މި އުޅެނީ މެލޭޝިޔާ އަށް ނިސްބަތްވާ މީހަކު ކާން އިންނަ ވަގުތު އޭނާގެ ކުރިމަތީގައި އިން ފުރޮޅުލީ ގޮނޑިއެއް އަމިއްލަ އަށް އެނބުރޭ މަންޒަރު ދައްކާލަން ވެގެންނެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުގައި ފިިރިހެނަކު ކާން އިންނަ ވަގުތު އޭނާގެ ކުރިމަތީގައި އިންނަ ގޮނޑި އަމިއްލަ އަށް އެނބުރޭތަން ފެނިގެން ދެއެވެ. ވީޑިއޯގައި އޭނާގެ އަމިއްލަ ބަހުރުވައިން އެ ފިރިހެން ބުނަނީ އޭނާ މިއިނީ ކާން ކަމަށާއި، އޭނާ އަށް އުނދަގޫ ނުކުރުމަށެވެ. އަދި އޭނާގެ ތަށީގައި އެވަގުތު ގިނަ އަދަދެއްގެ ކާތަކެތި ހުރުމުން ބިރުގަތަން، ނުކައި އެތަނުން ނުދެވޭނެ ކަމަށް އެ ވީޑިއޯގައި އެ ފިރިހެން މީހާ ބުނެއެވެ.

https://twitter.com/HellmyAnwar/status/1202442879689359360?s=20

މަތީގައި އެވާ ވީޑިއޯ ބަލާ ކޮންމެ މީހަކަށްވެސް ހީވާނީ އެއީ ރޫޙާނީ ކަމެއް ހެންނެވެ. ނަމަވެސް ހަގީގަތުގައި މިއީ ރޫހާނީ ކަމެއް ނޫނެވެ. މި ޙަބަރު މި ހިއްސާ ކޮށްލީ މީސް މީޑިއާ އިން ފެންނަ ކޮންމެ އެއްޗެއް ގަބޫލު ނުކުރުމަށް ނަސޭހަތްތެރިވުމުގެ ގޮތުންނެވެ. ބައެއް މީހުން މިއީ ރޫހާނީ ކަމެކޭ ބުނަމުން މީސް މީޑިއާގައި މި ވީޑިއޯ ހިއްސާ ކުރި ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ.

އަސްލު އެ ފިރިހެން މީހާ އެ އިންނަނީ ބޮޑު ކަނޑު ބޯޓެއްގެ ތެރޭގައި ހަދާފައި އިން ކޮޓަރިއެއްގެ ތެރޭގައެވެ. އެ ގޮނޑީގެ ފުރޮޅުތައް ކޮޓަރީގެ ކާޕެޓުގަނޑާއި ހަރުކޮށްފައި ހުރުމުން ރާޅާއި ބޯޓު ތެޅޭ ވަގުތު އެ ގޮނޑި އަމިއްލަ އަށް އެނބުރުމަށް މެދުވެރިވަނީއެވެ. މިއީ އެ ވީޑިއޯގެ ފަހަތުގައިވާ ހަގީގަތެވެ. އެ މީހާ ވީޑިއޯގައި އެހެން ބުނަނީ މީހުން މޮޔަ ހެއްދުމުގެ ބޭނުމަގައެވެ. ނަމަވެސް ހަގީގަތް ހޯދާ ބަލާ މީހުން ފެންނަ ކޮންމެ ކޮންމެ އެއްޗެއް ގަބޫލެއް ނުކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑަންޑަހެލުގެ އިސްތިރި މޭސްތިރި

    ގުޑް ޕޮއިންޓް ވަގުތު. ކުރެޑިޓް ވެއާ އިޓްސް ޑިއު. އެކަމު ހަގީގަތަކީ ޕީޕަލް ލަވް ސުޓޯރީސް.

    24
    1
  2. ލާލާ

    އެމީހާ ވާހަކަދައްކާގޮތުން ވަރަށް މަޖާ

    18
  3. ބަލާބަލަ

    ގޮނޑީގެ ކޮންތާކު ފުރޮޅުހުރީ ހަމަގައިމުވެސް އެއީފުރޮޅުލީގޮނޑިއެއްނޫން އެކަމަކުތިބުނިހެންވެދާނެ ކާޕެޓްގައި ޕެކިންތަތްކޮއްފަހުރިއްޔާ އެގޮނޑީގެ ފައިދަށުގަހުރީ ޕެކިންހަރުކޮއްފަ

    6
    1