އިންޑިއާގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، ގިނަ ބަޔަކު ބައިވެރިވެގެން މަރާލާފައި އޮއްވައި ފެނުނު އާސިފާގެ އާއިލާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް، އިންޑިއާގެ ސުޕްރީމް ކޯޓުން އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކަށް އަމުރުކޮށްފިއެވެ.

ކޯޓުން މިގޮތަށް އަމުރުކޮށްފައި މިވަނީ، އާސިފާގެ މަރުގެ މައްސަލަ ފެންމަތިވެ ބަލަމުންދާ މި ދަނޑިވަޅުގައި އޭނާގެ އާއިލާއަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ބައެއް ފަރާތްތަކުން ދެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އާސިފާގެ އާއިލާ ދިރިއުޅެމުންދާ ގެ އަންދާލައި އާއިލާގެ މެމްބަރުންނަށް މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އާސިފާގެ އާއިލާގެ އިތުރުން އޭނާގެ ދިފާޢުގައި އާއިލާއަށް އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ދިޕިކާ އެސް ޖަޖަވާތަށްވެސް އިންޒާރު ލިބެމުންދާއިރު، އޭނާ ބުނެފައިވަނީ އޭނާވެސް ރޭޕްކޮށް މަރާލާނެކަމުގެ ބިރު މިހާރު އެބައޮތްކަމަށެވެ.

މި މައްސަލަ ބަލާ ކޯޓުން މިއަދު ވަނީ މިކަމާއި ގުޅިގެން އާސިފާގެ އާއިލާގެ އިތުރުން އޭނާގެ ވަކީލަށްވެސް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ. މި މައްސަލަ މިހާރު ކުރިއަށްދަނީ އާސިފާގެ ރޭޕްގެ ކަންތައް ހިނގި ޖައްމޫ އެންޑް ކަޝްމީރުގެ ކަތުއާ ނަމަކަށްކިޔާ އަވަށުގައެވެ.

މުސްލިމް އާއިލާއަކަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ އާސިފާ ވަގަށް ނަގައިގެންގޮސް ރޭޕްކޮށްލީ، އަށް މީހަކު ވެގެން އޭނާ ރޭޕްކޮށްލުމަށްފަހުއެވެ. މި ޢަމަލުގައި ފުލުހުންގެ އަތެއްވެސް ވާކަމަށް ބެލެވިފައިވާއިރު، ސަރުކާރުގެ އިންޑިއާ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުގެ ބައިވެރިވުންވެސް މި ހާދިސާގައި ހިމެނޭ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަސްތާ

    އަދިވެސް އިންޑިޔާ އޭ ބޮޑުބޭބެ އޭ ކިޔާބަލަ

  2. ހާމިދު

    އަޅެ ރަނގަޅައް ވިސްނާފަ ބުނެބަލަ އައިއެސް ހަމަ ގޯސްތަ؟އަހަންނަށް ކަށަވަރު އޭރު އައިއެސްގެ ބާރުއޮތް އިރު ތިޔައީ އެތަނުގައި ހިނގިކަމެއްނަމަ ތިޔަކަން ކުރިބަޔަކު އެއީ މުޚްސިނުންނަމަ އެބަޔަކު ދުނިޔޭގަ މިހާރު ނުތިބީސް. 100% ގެރެންޓީ. އެހެނީ އެއީ އިސްލާމީ ޝަރީޢަތަކީ. ޢަދުލުއިންސާފް. މުޚްސިނުންކަމު ނުވިނަމަ ހައްދު ޖެހޭނެ އަދި މަރާލިކަމުގެ ބަދަލުގަ މަރަށް މަރުހިފޭނެ. އެކަމާ އެމެރިކާއާއި ރަޝިޔާ އަދި ދުނިޔެ އެ ބިރުގަތީ.

  3. އިއްބެ

    ހެޔޮނުވާނެ އެކުއްޖާ އަށް އެހެން ހަދަން.

  4. އަހަންމާބެ

    ރޭޕް އިންޑިޔާ! ޗީޑި.

  5. މާމަ

    އިންޑިއަގައި މިހާރުގެ ސަރުކާރަށް ނިސްބަތްވިޔަސް އިންސާފު އެބަ ލިބޭ ދޯ ދެން ކޮން ބޮޑުބޭބެއެއް އިންޑިއާއެއްކިޔާ ކޮމެންޓްކުރަނީ؟ މިރާއްޖޭގެ ހާލަތަކީ ޕޯޑިއަމްގެ މަރުގެ އިންޒާރު ދިނީމަ ވެސް އެކަން ބަލާނެ މުއައްސަސާޡއެއް ނެތް! %100 އިސްލާމް ގައުމެއްގަ ކަލަޕެއިންޓް ކޮށް ރޯއޮރިޔާމާ ތިބީމަ އެކަންވެސް ނުބެލުނު ދެން ކޮން އަނގައެއް ތިތަޅަނީ