އެމެރިކާގެ ޓެކްސަސްގައި ޒުވާނަކު ސުޕަމާކެޓަކަށް ގޮސް އެތާ ތެރޭގައި އިން އައިސް ކްރީމް ތައްޓެއްގައި ދޫ ހާކައި، އަނެއްކާވެސް ފިހާރަ ތެރޭގައި ބެހެއްޓި މައްސަލާގައި އެ ޒުވާނާ 1 އަހަރު ދުވަހަށް ޖަލަށް ލާން ޙުކުމް ކޮށްފިއެވެ.

ޑި އެޑްރިއެން އެންޑާސަން ނަމަކަށް ކިޔާ 24 އަހަރުގެ އެ ޒުވާނާ އަކީ ޔޫޓިއުބަރެކެވެ. އޭނާ ވަނީ އައިސްކްރީމް ތަށީގައި ދޫ ހާކައި، އަނެއްކާވެސް ބަހައްޓާ މަންޒަރު އޭނާގެ ޔޫޓިއުބް ޗެނަލުގައި ހިއްސާ ކޮށްފައެވެ.

މަޝްހޫރު ވަލްމާޓުގައި ހިނގި މި ހާދިސާގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އެޑްރިއަން ވަނީ ފަހުން އޭނާ ދޫ ހޭކި ތަށި ގަނެފައެވެ. ނަމަވެސް ވަލްމާޓަށް އެއީ ސީދާ ކޮން ތައްޓެއްކަން ޔަގީން ނުވާތީ އެ ކުލައިގައި ހުރި ހުރިހާ ތައްޓެއް އެމީހުން ޖެހުނީ އުކާލާށެވެ. އަދި އެޑްރިއެން އާއި ދެކޮޅަށް އެމީހުން ދައުވާވެސް ކުރިއެވެ.

އެޑްރިއަން

އެޑްރިއެން މިކަން ކޮށްފައި މިވަނީ މިދިޔަ އަހަރުން ފެށިގެން މީސް މީޑިއާގައި އާއްމުވެފައިވާ ޗެލެންޖެއްގައި ބައިވެރިވުމުގެ ގޮތުންނެވެ. ނަމަވެސް ފުލުހުން މި މައްސަލަ ބެލުމަށް ފަހުގައި ވަނީ އާއްމު ތަނެއްގައި ބޭއަދަބީ ކޮށް އުޅުމުުގެ ކުށުގެ ދައުވާ އޭނާގެ މައްޗައް އުފުލާފައެވެ.

އެޑްރިއަން 1 އަހަރަށް ޖަލަން ލާން ހުކުމް ކުރި ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން އެޑްރިއެން އަންނަނީ އޭނާގެ މައްޗައް އިއްވާފައިވާ ޖަލު ހުކުމުގެ ބަދަލުގައި އެހެން އަދަބެއް އޭނާ އަށް ދެވޭނެތޯ މަޝްވަރާ ކުރަމުންނެވެ.