ދުނިޔޭގެ އެކި ހިސާބުތަކުގައި ނުލަފާ މީހުންވެސް އުޅެއެވެ. ރަހުމެއް، ކުލުނެއް އިންސާނިއްޔަތު ކަމެއް ނެތް އެތައް ބަޔަކު އުޅެއެވެ. މިއީ ދުނިޔޭގެ އާދައެވެ. ދާދި ފަހަކުން މީހަކު މި ވަނީ އޭނާއަކީ އެއްވެސް އިންސާާނިއްޔަތުކަމެއް ނެތް މީހެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

ލުއިސް އަލްފްރެޑޯ ވަނީ އިންސާނެއްގެ ހަށިގަނޑުން ބޮޑުބައެއް ކައި ފުލުހުން ވެސް ހައިރާންކޮށްލާފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ، ކައިފައި ވަނީ ދަނޑުވެރިއެއްގެ ހަށިގަނޑެވެ.

ވެނެޒުއެލާގައި ހިނގި މިހާދިސާގައި އެ އިންސާނާގެ މިނިމަސް ކެއި ލުއިސް ވަނީ އެ ކުށް ކުރިކަމަަށް އަމިއްލައަށް އިއުތިރާފްވެސްވެފައެވެ. ލުއިސް ވަނީ އެ މީހާގެ ލޭ ބޭނުންކޮށްގެން ކުރެހުންތައްވެސް ކުރަހާފައެވެ.

ފުލުހުން ބެލި ބެލުމުން އެނގުނުގޮތުގައި، ލުއިސް އެ މީހާގެ ހަށިގަނޑު ކާލީ އޭނާ ބޭނުންވެގެންންނެވެ. އަދި އޭނާ އަމިއްލައަށް މަރުވުމަށް ލުއިސްއަށް ފައިސާވެސް ދިންކަމަށް ވެއެވެ.

ފުލުހުން ވަނީ މިހާރު ލުއިސް ހައްޔަރުކޮށްފައެވެ. ލުއިސް ބުނިގޮތުގައި، އޭނާއަކީ މިނިމަސް ފުދޭވަރަކަށް ކައި އުޅޭ މީހެކެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި، ލެއިން ކުރަހާފައިވާކަމަށް ބެލެވޭ ވަރަށް ގިނަ ކުރެހުންތަކެއް އެ ސަރަހައްދުން ވަނީ ފެނިފައެވެ. އަދި ފުލުހުން ދަނީ އެ ކުރެހުންތަކުގެ ޓެސްޓްތައް ހަދައި، އެއީ އިންސާނުންގެ ލެއިން ކުރަހާފައިވާ ކުރެހުންތަކެއްތޯ ޔަގީން ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ

    ސުބުޙާނަﷲ

    • Anonymous

      ސުބުޙާނަﷲ