ލޯބިވެރިޔަކު ހޯދަން ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާ އަކީ އަންހެނަކާއި އެކު ޑޭޓަކަށް ދިއުމެވެ. އެމެރިކާގެ ފިރިހެނަކު ވެސް އޭނާ ހިތްކިޔާ އަންހެނަކާއި އެކު ޑޭޓަކަށް ދިޔައީ އަންހެނާގެ ހިތް އަތުލުގެ މަޤުޞަދުގައެވެ. ނަމަވެސް ނަތީޖާއެއް ނުފެނުނެވެ.

އަމަންޑާ ކިޔާ އަންހެން މީހާ ޑޭޓަކަށް ގޮސް ރެެސްޓޯރެންޓަކުން ކެއުމަށް ފަހު އެގުޅުން އިތުރަށް ކުރިއަށް ގެންދަން ބޭނުމެއް ނުވިއެވެ. ޑޭޓަށް ފަހު ފިރިހެން މީހާ ފޮނުވި އެއްވެސް މެސެޖަކަށް ވެސް އެއްވެސް ކޯލަކަށް ވެސް އަމަންޑާ ޖަވާބެއް ނުދިނެވެ.

ދެން ކުއްލިއަކަށް އަމަންޑާ އަށް ލިބުނީ އީމެއިލް އަކާއި އެކު ބިލެކެވެ. އެމެއިލްގައި އޮތީ އެދެމީހުން ދިޔަ ޑޭޓްގެ ބިލެވެ. އެބިލަށް އެރި ފައިސާ އަނބުރާ ދައްކަން ފިރިހެން މީހާގެ މެއިލްގައި އޮތީ އަމަންޑާ އަށް އަންގާފައެވެ.

40 އެމެރިކާ ޑޮލަރު އަރާފައި އޮތް ބިލް އަމަންޑާ ޓްވިޓާގައި އާންމު ކުރުމާއި އެކު ވަނީ ވައިރަލް ވެފައެވެ.

ބައެއް މީހުން ވަނީ އަމަންޑާ އާއި އެއްކޮޅަށް ޚިޔާލުފާޅުކޮށްފައެވެ. އަނެއްބަޔަކު ވަނީ ފިރިހެން މީހާ އާއި އެއްކޮޅަށް ޚިޔާލުފާޅުކޮށްފައެވެ. ބައެއް މީހުން ބުނީ ޑޭޓަކަށް ދިޔަސް ބިލް ދައްކަން ޖެހޭނީ ފިރިހެން މީހާ ކަމަށް ގިނަ ބަޔަކު އަދިވެސް ގަބޫލުކުރާ ކަމަށާއި ނަމަވެސް މިއީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.

ބައެއް މީހުން ވަނީ އަމަންޑާ އޭނާގެ މެސެޖަށް ރިޕްލައި ކޮށްފިނަމަ ބިލް އަދިވެސް ފްރީ ވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އޭނާގެ މެސެޖަށް ރިޕްލައި ކުރަން އަމަންޑާ އަށް ލަފާދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލޯބިވާ އަންހެން ކުއްޖަކަށް މަމެން އަތުން ޚަރަދު ވިނަމަވެސް މަމެން އެކަމުގެ ޝަކުވާ އެއް ނުކުރަމެވެ. ޑޭޓް އަށް ރެސްޓޯރެންޓް އަށް ދާތީ ނޫންތޭ ޑޭޓް އަށް ގެއަށް ގެންނަނަމަ ގޭގައި ތިބެގެން އަލްމަންޑްސް ކާލާ ޗެޓް ކޮށްލެވޭނެ ނޫންތޭ. ތަމެން ލޯބިވާ މީހަކު ހުރި ނަމަ ބޯޑެތި ޚަރަދު ތައް އެފަދަ ބިޓަކަށް ކުރުމުގެ ކުރިން ފައިސާ އެފަދަ ބިޓަކަށް ނުދީ ދަންމާލާށެވެ. މަމެން ރަށްޓެހި އައްޑޫ އަންހެން ކުއްޖާ އެއް އެއްދުވަހު ބުނީ ގޭގެ ކަރަންޓް ބިލް ދައްކާލަން 4 ހާސް ރުފިޔާ ދީބަލާށޭ ފަހުން ދޭނަމޭ. މަމެން ބޮލުގައި ވަގުތުން ރިއްސިއެވެ. މަމެން ބުނިން ކަރަންޓް ބިލް ގެންނާށޭ ފުރަތަމަ ވެސް. ބިލެއް ނުގެނެވުނު. ދެން ދެވަނަ ދުވަހު އަނެއްކާ ފޯންކޮށްފައި ބުނީމާ މަމެން ބުނީ ކަރަންޓް ކަނޑާލީމާ ގުޅާށޭ. ޑެން އޭގެ 5 ދުވަސްފަހުން ކަރަންޓް ކަނޑާލީމާ ގުޅީމާ މަމެން ބުނީ ރެޑް ނޯޓިސް ތައް ހިފައިގެން އަންނާށޭ. ނުކެރުނު އަންނަން. މި ޒާތުގެ މަކަރާއި ހީލަތުން ފުރިގެން އުޅޭ އަންހެން ކުދިން މާލޭގައި އުޅޭ ތަނަވަސް މީހުންނަށް އެޕްރޯޗް ކޮށްގެން އެމީހުން ފެލަން. މީ މަމެން ނުދަންނަ ވައްތަރެއް ނޫނެވެ. ދެކުނު އަންހެން ކުދިން ފަންޑިތަ ވެސް ހަޑާވާހަކަ މަންމަ މެން ބުނޭ. އެއީ ވަރަށް ނުބައި ވައްތަރެއް...

  2. މާލޭގައި އުޅޭނެ ދަ ރާއްޖެތެރެއިން އައިސް އުޅޭ އަންހެންކުދިން ތަކެއް. ޢެމެން އިންނާނީ ފައިސާ ހުންނަ މީހުން ބަލައިގެން. ދެން ހަމަ ފިރިހެން މީހާ ފެލާލާނީ އެންމެ އަގު ބޮޑެތި ކޮސްމެޓިކްސް ތަކާއި ހެދުން ތައް ފިރިމީހާގެ ފައިސާ ކާރޑުން ފައިސާ ނަގައިގެން. މިގޮތަށް ގިނަ ދަ ރާއްޖެތެރޭ އަންހެން ކުދިން އުޅެނީ. ދެން ދަރިފުޅު ވިއްސަން ވެސް ލަންކާ އަށް އިންޑިއާ އަށްނުވަތަ ތައިލެންޑް އަށް. ގޭގައި ނުވެސް ކައްކާނެ ހޮޓަލުން ކާނީ ވެސް ގޮސް ލެމްން ގްރާސް ފަދަ އަގު ބޮޑެތި ރެސްޓޯރެންޓަށް ގޮސްގެން. އެޕާރޓްމެންޓް ވެސް އެހާ މުޑުދާރުވާނެ. މަމެން ސްކޫލްގައި އުޅުނު އިރު ރައްޓެހި ފިރިހެން ގޮލައަކު އެއްދުވަހު ޑިނަރ އަށް ދައުވަތު ދިނުމުން އެގެއަށް ގޮސް އެގޭތެރެ މުޑުދާރު ކަމުން ކެއީ ހުސް ޕާޕަރު ކުޑަ ބަތް ކޮޅަކާއި އެކު. ދެން މަމެން އަވަހަށް ޑިނަރ ނިންމާފައި ނިކުންނަމުން އެފިރިހެން ކުއްޖާ ގާތު ބުނިން ކޮންމެހެން ހަދާ ނަމަވެސް މާދަމާ ރޭ މަމެން ގޯއްޗަށް އެކަނި ދާން. ދިއުމުން އެކުއްޖާގޭތެރެ އެހާ މުޑުދާރު ވެފައި އަދި ދަރިފުޅުވެސް އެހާ ހިކީ ކީއްވެތޭ އެހުމުން ހުރިހާ ވާހަކައެއް ކިޔާދިނީ އެވެ. މިހާރު އެއަންހެން ކުއްޖާ އަށް ކޯޓު ބޭރުން ބޯޑު ފައިސާ ގަނޑެއްދީ ވަރިކޮށްލާ ދަރިފުޅު އުމުރުން 25 އަހަރު ވުމުގެ ކުރިން ދަރިފުޅު ގާތަށް ނައުމަށް އެއްބަސްވެ ބަދަލުގައި ދެނީ ކޮންމެ މަހަކު 4 ހާސް ޑޮލަރެވެ. އެވެސް މަހުގެ 5 ގެ ކުރިން ޖަމާ ނުކޮށްފިނަމަ މެސެޖް ފީންނެއް ފޮނުވާނެއެވެ. މީ ދަ ރާއްޖެތެރެއަންސް އަންހެން ވެރިންގެ ހަގީގަތް. މި ވާހަކަ ދައްކަން އެބަޖެހޭ.

  3. މަހަށްދޭބަލަ

    ދިވެހި އަންހެން ވެރިން ވެސް ތީ ތިގޮތް ވަރަށް ބޯޑު ބަޔެއް. ތަމެން ކާންތިބޭއިރު ތިން ހަތަރު ގޮނޑި ބަރިޖަހައިގެން ކާން ތިބެނީ ލަދު ހަޔާތް ކޮބައިތޭ. މަހަށްދޭބަލަ..