ލޮލުގެ އިޝާރާތުން ގިނަ ބައެއްގެ ހިތުން ޖާގަ ހޯދި ޕްރިޔާގެ ޖާދޫގައި އަނެއްކާވެސް ގިނަ ބަޔަކު ޖެހިއްޖެއެވެ. މިފަހަރު ޕްރިޔާ ކުޅެފައިވަނީ ޗޮކުލެޓް އިސްތިހާރެކެވެ.

ފްރިޔާގެ އިޝްތިހާރު މިހާރުވަނީ އިންޑިޔާގެ 12 ބަހަކުން ގެނެސްދީފައެވެ. އަދި ޔޫޓިއުބުގައިވާ މިއިޝްތިހާރުގެ ހިންދީ ވާރޝަން މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެއް ލައްކައަށްވުރެ ގިނަ މީހުންވަނީ ބަލާފައެވެ. މި އިޝްތިހާރުގެ ސަބަބުން ގިނަބައެއްގެ ސަމާލުކަން ޕްރިޔާއަށް އަނެއްކާވެސްވަނީ ލިބިފައެވެ.

ޕްރިޔާއަކީ މި އަހަރު ތެރޭގައި ނެރެން ހަމަޖެހިފައިވާ މަލިޔާލަމް ފިލްމެއްކަމަށްވާ އޮރޫ އަދަރް ލަވްގައި ހިމެނޭ ލަވައެއްގެ ތަންކޮޅަކުން ފެނިގެން ދިޔަ މަންޒަރުން މަޝްހޫރުވި ތަރިއެކެވެ،

އުމުރުން 18 އަހަރުގެ ޕްރިޔާ މިހާރު ވަނީ އެތައް ބައެއްގެ ހިތްތައް އަތުލާފައެވެ. އޭނާއަށް މިހާރު އެކި ގޮތްގޮތުން ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރުމަށް ފުުރުސަތު ލިބެމުން އަންނައިރު، އޭނާ ވަރަށް އަވަހަށް ބޮލީވުޑް ފިލްމަކުން ފެނިދާނެކަމަށް ވެސް ވެއެވެ.

ޕްރިޔާއަކީ މިފަހަކުން މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި މީސްމީޑިޔާގެ ސަމާލުކަން ހޯދިއެއް ފަންނާނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުޅަނދު އުނި

    ލޮލް މިވެސް ޚަބަރެއްް ދޯ

  2. ހާމިދު

    ސާބަހޭ ތީ އެހާރީތި މީހެއް ނޫނޭ.

  3. ޑޮން

    ތިޔަ ވުރެ މާރީތި ކުދިން ތިބޭ އަހަރެމެން ރަށުގަވެސް

    • މަ

      ތީ ކޮން ރަށެއްގެ ކުއްޖެއް ތަ؟