ދުނިޔެ ހޫނުވުމުގެ ސަބަބުން އެކި އެއް މިލިއަން ދޫނި މަރުވެއްޖެ ކަމަށް ޖަނަވާރުން ހިމާޔަތް ކުރާ ޖަމިއްޔާއަކުން ބުނެފިއެވެ.

އެ ޖަމިއްޔާއިން ބުނެފައިވަނީ މިހާރު މޫސުން ހޫނުވުމުގެ ސަބަބުން އެފްރިކާގެ އެކި ސަރަހައްދުގައި ދިރިއުޅެމުން އަންނަ ގިނަ އަދަދެއްގެ މީހުންނާއި ޖަނަވާރުންނަށް އެކަމުގެ އަސަރު ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި މެދު އެމެރިކާ، ދެކުނު އިރުމަތި އޭޝިއާ އަދި އެކި ސަރަހައްދުގެ ކަނޑަށްވެސް އެކަމުގެ އަސަރު ކުރަމުން އަންނަ ކަމަށެވެ.

މަރުވެފައިވާ ދޫނި ތަކުގެ ތެރެއިން އެންމެ ގިނައީ ކަނޑުގައި ދިރިއުޅެމުން އަންނަ ކުދި މަސްތައް ކައިގެން އުޅޭ ދޫނިތައް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. މީގެ އިތުރުން ދެން އެގޮތަށް މަރުވެފައިވަނީ ކަނޑުމަތީގައި އުޅޭ ދޫނިތައް ކަމަށްވެސް އެފަރާތުން ބުނެއެވެ.

މޫސުމަށް މިއައި ބަދަލުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި އާދަޔާ ހިލާފަތް ހޫނު ވާ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ. އުރުގުއާއީ، ޕެރެގުއާއީ އަދި ބްރެޒިލްއަށް އާދަޔާ ހިލާފަތް ބޯކޮށް ވާރޭ ވެހޭ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

މިހާދިސާ ހިނގާފައިވަނީ ޕެސިފިކް ކަނޑުގައި އުފެދޭ "ބްލޮބް" ކިޔާ އެއްޗެއްގެ ސަބަބުން އެ ކަނޑުގެ ސަރަހައްދުން ބައެއް އާދަޔާ ޙިލާފަށް ހޫނުވާން ފަށުމުންނެވެ. ދާދި ފަހުން މިގޮތަށް ހޫނުވި ސަރަހައްދު 1000 މޭލަށް ދިގު ދެމިފައި ވެއެވެ. މީގެ ސަބަބުން ކަނޑުގެ އެތައް ދިރުމެއް ވަނީ މަރުވެފައެވެ. އޭގެ ތެރޭަގައި ގިނައިން ހިމެނެނީ ދޫނި ސޫފާސޫފި ކައި އުޅޭ މަސްމަހާ މެހީގެ ބާވަތްތައްކަން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ ގިނަ ސައިންސް ވެރިންނާއި ކަމާބެހޭ އިސް ފަރާތްތަކުން ބުނަމުން އަންނަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން މިޔަށްވުރެ ގިނަ ދޫނި އަދި މަރުވެގެން ހިނގައިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކުޅި

    ކޮބާ މިރާއްޖޭގައި އުޅުނު ދޫނިތަށް. ޙޯރަ، ކުރނގި ވައްލަ ހާލަކުންފަހަރަކުފެންނަނީ. ޜަތަފައި ބުޅިތުނބި ރޭރު އިލޮޅި ފިދަނަ ނުފެނެ!

    16
    1
    • އަލިބެއްޔާ

      ހުވަދު އަތޮޅުގައި ހުރި ދޫނި ނިދަން އަރާ ރަށްތައް ރިސޯޓް ތަރައްޤީ ކުރުމަށް ނުދިނުމަށް ސަރުކާރުގައި އިލްތިމާސް ކުރަން... ލިބޭ ވަގުތީ ފައިދާއަށް ދެމިގެންދާ ގެއްލުމަކަށް ފުރުސަތު ދީގެން ނުވާނެ..

      17
      2