އުގާންޑާގައި މުދިމަކު ކައިވެނި ކުރިތާ ދެ ހަފްތާ ފަހުން ކައިވެނި ކޮށްގެން މި އުޅެވެނީ ފިރިހެނަކާއި ކަން ފަޅާ އަރައިފިއެވެ.
ޝެއިޙް މުހައްމަދު މުތުބާ އާއި އޭނާ ކައިވެނި ކުރި މީހާ ދިމާވެފައި ވަނީ އޭނާ އިމާމުވެ ނަމާދު ކުރާ މިސްކިތުންނެވެ. ދެ މީހުން ދިމާވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ކައިވެނިވެސް ކޮށްފައި ވާއިރު ކައިވެންޏަށް ފަހުގައި މުދިމުގެ އަންހެނުން ބުނެފައި ވަނީ އޭނާގެ މައްސަރުގެ ކަންތައް ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ދެމަފިރިންގެ މެދުގައި އެއްވެސް ގުޅުމެއް ނުހިނގައެވެ.
އަންހެނުން މައްސަރުގައި ހުރުމުން މުދިމު އެކަން ގަބޫލުކޮށްގެން ކެތްތެރިކަމާއި އެކު ހުރީ ކަމަށް އޭނާ ބުނެފައިވެއެވެ. ކޮންމެއަކަސް، ދެ ހަފްތާ ފަހުން މުދިންބެގެ އަވަށްޓެރިއެއްގެ ފަރާތުން ވަނީ ވަރަށް ގަބޫލުކުރަން ދަތި ވާހަކަ އެއް އަޑުއިވިފައެވެ. އެއީ މުދިންބެގެ އަންހެނުން ފާރު މަތިން ފުންމާލައިގެން އަވަށްޓެރިޔާގެ ގެއަށް ވަދެ އެ ގެއިން ޓީވީ އަކާއި ހެދުންތަކެއް ވަގަށް ނަގައިފިކަމަށް އަވަށްޓެރިޔާ ބުނުމުންނެވެ.
މިކަން މުދިންބެ ގަބޫލުނުކުރުމުން އަވަށްޓެރިޔާ ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. އަންހެން ފުލުހަކު އައިސް މިސް. ސުވަބުއްލާ ނަބަކީރާ ނަމަކަށް ކިޔާ އެ އަންހެން މީހާ ބަލައި ފާސް ކުރަން ފެށުމުން އެއީ އަންހެނެއް ނޫންކަމަށް ޝައްކު ކުރެވުނެވެ. އެއީ އޭނާގެ މޭމަތީގައި މަހުގެ ބަދަލުގައި ކުދި ފޮތިތައް ލައްވާފައި ހުރުމުންނެވެ. މިއާއިއެކު ފުލުހުން އިތުރަށް ބެލި ބެލުމުން އެއީ އަންހެނެއް ނޫންކަން ވަނީ ފަޅާ އަރާފައެވެ.
ތަހުގީގުގައި މުދިންބެގެ އަންހެނުން ބުނެފައި ވަނީ އޭނާގެ އަސްލު ނަމަކީ ރިޗާޑު ޓުމުޝާބޭ ކަމަށާއި މުދިންބެ އާއި ކައިވެނި ކުރީ ފައިސާގެ ދަހިވެތިކަމުގައި ކަމަށެވެ. މިއާއިއެކު ރިޗާޑުގެ މައްޗައް ފުލުހުން ވަނީ އެހެން މީހަކަށް ހެދިގެން އުޅުމުގެ ކުށުގެ ދައުވާ އާއި ވައްކަމުގެ އިތުރުން އޮޅުވާލައިގެން މުދާތަކެއް ހޯދި ކަމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
މުދިންބެ އަންހެނުންނާއި އިނުމުގެ ކުރިން ރަނުގެ ގޮތުގައި ދެ ކަންބަޅި އާއި ދެ ހަކުރު ބަސްތާގެ އިތުރުން ލޮނު ބަސްތާ އަކާއި ޙަތިމެއްވެސް ދީފައި ވެއެވެ. މި މައްސަލާގައި ރިޗާޑުގެ ބޮޑުދައިތަވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ބޮޑު ދައިތަ ބުނެފައި ވަނީ ރިޒާޑު އަކީ ހަގީގަތުގައި ފިރިހެނެއް ކަމެއް ނޭނގޭ ކަމަށާއި އާއިލީ ގުޅުން އޮތް ނަމަވެސް ރިޗާޑު އާއި ދިމާވީ އޭނާ ބޮޑުވެފައި ހުރި ފަހުން ކަމަށެވެ.
ދުނިޔޭގެ ބައެއް ހިސާބުތަކުގައި މިގޮތަށް އޮޅުވާލައިގެން މީހުންނާއި ކައިވެނިކޮށް، މުދާތައް ވަގަށް ނަގައި ފިލުމަކީ އާއްމު ކަމެކެވެ. ނަމަވެސް މުދިންބެ އަށް ދިމާވި މި ހާދިސާގެ ސަބަބުން އޭނާ ހުރީ ޝޮކެއްގައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
ނަސީބެއްނު ދެތިން އަހަރު ނުވަނޯސް އެނގުންކަން
މިގައުމުހެ ރައްޔިތުންނަކަށް ނޭގޭ އިނޑިއާގެ އަޅުވެތިކަމަށް މިގައުމު ދާއިރުވެސް. ލާދީނީ ބައިގަނޑު ގައުމު ފަނާކޮށް ނިމޭއިރުވެސް. މުދިންބެވަރުވެސް ނުވޭ.
ތީ ދެން ނުގުޅޭ ވާހަކަ އެއް. މީހުން ނުގުޅޭ ޖަވާބު ދޭ އުސޫލުން. އެހެން
އޭ މިރޭ މަސްވެރިން ކިހިނެއްތަ. މީޔަށް ނުވާނެ މުދިމަށްވީވަރުވެސް.... . މިކަހަލަ ނުގުޅޭ ވާހަކައެއް ތި ބުނީ?
އުގާންޑާ؟؟؟؟؟ ޔުގާންޑާ ތަ ؟
އާ ގުންޑާ
ޔާގުންޑާ.
ލާދީން ބުނާނީ އިނުމުގެ ކުރިން ކަމުދޭތޯ ބަލަން އެކަހެރި ބައްދަލުވުން ނުބޭއްވޭތީ އިސްލާމްދީނުގެ ހަރުކަށިކަމޭ. ކުރިން "ބެލިނަމަ" އެހެން ނުވީހޭ.
ހާދަހީވޭ މިއީ ކޭ ގެ ހިތަށް އެރި އެއްޗެއްސޭ...
އަނބިމީހާ މައްސަރުގެ ކަންތައް ޖެހުމުން ކޮން ގޮތަކަށްބާ ލޭ އަންނަނީ! ކެކެކެކެކެކެކެ
ދެން މުދިން ކަން ކުރަން ފެށިނަމަ
ހީހީ ހަލާކު??