އިކުއެޑޯ އަށް ނިސްބަތްވާ ފިރިހެނަކު ކައިވެނިން ބޭރު ގުޅުމެއް ހިންގާކަން ޓީވީ އިން ލައިވްކޮށް ގެނެސްދިން މެޗެއް ބަލަން އިން އޭނާގެ އަނބިމީހާ އަށް ފަޅާއަރައިފިއެވެ.

ބާސެލޯނާ ޑި ގުޔަކުއިލް އާއި ޑެލްފިން ކިޔާ ދެ ޓީމު ބައްދަލު ކުރި ފުޓްބޯޅަ މެޗު ބެލުމަށް ގިނަ ބަޔަކު ދަނޑަށް ހާޒިރުވެ ތިބިއިރު އެ މެޗު ބަލަން ގިނަ ބަޔަކު ގޭގައި ޓީވީ އަޅުވައިގެންވެސް ތިއްބެވެ. އޭގެ ތެރޭގައި ޑޭވީ އަންދްރާދް ނަމަކަށް ކިޔާ މި ފިރިހެން މީހާގެ އަންހެނުންވެސް ހިމެނެއެވެ.

ޑޭވީ އޭނާގެ ސިއްރު ލޯބިވެރިޔާ ގޮވައިގެން އެ މެޗު ބަލަން ގޮސް މެޗުގެ ތެރެއިން ލޯބިވެރިޔާ އަށް ބޮސް ދޭ މަންޒަރު ވަނީ ޓީވީ އިން ލައިވްކޮށް ދައްކާފައެވެ. އަދި އެ މަންޒަރު ދަނޑު ތެރޭގައި އިން ބޮޑު ޓީވީ އަށްވެސް ވަނީ އަޅުވާފައެވެ. ދަނޑު ތެރޭގައި އިން ޓީވީ އިން ޑޭވީގެ މަންޒަރު ދައްކާކަން އެނގުމުން ޑޭވީގެ މޫނުމަތިން ނުތަނަވަސްކަން ވަރަށް ބޮޑަށް ހާމަވާން ހުއްޓެވެ.

ޓީވީ އިން ޑޭވީ އޭނާގެ ލޯބިވެރިޔާ އާއި އެކު ދެއްކިކަން އެނގުމުން އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުރި

އެ ވީޑިއޯ މީސް މީޑިއާގައި ވަރަށް ހަލުވިކަމާއި ފެތުރެމުން އަންނައިރު 23 މިލިއަނަށް ވުރެން ގިނަ މީހުން ވީޑިއޯ ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ. މިކަމާއި ގުޅިގެން ޑޭވީ ހެދި ޙާއްސަ ފޭސްބުކް ޕޭޖެއްގައި ބުނެފައި ވަނީ މިއީ އަލަށް ވީ ކަމެއް ނޫން ކަމަށާއި، އެ ވީޑިއޯގައި އޭނާގެ ބަދަލުގައި އަންހެނެއް މަކަރު ހަދަން އިންނަމަ މީހުން މިވަރަށް އެކަން މައްސަލަ އަކަށް ނުހަދާނެ ކަމަށްވެސް ޑޭވީ ބުންޏެވެ.

"އަހަރެންގެ މަގާމުގައި ފިރިއަކަށް މަކަރު ހަދާ އަންހެނެއް އިންނަމަ ކަލޭމެން ކީއް ކުރާނީ؟ އަންހެނުން ބޭވަފާތެރިވާ އެތައް ވީޑިއޯ އެއް މީސް މީޑިއާގައި ދައުރުވޭ. އެކަމަކު މީހުންނަކަށް ނުކުރޭ އަންހެނުން ވީމަ މަށާ ދިމާލަށް އެއްޗެހި ކިޔާހެން ކިޔާކަށް. އަހަރެން އުއްމީދު ކުރަން ތިއިން އެކަކުވެސް އަހަރެން މިހާރު މި ހުރި މަގާމަށް ނާންނާނެ ކަމަށް. ވަރަށް އަންހެނުން ކޮމެންޓު ކުރޭ އެބަ އަހަންނަށް އެއްޗެހި ކިޔާފަ. އަހަންނަށް އެނގޭ އެއްޗެހި ކިޔާ މީހުންގެ ތެރޭގައި ފިރިހެނުންނަށް މަކަރު ހަދާ އަންހެނުންގެ އަދަދު އިންތިހާ އަށް ގިނަވާނެކަން. އެކަމަކުވެސް އެހެން މީހުންނާ ދިމާލަށް އެއްޗެހި ކިޔަންވޭ" ޑޭވީ އޭނާގެ އިހްސާސްތައް ބަންޑުން ކޮށްލަމުން ބުނެފައިވެއެވެ.

ޑޭވީ އިތުރަށް ބުނެފައިވާގޮތުން އޭނާ އާއި އަންހެނުންގެ ގުޅުން މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށާއި އޭނާ އާއި ދިމާލަށް މީހުން އެއްޗެހި ކިޔާވަރުން ސައިކޮލޮޖިކަލީ މީހާ ވަރަށް ސަކަރާތް ވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބްރޯ

    ދެން އެހެންވީރު ވަރިނުކޮށް އަންހެންމީހާ ރުޅިއަރުވަނީ ކޮންބޭނުމަކު އެއްޗާ!

    59
    7
    • އަހުމަދު

      ތިހެން ބުނާއިރު މަށާ ކަލެއާ ދެމީހުންގެ ހާލަކީ ކޮބާބާ؟

      18
      1
  2. އުމަރު

    ހައިރާނާ. ގޭގައި ހުރި އަންހެން ކުއްޖާ އައް ދޯކާދީފަ މުޅި ދުނިޔެ އައް ކަލޭގެ ބޭވަފާ ތެރިކަން ފަޅާ އެރީމަ ހޭވެރިކަން ތި އައީ. ކަލެ އައް ހަލާކު ހުރި

    27
    3