސްޓަރ ޝެފަކީ ފްރެންކް ރޮޑަމް ކިޔާ މީހަކު ތަޢާރަފްކުރި ކެއްކުމުގެ ޓީވީ ޝޯއެކެވެ. އެމެރިކާގައި ބޭއްވި މާސްޓަރ ޝެފްގެ ފުރަތަމަ ޝޯވ ދައްކާފައިވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެފަހަރު މި ޝޯވ ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 14 މީހަކު ވަނީ ބައިވެރިވެފައެވެ. އޭގެފަހުން މިއަދާއި ހަމައަށް މާސްޓަރ ޝެފްގެ 9 ސީޒަނެއް ވަނީ ބާއްވާފައެވެ. އަދި މިއީ މިހާރު ދުނިޔޭގައި ބާއްވާ އެންމެ ކާމިޔާބު ކެއްކުމުގެ ޝޯވ އަށް ވަނީ ވެފައެވެ.

ކެއްކުމުގެ މިފަދަ ޕްރެންޗައިޒް ޝޯވއެއް ރާއްޖެ ގެނައުމުގެ ބޭނުމަކީ ޕީއެސްއެމްއިން އެންމެ ފުރަތަމަ ރާއްޖެ ގެނައި ޕްރެންޗައިޒް ޝޯވް މޯލްޑިވިއަން އައިޑަލްގެ ކާމިޔާބީއަށް ބެލުމަށްފަހުގައި އިތުރު ދާއިރާއަކުން ޒުވާނުންނަށް ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުންކަމުގައި ޕީއެސްއެމުން ބުނެއެވެ.

ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ސިނާއަތަށް މިއަދު ފަތުރުވެރިކަން ވެފައިވާއިރު، ހޮޓެލް އިންޑަސްޓްރީއަކީ މިއަދު ރާއްޖޭގައި ފުޅާވަމުން އަންނަ ސިނާއަތެކެވެ. ނަމަވެސް ރިސޯޓްތަކުގެ ކައްކާއިންގެ ގޮތުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު އަދިވެސް ނިސްބަތުން ވަރަށް މަދެވެ. މާސްޓަރ ޝެފް ފަދަ ކެއްކުމުގެ ބޮޑު ފްރެންޗައިޒް މުބާރާތެއް ދިވެހިންނާއި ހަމައަށް ގެނެސްދޭން ޕީއެސްއެމްއިން ނިންމި އެއް ބޭނުމަކީ މިއީއެވެ.

މި ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު މަދުވުމާއި މިކަމަށް ދިވެހިންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ. މިއީވެސް މުސްތަޤްބަލް އޮތް ރަނގަޅު އާމްދަނީއެއް ލިބޭނެ އަދި ކެރިއަރެއް ބިނާކުރެވޭނެ ސިނާއަތެއްކަން ދިވެހި ޒުވާނުންނަށް ބުނެދިނުމެވެ. މީގެ އިތުރުން މި ދާއިރާއަކީ ވަކި ޖިންސަކަށް ޙާއްސަ ދާއިރާއެއް ނޫންކަން އާންމުންނަށް އަންގައިދިނުމަކީވެސް ޝޯވ ބޭއްވުމުގެ މަޤްސަދެއްކަމަށް ޕީއެސްއެމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލިިތިލިލް

    ޕްލީޒް ޕުޓް މައި ކޮމެންޓް 🙁 🙁

    12
    1
  2. މަޒް

    މާސްޓަރ ޝެފް އަދި އައިޑޮލް ރާއްޖެ ގެނައީ އެހެން ޓީވީ ޗެނަލެއްގައި މަަސައްކަތް ކުރާ މީހެކޭ ބުނާތީ އަޑު އަހަން.. ޓީވީއެމް އިން ފޮނި ނުކަނޑާ.. އޭނާއަށް ކްރެޑިޓް ދީ

    9
    3
  3. މުނިމާމަ

    މާސްޓަރޝެފް އިންޑިއާ ނިމެންދެން ލޯންޗް ނުކޮއް މަޑުކޮއްލާނަމަ. ޑޭތިވެސް ބަލަން ބޭނުމޭ.

    2
    7
  4. shaahidh

    ކިހިނެތްތަ ބައިވެރި ވަނީ .
    14 އަހަރައް ބައިވެރި ވެވޭ ތަ.