ޕާކިސްތާނުގެ މަޝްހޫރު މޮޑެލްއަކަށް ޒަހަރުދީ މަރާލިކަމުގެ ދައުވާ ކޮށްފައިވާ އޭނާއެކު މަސައްކަތް ކުރި އެހެން މޮޑެލްއެއްގެ މައްޗަށް ކޮށްފައިވަނިކޮށް، އެ ދަޢުވާ ސާބިތުވާ ކަމަށް ނިންމައި ކޯޓުން ޙުކުމްކޮށްފިއެވެ.

އެ މައްސަލާގެ ތުހުމަތު ކުރެވިފައި ވަނީ ތޫބާ ނަަމަކަށް ކިޔާ މޮޑެލްއަކަށެވެ. މިހާރު ޕާކިސްތާނުގެ ކޯޓަކުން ތޫބާ މަރަން ވަނީ ހުކުމްކޮށްފައެވެ. އަދި އޭނާ 500000 ރުޕީސްއިން ވަނީ ޖޫރިމަނާވެސްކޮށްފައެވެ.

އެ މައްސަލާގެ ތުހުމަތު އިތުރު ދެ މީހަކަށްވެސް ކުރިއެވެ. އެހެން ނަމަވެސް މި ދެމީހުންނަކީ ކުށެއްކޮށްފައިނުވާ ބައެއްކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އަބީރާއެވެ. އަބީރާ މަރާލާފައި ވަނީ، ތޫބާއާއެކު، ތޫބާގެ ކުރީގެ ފިިރިމީހާ މަރާލަން އެއްބަސްވެފައި ފަހުން އެކަމާ ދެކޮޅު ހެދުމުންނެވެ. 2012 ވަނަ އަހަރު ތޫބާ ކުރި އެ ކައިވެންޏަށް ލިބުނު ދަރިފުޅު މަރުވީ ފިރިމީހާގެ ސަބަބުން ކަމަށް ބުނެ ފިރިމީހާ މަރާލަން ދެ މީހުން ރޭވި ނަމަވެސް އެކަމުގައި އަބީރާ ބައިވެރިވާން ބޭނުން ނުވުމުން އަބީރާ މަރާލަން ތޫބާ ބޭނުންވީއެވެ.

ތޫބާ ބުނިގޮތުގައި، އޭނާ ދެ އަހަރުގެ ދަރިފުޅު މަރުވީ، ދަރިފުޅު ބަލިވެ އުޅުނުއިރުވެސް އެ ކުއްޖާ ޑޮކްޓަރަށް ދައްކަން އޭނާގެ ފިރިމީހާ ބޭނުން ނުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު