އެމެރިކާ އަންހެނަކު، އޭނާގެ ކައިވެންޏަށް ތައްޔާރުވަމުންދިޔައިރު، ހަފްލާއާށް އަންނަން ބޭނުންވާ ފަރާތްތަކުން ފައިސާ ދޭން ޖެހެނެ ކަން އެންގުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެއްޖެއެވެ.

ކައިވެނީގެ ހަފްލާގައި އަތުން ބޮޑެތި ހަރަދުތައް ދާނެއެވެ. ކައުމަށާއި، ކައިވެނި ޕާޓީ ބާއްވާ ތަނެއް ތައްޔާރު ކުރުމުގެ އިތުރުން، މޭކަޕަށްވެސް އެތައް ހަރަދެއް ދެއެވެ. ނަމަވެސް އެ އަންހެން މީހާ މިގޮތަށް ކަންތައް ކުރުމުން ގިނަބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ،

އެކަން ރެޑިޓްގައި ހިއްސާ ކުރި އެ އަންހެން މީހާގެ އާއިލާ މީހަކު ބުނީ، އޭނާގެ އާއިލާ މީހަކު ކައިވެނި ކުރަން އޮތީ އާދީއްތަ ދުވަހު ކަމަށާއި، އެ މީހާ ބުނާގޮތުގައި، ހަފްލާއަށް ދާން ބޭނުންވާނަމަ 50 ޑޮލަރު ދޭން ޖެހޭ ކަމަށެވެ.

އަދި ފައިސާ ދައްކާ މީހުން އެކްސްކްލޫސިވް ގެސްޓް ލިސްޓުގައިވެސް ހިމެނޭނެ ކަމަށް ބުނެފައި ވެއެވެ.

"އޭގެ މާނައަކީ އެހެން ގެސްޓުން ފައިސާ ދައްކަން ކިއު ލައިންގައި ތިބޭއިރު، އެ ލައިނުގައި އޭނާ ހުންނަން ނުޖެހޭނެ ކަމަށް"

އެކަން ރެޑިޓްގައި ހިއްސާކުރި ފަރާތުން ބުނާގޮތުގައި، އޭނާ އެ ފައިސާ ދައްކަން ދެކޮޅު ހެދުމުން، އާއިލާ މީހުންނަށް ގުޅާ އެކަންތައްވެސް ބޮޑުކުރިއެވެ.

އިތުރަށް އޭނާ ބުނީ، އެ އަންހެން މީހާ ފައިސާ ހޯދަނީ، ކައިވެނީގެ ހަފްލާއަށް ކުރި ހަރަދު އަނބުރާ ހޯދުމަށް ކަމަށެވެ.

"އަހަރެން ބުނީ އަހަރެން ކައިވެނީގެ ހަފްލާއަށް ނުދާނެ ކަމަށް، އެއީ އެ ފައިސާގެ މައްސަަލައާ ހެދި، އެކަަމަކު ހެޔޮ ދުއާކޮށްދޭނެ ކަމަށް. އެކަމާއި އަހަރެންގެ އައިލާ މީހުން އަހަރެންނާއި ދިމާލަށް އެއްޗެހިވެސް ކި. އަދި އަހަރެންގެ މައިންބަފައިން އެއަށް ފައިސާ ދައްކަންވެސް އުޅުނު. އެކަމަކުވެސް އަހަރެން ނުދަން" އޭނާ ބުނެފައި ވެއެވެ.

ފަހަކަށް އައިސް ކައިވެނީގެ ހަފްލާތަކުގެ ކާޑުގައި ޕާރުސަލުގެ ބަދަލުގައި ސިޓީ އުރައެއް ގެނައުމަށް އިރުޝާދު ދީފައި ވެއެވެ. މިއީވެސް ފައިސާ ހޯދުމަށް ބޭނުން ކުރާ އުކުޅެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު