އިންޑިއާއިން އަޅުވެތިކޮއްފައި އޮތް ކަޝްމީރަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ މުސްލިމު އަންހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ލަވަ ކިޔުންތެރިއާ މިކާ ސިންހް ބުނެފި އެވެ.

އިންޑިއާގެ ޕަންޖާބީ ލަވަކިޔުންތެރިޔަ މިކާ ސިންހް ބުނީ ޖަނަވާރެއް ޝިކާރަކޮށްގެން ސަލްމާންގެ މައްޗަށް ހިންގި ޝަރީއަތަށް ވުރެ ރޭޕްކޮށް ކުޑަ އަންހެން ކުދިން މަރާ މައްސަލަތައް ތަހްގީގުކޮށް އަވަސް ފިޔަވަޅު އެޅަން ޖެހޭ ކަމަށެވެ.

އިންޑިއާގައި ރަހުމު ކުޑަ ގޮތަކަށް ތުއްތު އާސިފާ ރޭޕް ކޮށްލާފައި މިވަނީ އިންޑިއާގައި ހިނގަމުންދާ ރޭޕްގެ މައްސަލަތަށް ބަލަމުން ނުދާކަމަށް ބުނެ އެތަށް ބަޔަކު އަޑު އުފުލަމުން ދިޔަ ދަޑިވަޅެއްގައެވެ. މިކާ ބުނީ ސަލްމާން ފުއްލާއެއް ޝިކާރަކުރުމުގެ ސަބަބުން އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަށް އާންމުން ސަމާލުކަން ދެނީ އޭނާއަކީ މަޝްހޫރު މީހަކަށް ވުމުން ކަމަށެވެ.

"ރޭޕްގެ މައްސަލަތައް މީހުން އަވަހަށް ހަނދާން ނައްތާލާ, އޭގެ ބަދަލުގައި ސަމާލުކަން ދެނީ ސަލްމާން ހާންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަށް،" ލަވަކިޔުންތެރިޔަ މިކާ ސިންހް ބުންޏެވެ.

އޭނާ ބުނީ ޖަނަވާރެއް މަރާލުން ފަދަ ކަމެއްގެ ތަހްގީގަށް ފައިސާ ހޭދަކުރާއިރު ރޭޕްގެ މައްސަލަތަކަކީ ސަމާލުކަން ނުދީ ދޫކޮށްލެވޭ ވަރުގެ ކަންތައްތަކެއް ނޫން ކަމަށާއި، ސަލްމާން ހާންގެ ކުށް ހޯދުމަށްވުރެ ރޭޕްގެ މައްސަލަތަ ބެލުން މާ މުހިންމު ކަމަށެވެ.

"މިވަގުތު ސަމާލުކަން ދޭންވީ ރޭޕްގެ މައްސަލައަށް. އެކަމުގައި ޝާމިލްވާ ކުށްވެރިން ހޯދާ ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް ގަބޫލު ކުރަން،" މީކާ ބުންޏެވެ.

އުމުރުން އަށް އަހަރުގެ ކަޝްމީރުގެ ސިޓީއަކަށް ނިސްބަތްވާ އާސިފާ ބާނޯ ގޭންގަކުން ރޭޕްކޮށް، މަރާލުމާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ނުރުހުން ފާޅު ކުރާއިރު ހައްޔަރު ކުރި މީހުންގެ ދިފާއުގައި ބޭއްވި އެއްވުމެއްގައި ވެރިކަންކުރާ ބީޖޭޕީގެ ދެ މިނިސްޓަރަކު ވެސް ބައިވެރިވެފައިވެއެވެ. ނަމަވެސް އެ ދެ މިނިސްޓަރުން މިހާރު ވަނީ ކުރިމަތިވަމުންދާ ޕްރެޝަރާއި އެކު މަޤާމުން އިސްތިއުފާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މަރޭ

    ސަލްމާނުގެ ކަންތަށް ފެށުނީވެސް މިރޭޕުގެ މައްސަލަ އެގެދާނެތީ.ފިސާރި ޑިމޮކުރަސީއެއް އިންޑިޔަގަ އޮންނަނީ. މީހުނަށް ވުރެ ފުއްލާ ޔާ ޖަނަވާރު މުހިންމު.

    • ނުބުނި

      ފުލާ ރަސްގެފާނު

  2. ސަނާ

    ސާބަހޭ މިކާ ތިޔަވަރު ބަހެއް ބުނެލަން ކެރުނު މީހަކުވެސް ތިޔަ ފިލްމް އިންޑަސްޓްރީ އަކު މިކާ ނޫނީ

  3. ސަރީފާ

    ސާބަހޭ މިކާ ތިޔަވަރު ބަހެއް ބުނެލަން ކެރުނު މީހަކުވެސް ތިޔަ ފިލްމް އިންޑަސްޓްރީ އަކު މިކާ ނޫނީ

    • Anonymous

      ސާބަހޭ މިކާސިންގް

  4. މޮޑީ

    ސަލުމާނުހާނު ވެސް ރޭޕުކޮށްލާ!

  5. ތިޔޭ

    މިކާ ސިންގ ޖޭ ވިޔަސް ތިދެން ބޮޑުވަރެއް.. ސަލްމާންގެ މައްސަލަ ފެށުނީ އިއްޔަ މެންދުރު.. ރޭޕް ކުރުން އެއީ ތިޔަތާނގެ ސަޤާފަތެއް.. ގެރި ހިމާޔަތް ކޮށްފައި ރޭޕް ކުރުން ގިނަކުރެވޭތޯ ބަލާ، ކޮންމެހެން ސަލްމާން ބޮލަށް ކަނޑާނެކަމެއް ނެތް. .

  6. ހަސަން

    މޯދީ ރޭޕްނުކުރަނީސް މިކަން ހުއްޓާލަންޖެހޭ މުސްލިމުން މިކަމަދެދުވާންޖެ.