މީސް މީޑިއާގައި އެކި ދުވަސްވަރު ވައިގައި ހިފަނީ އެކި ކަންކަމެވެ. ނިމިދިޔަ 2019ވަނަ އަހަރު އެތައް ޗެލެންޖެއް އަހަރެމެންނަށް ފެނިގެން ދިޔައިރު އެ ޗެލެންޖުތައް ހެދޭތޯ ވަރަށް ގިނަ މީހުން މަސައްކަތް ކުރެއެވެ. ނަމަވެސް އުނދަގޫ ޗެލެންޖުތައް ހެދެނީ ވަރަށްވެސް މަދު ބަޔަކަށެވެ. މިއީވެސް އެފަދަ އުނދަގޫ ޗެލެންޖެކެވެ.

މިއީ ފްލެކްސް ޗެލެންޖެކެވެ. މި ޗެލެންޖު އެންމެ ފުރަތަމަ ހަދާފައި ވަނީވެސް ޕްރޮފެޝަނަލް ޖިމްނާސްޓެއް ކަމުގައިވާ ޖަކްސް ކްރަނިޒްއެވެ. މިއީ ޖިމްނާސްޓެއް ހަދާފައިވާ ޗެލެންޖެއް ކަމުން މިކަން ފަސޭހަވެގެން ނުދާނެކަން ޔަގީނެވެ.

މި ޗެލެންޖުގެ ވީޑިއޯ އެންމެ ފުރަތަމަ މީސް މީޑިއާގައި ޖަކްސް ހިއްސާ ކުރުމުން މިއަދާއި ހަމައަށް އެ ވީޑިއޯ 4 ލައްކަ އަށް ވުރެން ގިނަ މީހުން ވަނީ ބަލާފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ޗެލެންޖު ހަދަން މަަސައްކަތް ކޮށް، ނާކާމިޔާބު ވެފައިވާކަން ހާމަކޮށްފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުުގައި ޖަކްސް އޮންނަނީ ދެ އަތް ފުރަގަހަށް ލައިގެން ބިންމަތީ ސީދަލަށް އޮށޯވެއެވެ. އަދި ހަށިގަނޑު އެއްވެސް ފަޅިއަކަށް ބުރަ ނުވެ، ފުރަގަހުގައި އޮތް ދެ އަތްވެސް ވަކި ނުކޮށް ތެދުވަން ޖެހެއެވެ. ޖަކްސް މިކަން ކުރަނީ ވަރަށްވެސް ފަސޭހައިންނެވެ. ތިއީ ފަހަރުގައި ޖިމްނާސްޓިކްގައި އުޅުއްވާ ފަރާތެއްނަމަ މިކަން ފަސޭހަ ވެދާނެއެވެ. ނަމަވެސް މިކަން ކުރަން މަސައްކަތް ކުރި މީހުން ބުނެފައި ވަނީ މިއީ މިހައިތަނަށް ހެދި އެންމެ އުނދަގޫ ފްލެކްސް ޗެލެންޖު ކަމަށެވެ.

ތިރީގައި އެވަނީ މި ޗެލެންޖުގެ ވީޑިއޯއެވެ.

https://www.instagram.com/p/B7EPXSZnxAQ/?utm_source=ig_web_button_share_sheet

ކިޔުންތެރިންގެ ހިޔާލު