ދިވެހންގެ ތެރޭގައި އެންމެ މަޤްބޫލް އެއް ސީރީސްއަކީ އެކްތާ ކަޕޫރްގެ ކަސޯޓީ ޒިންދަގީކީ-2 އެވެ.

ސްޓާ ޕްލަސްއިން ގެނެސްދޭ މި ސީރީޒްގެ ފުރަތަމަ ސީރީޒްވެސް ވަނީ ދިވެހިންގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދާފައެވެ.

އެހެންނަމަވެސް ފުރަތަމަ ބަޔާއި އެއްވަރަށް މި ފަހަރު ކަސޯޓީ ޒިންދަގީކީއަށް ތަރުޚީބު ހޯދުން ފިލްމްގެ ޕްރޮޑިއުސަރ އެކްތާ ކަޕޫރަށް ވެފައި މިވަނީ އުނދަގޫ ކަމަކަށެވެ. އެހެންކަމުން ސީރީޒް ސަލާމަތްކުރުމަށްޓަކާ އޭނާ ދަނީ އެކި އުކުޅުތައް ބޭނުން ކުރަމުންނެވެ.

މިފަހަރު ކަސޯޓީއަށް އަންނަން މިއުޅޭ "ޓްވިސްޓުން" އަނެއްކާވެސް މިވަނީ މި ސީރީޒްއަށް ސަމާލުކަން ދަމައިގަނެފައެވެ.

ޝޯގެ ބަތަލާ ޕްރޭނާ އާއި ބަތަލް އަނޫރާގްއާއި ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވި ނަމަވެސް އެކަކު އަނެކަކާއި އެއްކޮށް ނޫޅެވި، އާއިލާއާއި އެހެނިހެން ސަބަބުތަކާއި ހުރެ ދެ މީހުން ތަހައްމަލް ކުރަންޖެހޭ ދަތި މި ސީރީޒްއުން ފެނިގެންދެއެވެ.

އަދި އެންމެ ފަހުން ސީރީޒްގައި ފެނިގެންދަނީ އަނޫރާގް ހަނދާން ނެތުމުގެ ސަބަބުން އޭނާ ޕްރޭނާ ދެކެވާ ލޯބި ދެނެނުގަނެވިގެން އުޅޭ މަންޒަރެވެ.

އަދި ފިލްމްގެ ނެގެޓިވް ރޯލް އަދާކުރާ ކޮމޮލިކާގެ ހީލަތްތެރި ރޭވުންތައް ދަނީ ފެންނަމުންނެވެ. މިފަހަރުގެ ޓްވިސްޓް މިއަންނަނީވެސް އޭނާގެ ނުބައި ރޭވުންތަކުގެ ތެރެއިންނެވެ. ކޮމޮލިކާވަނީ އޭނާގެ ބައިވެރިއަކު މެދުވެރިކޮށް ޕްރޭނާ މަރާލަން ނިންމާފައެވެ.

ޓީޒަރތަކުން ފެންނަ ގޮތުން ނަމަ އޭނާ ޕްރޭނާ މަރާލަން ނިންމަނީ ޓްރަކް އެކްސިޑެންޓަކުންނެވެ.

ޕްރޭނާގެ އެކްސިޑެންޓްގައި މަރުވެއްޖެއްނަމަ އެ ވެގެންދާނީ މުޅި ސީރީޒްއަށް ހީނުކުރާ ކަހަލަ ބޮޑު ބަދަލެއް އަންނާނެ ކަމަކަށެވެ.

އެހެންނަމަވެސް ޝޯގެ ބަތަލާ މަރާލާފައި ޝޯ ކުރިއަށް ގެންގޮސްދާނެތޯވެސް ސުވާލު އުފެދެއެވެ.

ފަހަރެއްގައި ކޮމޮލިކާގެ މިރޭވުމުގެ ފައިދާ އޭނާއަށް ކުރުމުގެ ބަދަލުގައި ހުރިހާކަމެއް ގޯސްވެސް ވެދާނެއެވެ.

އެއީ އަނޫރާގްގެ ހަނދާންތައް އައިސް އޭނާ އަސްލު ލޯބިވަނީ ޕްރޭނާ ދެކެކަން އިހުސާސްވުމުގެ ފުރުސަތު އޮތުމުންނެވެ.

ކޮންމެއަކަސް ކަސޯޓީގައި ކުރިއަށް އޮތީ ފޯރިގަދަ ދުވަސްކޮޅަކަށް ވާނެކަން ގައިމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަޖާޖްް

    ކޮމޮލިކާއެއް ނޫން ސޮނާލިކާ ހޫނ

    16
    4
  2. ޢިންސާފް

    ތި ދައްކަނީ އިންޑިޔާގެ ސީރީޒްގެ ވާހަކައޭ މަރުވިޔަސް އަބުރާ އަންނާނެ އޭއީ 100 ފަހަރައް ވިޔަސް ދެން ފެންނާނީ އޭނާ ހަދާން ނެތިވެފަ ހުންންތަން ނޫނީ އޭނާއި ވައްތަރު ޖަހާމީހެއް ނޫނީ އޭނަގެ ގެއްލިފަިވާ ޓުއިންސެއް

    32
    1
  3. ސަރަފީނާ

    ދިވެހި ޑްރާމަ / ފިލްމު ތަކުގެވެސް ވަނީ އެއްގޮތެކެވެ، މާލެ މީހެއް ރާއްޖެ ތެރެއަށް ގޮސް އަންހެނެއް ބަނޑުބޮޑު ކޮށްލާފަ ފިލާ ރައްކާވަނީ އެވެ.

    26
    1
  4. ..

    މަ ބެލާ އެއްޗެއް ނޫން ކަސޯޓީ އަކީ. ސްޓާ ޕްލަސް އަކުން މިހާރަކު ނާދޭ ރީތި ޑްރާމާ އެއް ހުވާ.. ކަސޯޓީ ކިޔަނީ ކަމަކު ނުން.

    9
    1
  5. ނިނޮ

    ވައި އެޗް އެމް އެންމެ ސަޅީ

    3
    1