އިންޑިއާގެ ވެތެރަން އެކްޓްރެސް ޝަބާނާ އަޒްމީ އެކްސިޑެންޓްވެ އަނިޔާވެއްޖެއެވެ. ޝަބާނާ ކާރެއްގައި ދަތުރު ކުރަމުންދަނިކޮށް ޓްރަކެއްގައި ޖެހިގެން އެކްސިޑެންޓްވެފައި ވަނީ، ކުމްބިވަލި ވެލޭޖުގައެވެ.

އިއްޔެ 3:30 ހާއިރު ޝަބާނާ އެކްސިޑެންޓްވިއިރު، އޭނާގެ ބޮލަށާއި، ކަރަށް ގެއްލުންތަކެއްވި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އެކްސިޑެންޓާއި ގުޅިގެން ޝަބާނާގެ ޑްރައިވަރުގެ މައްސަލައެއް ފުލުހަށްވެސް ވަނީ ހުށަހަޅާފައެވެ. ފުލުހަށް އެ މައްސަލަ ހުށަހެޅީ ލޮރީ ޑްރައިވަރެވެ. އޭނާ ބުނާގޮތުން، އޭނާގެ ވެހިކަލްގައި ޝަބާނާގެ ޑްރައިވަރު އަޒްމީ ދުއްވަން އިން ކާރު ޖެހުނީ ކޮންޓްރޯލުން ނައްޓައިގެން ގޮހެވެ. އަދި މިކަންތައް ދިމަވީ، އަޒްމީ ނުބަލާ ދުއްވުމުގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ.

އެކްސިޑެންޓްވި އެ ކާރުގައި ޝަބާނާގެ އިތުރުން، އޭނާގެ ފިރިމީހާ އަދި މަޝްހޫރު ޅެންވެރިއެއް ކަމުގައިވާ ޖާވިދް އަހްތަރުވެސް އިނެވެ. އޭނާއަށް އަނިޔާވެފައިނުވާކަމަށް ވެއެވެ.

ޝަބާނާ އެކްސިޑެންޓް ވުމައި ގުޅިގެން ގިނަބަޔަކު ދަނީ އޭނާއަށް ހަމްދަރްދީ މެސެޖް ފޮނުވަމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި ބައެެއް މަޝްހޫރު ތަރިންްވެސް ހިމެނެއެވެ.

ޝަބާނާއަކީ ފިލްމީ ދާއިރާގައި މަޝްހޫރު ތަރިއެކެވެ. އޭނާ ވަނީ ދާއިރާގައި އެވޯޑްތަކެެއްވެސް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު