އަޔަލޭންޑުގެ ޑްރޮޣޭޑާގައި ކުޑަކުއްޖަކަށް ހަމަލާދީ ކުއްޖާގެ އަތާއި ފައި ބުރިކޮށްލުމަށްފަހު މަރާލާ ވީޑިއޯއެއް އާންމުކޮށްފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި އުމުރުން 17 އަހަރުގެ ކީން މަލްރެޑީ ވުޑްސް މަރާލާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގޭންގަކުންނެވެ. އެ ގޭންގުން އޭނާ މަރާލާފައިވަނީ ކީއްވެ ކަމެއް ސާފު ނުވެއެވެ. އެ ގޭންގުން ވަނީ ރަހުމުކުޑަކޮށް، ހަށިގަނޑުގެ ގުނަވަންތައް ވަކިކޮށްލުމަށްފަހު އަޔަލޭންޑުގެ ވެރިރަށް ޑުބްލިންގެ އެކި ސަރަހައްދުތަކަށް އުކާލާފައެވެ. އެ ޖަރީމާ ހިންގިތާ 5 ދުވަސް ފަހުން އެ ގޭންގުން މި ވަނީ އެކުއްޖާއާ މެދު އެމީހުން އަމަލުކުރި ރަހުމުކުޑަ ގޮތްތައް ފެންނަހެން މަންޒަރުތަކުގެ ވީޑިއޯ އާންމުކޮށްފައެވެ.
އެކުއްޖާގެ ހަށިގަނޑުގެ ބައިތައް ޑުބްލިންގެ ދެ ސަރަހައްދަކުން ފެނުނު އިރު، ކުއްޖާގެ ބޯ ފެނިފައިވަނީ ކާރެއްގެ ޑިކީ ތެރެއިންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ކާރުގެ ޑިކީތެރެއަށް ކުއްޖާގެ ބޯ ލާފައިވަނީ އެ ގޭންގުގެ ލީޑަރަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށެވެ.
އެގައުމުގެ ފުލުހުން ބުނެފައިވާ ގޮތުގައި ގޭންގަކުން އެކުއްޖާ މަރާލާފަައިވަނީ ދެ ގޭންގެއްގެ މެދުގައި ހަމަނުޖެހުމެއްގެ ތެރޭގައި ބަދަލު ހިފުމުގެ ގޮތުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ އެގައުމުގެ "ހިޓް މޭން" އެއް ކަމަށްވާ ކޯނިލިއަސް ނަމަކަށް ކިޔާ 35 އަހަރުގެ މީހެކެވެ.
17 އަހަރުގެ ކުއްޖެއް؟
އުޅޭނީ ގޭންްްގް އެއްގަ