ތައިލޭންޑުގައި ދާދި ފަހުން ކައިވެނި ކުރި އަންހެނަކު އޭނާގެ ކައިވެނި ޕާޓީ އަށް ރައްޓެހިވި ހުރިހާ އެންމެން ނުވަތަ އެކްސް ލޯބިވެރިންނަށް ދައުވަތު ދީފިއެވެ.

ގިނަފަހަރަށް ދެ މީހުން އެކުގައި އުޅުމަށް ފަހުގައި ލޯބީގެ ގުޅުން ނިންމައިލާ ހިސާބުން ދެމީހުންގެ ގުޅުންވެސް އޮންނާނީ ކެނޑިފައެވެ. ރައްޓެހިކަމުގެ ގުޅުން ބާއްވާނީ ވަރަށްވެސް މަދު ފަހަރެއްގައެވެ. ނަމަވެސް މި އަންހެން މީހާ އެއްވެސް ޖެހިލުމެއް ނެތި އޭނާގެ ކައިވެނި ޕާޓީ އަށް އޭނާގެ ހުރިހާ އެކްސް ލޯބިވެރިންނަށް ދައުވަތު ދިނުމުން މީސް މީޑިއާގައި އެތައް ހާސް ބަޔަކު އަންނަނީ އެކަމާއި ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ.

މި އަންހެން މީހާ ވަނީ ކައިވެނި ހަފްލާ އަށް އޭނާގެ ހަޔާތުގައި ރައްޓެހިވި 3 ފިރިހެނުންނަށް ދައުވަތު ދީފައެވެ. ޕާޓީ ތެރެއިން ފިރިމީހާ އަދި ކުރީގެ ލޯބިވެރިންނާއި އެކު ނަގާފައިވާ ފޮޓޯއެއް މީސް މީޑީއާގައި ހިއްސާ ކުރަމުން އެ އަންހެން މީހާ ބުނެފައި ވަނީ މި ހުރިހާ އެކްސް އިންނަކީވެސް އޭނާގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އެންމެ ގާތް މީހުން ކަމަށާއި އެހެންކަމުން ހަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަހަށް އެމީހުންނަށް ދައުވަތު ދޭން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ޕާޓީ ތެރެއިން އަންހެން މީހާގެ އެކްސުންނާއި އޭނާގެ ފިރިމީހާ އާއި ދިމާވީ މުޅިން އަލަށެވެ. ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ފިރިމީހާ ހުރީ އެހައި ހިތްހަމަ ޖެހިފައެއް ނޫނެވެ. ނަމަވެސް އަންހެން މީހާ ބުނެފައި ވަނީ އެކަން ކުރީ ފިރިމީހާގެ ހުއްދަ އާއި އެކުގައި ކަމަށާއި ޕާޓީ ތެރޭގައި އޭނާ ފާޑަކަށް ހުރި ފޮޓޯތަކުގައި އެހެން ހުރީ މަޖާ ކުރުމުގެ ގޮތުން ކަމަށެވެ.

ޕާޓީ އަށް ފަހު އެކްސުން ބުނެފައި ވަނީ އެންމެ ފުރަތަމަ ޕާޓީ އަށް ދައުވަތު ދިނުމުން ސުވާލު އުފެދުނު ކަމަށާއި ނަމަވެސް ޕާޓީ އަށް ދެވުމުން އުފާ ކުރާ ކަމަށެވެ. މި ޕާޓީ އަށް ފިރިމީހާވެސް ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔަކަށް ދައުވަތު ދީފައެވެ. ނަމަވެސް އޭނާ ތައިލޭންޑުން ބޭރުގައި އުޅޭކަމުން ޕާޓީ އަކަށް ނާދެވުނެވެ.

ތިމާ ކައިވެނި ޕާޓީ އަށް އެކްސް ލޯބިވެރިންނަށް ދައުވަތު ދޭން ކެރޭނެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޢާސީ

  ޓތިޔަހިރީ އާންމުކަންކަން ބޭބޭ

  7
  1
 2. އަލީ

  ހާދަ ހުތުރު މަންޒަރެކޭ.. ވަރަށް ދެރަވާނެ ފިރިމީހާ ތުންފިއްތައިން ހެވިފަ ހުއްތަސް

  4
  1