ކުރިޔާ އަޅާ ބަލާއިރު، ދިވެހި މުޖުތަމައުގައި ބައިސްކަލުގެ ނިސްބަތް މިވަނީ މަދުވެފައެވެ. ސައިކަލާއި ކާރުތައް ބައިސްކަލުގެ ބާރު ފުރޮޅުގައި ބުރަކި ޖެހިއިރު، ބައިސްކަލު ދުއްވުމަކީ ދަށް ކަމެއް ކަމަށް މިއަދުގެ މުޖުތަމައު މިވަނީ ދެކެން ފަށާފައެވެ. މިއަދުގެ ދިވެހި މުޖުތަމައު ދެކޭ ގޮތުގައި ބައިސްކަލު މިއީ ހަމައެކަނި ބިދޭސީން ދުއްވަން ހުރި އެއްޗެކެވެ. އެހެންނަމަވެސް ބައިސްކަލުން ސިއްޙަތަށް ލިބޭ ފައިދާ އެނގޭނަމަ ތިގެން ގުޅޭ ސައިކަލުގަނޑު އެއްލާލާނެއެވެ.

ބައިސްކަލުން ލިބޭ ފައިދާތަށް

ބަރުދަން އެއްވަރެއްގައި ހިފެހެއްޓުން

އާދަޔާ ޚިލާފަށް ފަލަވުމުގެ މައްސަލައަކީ މިއަދު ދިވެހި މުޖުތަމައުގައި ވެސް ބޮޑު މައްސަލައެކެވެ. ކައިގެން ކާރުކޮޅާއި އޮފީހަށް ގޮސްލާފައި އައީމާ ވާނީސްވެސް އެހެންތާއެވެ. ބައިސްކަލުގެ ސަބަބުން ތިމާގެ ބަރުދަން އިތުރަށް ބަރުވިޔަ ނުދީ ހިފަހައްޓާލަދެއެވެ. އަދި ބައެއް ފަހަރު މީހާ ހިއްކާލަދޭ ކަމަކަށްވެސް ބައިސްކަލު ދުއްވުން ވެގެންދެއެވެ. ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އެއް ހަފްތާ ދުވަހު ކަސްރަތު ކުރުމުން ހަށިގަނޑުން އަންދާލަދޭ ކެލޮރީސްއަށްވުރެ އެއްގަޑިއިރު ބައިސްކަލު ދުއްވުމުން ހަށިގަނޑުން އަންދާލަދޭ ކެލޮރީސްގެ އަދަދު ގިނައެވެ.

ހިތުގެ ބަލިތަކުން ދުރުކޮށްދިނުން

ބައިސްކަލު ދުއްވުމަކީ ސުޓްރޯކް، ލޭ މައްޗަށް ދިއުން އަދި ހާޓް އެޓޭކްތަކުން ދުރުކޮށްދޭ ކަމެކެވެ. ކަސްރަތު ކުރުމުގެ ސަބަބުން ހިތުގެ މަސްގަނޑު ވަރުގަދަކޮށްދެއެވެ. އަދި މިކަން ހަށިގަނޑުގެ ގުނަވަންތަކަށް ލޭފޮނުވާ ދިނުމަށް އެހީތެރިވެދެއެވެ. އަދި ހަމަ އެހެންމެ، ލޭގެ ތެރޭގައި ހިމެނޭ ފެޓްސް އަންދާލަދީ ބައިސްކަލު ދުއްވުމުގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ.

ކެންސަރުން ދުރުވުން

ދިރާސާތަކުން ދައްކާގޮތުގައި ބައިސްކަލު ދުއްވާ މީހުން އުރަމަތީގެ ކެންސަރާއި ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑައެވެ.