މީސްމީޑިއާގައި ފިޓް ފާޒިލްގެ ނަމުން މަޝްހޫރު، މޮޑެލް އަދި ފިޓްނެސް ޓްރެއިނާ ފާޒިލް އިސްމާއިލް އާއި މެދު އޭނާގެ ކުރީގެ ލޯބިވެރިޔާ، މަރިޔަމް އިޝްވާ އަލީ (އިޝޫ ވަހީދު) ގެވެށި އަނިޔާ އާއި އޮޅުވާލުމުގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

އިޝޫ މިފަދަ ތުހުމަތުތަކެއް ކޮށްފައި މިވަނީ އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް އާއްމު ކުރި ސްޓޭޓަސްއެއްގައެވެ.

އިޝޫވަނީ ފާޒިލްއަކީ އޭނާގެ ކުރީގެ ލޯބިވެރިންނަށްވެސް އަނިޔާކޮށްފައިވާ މީހެއްކަން އޭނާގެ ސަމާލުކަމަށް ގެނައުމަށް އޭނާގެ އެކުވެރިން މަސައްކަތްކޮށްފައިވާކަމަށާ، ނަމަވެސް ފާޒިލްއަކީ އެކަހަލަ މީހެއްކަމަށް އޭރު ޤަބޫލު ނުކުރާކަމަށް ބުނެފައެވެ. ނަމަވެސް ފަހުން އެކަން އަމިއްލައަށް ތަޖުރިބާ ކުރެވުނު ކަމަށް ބުނެފައި ވެއެވެ.

އޭނާ ވަނީ ފާޒިލް ރޭޕްއާއި އިހުމާލާއި މެދު ސްޓޭޓަސްތައް ލިޔުނުނަމަވެސް، ފާޒިލް އާއި ރައްޓެހިވެގެން އުޅުނު އިރު އޭނާ އަތްއިސްކުރާކަމަށް ބުނެފައެވެ.

މީގެ އިތުރުން ފާޒިލްއަކީ ވަރަށް ދޮގު ހަދާ، އޮޅުވާލާ މީހެއްކަމަށް އޭނާގެ ސްޓޭޓަސްގައި ތުހުމަތުކޮށްފައިވެއެވެ.

"ތިއީ ހިޕޮކްރައިޓްގެ މިސާލެއް. މާ ލަސްނުވަނީސް އަހަރެން ސަލާމަތްވިކަން އެއީ އަހަރެންގެ ނަސީބު. އަހަރެން އަދިވެސް ހަނދާން ހުރޭ އަހަރެންގެ ކުރިން ފާޒިލް ރައްޓެހިވެގެން އުޅުނު ކުއްޖާ އާއި ބައްދަލުކުރަން ފާޒިލް އެދުނު ވާހަކަ އަހަރެން ކައިރީ ބުނަން އޭނަ ގުޅިރޭ. އަހަރެން އެ ރޭ ފާޒިލް އަށް ގުޅީމަ ބުނީ ގެއަކު ނޫނޭ މިހުރީ. އެކަމަކު އަހަރެން އެ ތަނަށް ދިޔައީމަ އަހަންނަށް އެނގިއްޖެ ފާޒިލް ގޭގައި އެބަ އުޅޭކަން. އަހަރެން ހަނދާން އެބަހުރި އެތައް ފަހަރަކު އަހަރެން ޓަކި ޖެހިން. އެއީ އެ ކުއްޖާ އާއި އެއްކޮށް ފާޒިލް ހުރިކަން ޔަޤީންވާތީ." ސްޓޭޓަސްގައި ބުނެފައި ވެއެވެ.

އިޝޫގެ ޕޯސްޓްގައި އޭނާ ވަނީ ފާޒިލް އޭނާއާއި ރައްޓެހިވެގެން ހުރެ ކުރީގެ ލޯބިވެރިޔަކާއި ބައްދަލުކުރުމުން ލިބުނު ހިތްދަތިކަމުގެ ވާހަކަ ކިޔާދީފައެވެ.

އަދި އެ ކުއްޖާ ފާޒިލްގެ ގޭގައި ހުރިކަން އޭނާ އަށް އެނގޭކަން އިހުސާސްކުރެވުމުން، ފާޒިލް އޭނާ އާއި އިޝޫއާއި ދިމާ ނުވާނެ ގޮތަކަށް، ސއްިރުން ގެއިން ނެރޭނެ ގޮތެއް ހޯދަން މަސައްކަތް ކުރި ކަމަށް ބުނެފައިވެއެވެ.

އެ ލިޔުމުގައި އިތުރަށް ބުނެފައި ވަނީ އިޝޫގެ ކުރިން ރައްޓެހިވި ކުއްޖާ އެގެއިން ފޮނުވާލުމަށް ފަހު، ގެއަށް ގޮސް އަނެއްކާވެސް ފާޒިލް އިޝޫއަށް ގުޅާފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ އަންހެން ކުއްޖާ އެގެއަށް ދިޔަކަން އިޝޫއަށް ފަޅާއެރުމުން، އެ ކުއްޖާ އާއި ބައްދަލު ކުރި ކަމަށް ފާޒިލް އިއުތިރާފްވި ކަމަށާ، އޭނާ އެ އަންހެން ކުއްޖާއާއި ބައްދަލު ކުރީ އިޝޫއާއި ދެ މީހުންގެ މައްސަލަތަކާއި މެދު ވާހަކަދައްކަން ބޭނުންވާތީ ކަމަށް ފާޒިލް ބުނިކަމަށް އެ ސްޓޭޓަސްގައި ވެއެވެ.

އޭނާ އެކަން ކުރީ ރަނގަޅު ނިޔަތުގައިކަން ޤަބޫލުކުރާނީ ކިހިނެއްތޯ އިޝޫގެ ސްޓޭޓަސްގައި ސުވާލު އުފައްދާފައިވެއެވެ.

"އެ އަންހެން ކުއްޖާ އާއި ބައްދަލު ކުރަން އެދިފައި، އެކަމާއި މެދު އެއްވެސް ލަދެއް ނުވަތަ ދެރައެއް ވާކަން ފާޒިލް ފަރާތަކުން ނުފެނޭ. ފާޒިލް ހުރީ ފާޑަކަށް ހިނި އައިސްފައި. އޭނަ ފާޒިލް އާއި ވާހަކަ ދެއްކުން ކުރިއަށް ގެންދިޔައީ އަހަރެން ބުނެގެން. އެއީ އަހަރެންގެ ފަހަތުގައި ފާޒިލް އަހަންނޭ ކިޔައިގެން ދައްކާނެ ވާހަކަ އެނގެން ބޭނުންވީމަ. ފާޒިލް ވަނީ އަހަރެން ނުކުރާ އެތައް ކަމެއްގެ ވާހަކަ ދޮގު ހަދައިގެން ދައްކާފައި. ތެދަށް ބުނަންޏާ، އެ ރިކޯޑިން އަޑު އެހީމަ އަހަރެންނަށް ހީވޭ އެއީ ހަމްދަރުދީ ހޯދަން ކުރި ކަމެކޭވެސް. އަހަރެން ފާޒިލް އާއި ވަކިވާން ބުނީމަވެސް ބުނީ "އޯކޭ" އޭ. ހީވީ އަހަރެން ވަކި ނުވެގެން އުުޅުނުހެން. އެހުރިހާކަމަކަށް ފަހު ވެސް ފާޒިލް މަށަށް ވުރެ ކުރިން ރައްޓެހިވި ކުއްޖާ ކައިރީ ބުނީ އެރޭ ފަހުން އަދި ގުޅާނަމޭ." އިޝޫ ލިޔެފައި ވެއެވެ.

އިޝޫ ވަނީ އޭނާ ފާޒިލްގެ ކިބައިން ސަލާމަތްވީ ފާޒިލް އޭނާއަށް ވުރެ ކުރިން ރައްޓެހިވެގެން އުޅުނު ކުއްޖާގެ ސަބަބުން ކަމަށާ އެކަމަށްޓަކާ އަބަދުވެސް އެ އަންހެން ކުއްޖާއަށް ޝުކުރުވެރިވާނެ ކަމަށް ބުނެފައެވެ.

އެހެން ނޫންނަމަ ފާޒިލް އޭނާ އަށް އޮޅުވާލާއިގެން އެތައް ދުވަހަކު ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

އެ ސްޓޭޓަސްގައި އިތުރަށް ބުނެފައިވަނީ އޭނާ އާއި ރައްޓެހިވެގެން ހުރެ ފާޒިލް އޭނާގެ ކުރީގެ ލޯބިވެރިޔާ އާއި އެއްކޮށް ތަންތަނަށް ގޮސް އުޅެނިކޮށް އޭނާގެ ރައްޓެހިންނަށް ފެނިގެން އެ ވާހަކަ އިޝޫ ކައިރީގައި ބުނެފައިވާ ކަމަށާ، އެކަމުގެ ހެކިވެސް އެބަ ހުރި ކަމަށެވެ.

ފާޒިލް އަކީ މީސް މީޑިއާގައި އިޖުތިމާއީ މައްސަލަތަކަށް ހޭލުންތެރިކުރުމަށް މަސައްކަތް ކުރާ ފަރާތެކެވެ. އަދި ފިޓްނެސް ދާއިރާގެ އެންމެ މަޤްބޫލް އެއް މޫނެވެ.

ފާޒިލް އާއި އިޝޫގެ ލޯބީގެ ވާހަކަ އަކީ ވެސް ވަރަށް މަޝްހޫރު ވާހަކައެކެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޙަ ް

    ކޮބާ ފާޒިލްގެ ވާހަ ކަ

    45
    8
  2. Anonymous

    ތިޔޮތީ ބޮޑު އިޝޫ އަކަށް ތިކަން ވެފަ އެއްނު މިހާރު

    101
    5
    • ާއައި އާރު އެސް

      ތިކުއްޖާ ތޮހަދަނީ ކަޑައެޅިގެން ދޮގެއްކަން ސާބިވޭ ފާއިލް އަކީ އަކީ ވަރަށް ރަގަނޑު ކުއްޖެ މައުލޫމާތު ލިބޭ ގޮތުގައި މި އަންހެން ކުއްޖާ ފާޒިލް އާ ރައްޓެހިބެގެން އިޅެފަ އެހެން ފިރިހެނަކާ ރައްޓެހިވެގެން ފަޅާއެރީމަ ދެން ފާޒިލްގެ އަބުރު ކަތިލަނީ، ފާޒިލް ލަސްނުކޮށް ކަމާބެހޭފަރާތަށް މައްސަލަ ހުށައަޅާ މިކުއްޖާއަށް ހައްގުވާ އަދަބުދީ

      5
      13
  3. ރީޝް

    ތި ފާޒިލް ނުވާނެ ރަނގަޅެއް...އޭނާ ކައިރިން ސަލާމަތް ވުން ތީ ނަސީބް.......

    62
    7
  4. ޗީޗީ

    ތިކަނބުލޭގެ ވާހަކަ ވަރަށް ބޮޑަށް ގަބޫލު ކުރެވޭ.

    60
    7
  5. ޖަވާދު

    މި ކަމުން ގައުމުގަ ހަމަނުގެހުން ހިގުން ގާއި، ވީމާ ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރު ކުރަން މި މައްސަލަ ވަރައް ސީރިޔަަސްކޮށް ތަހުގީގުކޮށް ގާނުނުލް އުގޫބާތާއި ގާނޫނުތައް މެގުވެރިކޮށް މިހަން ބަލަން ގޮވާލަން. އަދި މިދެލޯބިވެރިންގެ ގުޅުން އިޔާދަ ކުރަނިވި ހަކަތައިގެ އެހީގަ އިޔާދަ ކުރެވޭނެ ގޮތެއް ވުމަކީ ވަރައް ބޮޑަށް ރައްޔިތުމީހާ އެދޭކަމެ ކަމުގައިވެސް ދަންނަވަން.

    57
    5
  6. Anonymous

    މި އީ ބޭކާރު ވާހަކައެއް. ފުރަތަމަ ދީނުގަ ހިތާވެގެން އުޅޭކަށް ނޯވޭ. ތީ ކި އިދެގެން އުޅުުނު ބައެއްނޫން. ލަދު ގަންނަަން ޖެހޭނެ ތިހާ އޯޕަން ކޮށް ހިލޭފިރިހެނަކާ އެއްކޮށް އުޅުނު އިރުގެ ވާހަކަ ތަކެއް ޕަބްލިކާ ހިއްސާކުރަން. ހަމަ ކުއްލިއަކަށް މީހެއްގެ އަގުވައްޓާލަން ރޭޕް ކަހަލަ ބޮޑު މައްސަލައަކާ ގުޅުވައިގެން ތިކަހަލަ ޕާސަނަލް ވާހަކަ ތަކެއް ދައްކަން.

    140
    15
  7. ރިޝާ

    މި އީ ބޭކާރު ވާހަކައެއް. ފުރަތަމަ ދީނުގަ ހިތާވެގެން އުޅޭކަށް ނޯވޭ. ތީ ކި އިދެގެން އުޅުުނު ބައެއްނޫން. ލަދު ގަންނަަން ޖެހޭނެ ތިހާ އޯޕަން ކޮށް ހިލޭފިރިހެނަކާ އެއްކޮށް އުޅުނު އިރުގެ ވާހަކަ ތަކެއް ޕަބްލިކާ ހިއްސާކުރަން. ހަމަ ކުއްލިއަކަށް މީހެއްގެ އަގުވައްޓާލަން ރޭޕް ކަހަލަ ބޮޑު މައްސަލައަކާ ގުޅުވައިގެން ތިކަހަލަ ޕާސަނަލް ވާހަކަ ތަކެއް ދައްކަން.

    70
    6
    • ޚޖ

      ދީނުގަ އޮންނަ ގޮތެއް ނޫނޭބުނެ މިކަންކަން ކަލޭމެން ކަހަލަ މީހުން ނިންމާލާތީ މައްސަލައަކީ.. ކަލޭ އުޅެނީ ދީނަށްބާ؟ އަނީޔާވެރި ވުމެއް ނޯންނާނެ ދީނުގަ.. ދޮގާއި މަކަރު ހެދުމެއް ނޯންނާނެ ދީނުގައި.. ތިމާގެ އަހާއަށް އަނިޔާވެރިވެގެން އެވާހަކަ ކިޔާދިނީމައި ބޭކާރު ވާހަކައެކޭ ބުނެ ނިންމާލުން އެއީ އިހުމާލުވުން.. އަހަރުމެންގެ މުޖުތަމައު ހަލާކުވަނީ ތިކަހަލަ ބޭކާރު ބޮލުން ބޮޑުކުރެވޭތީ..

      26
      63
      • ޒޯނުންޒޯން

        ބަލަ ބޭފުޅާ ދީނުގައި އޮވޭތަ ހިލޭ އަންހެނަކާއި ފިރިހެނެއް އެކަހެރިވެގެން އުޅެން ނުވަތަ ހިތާވެގެންވެސް އުޅެން! އެއީ އެންނު މައްސަލައަކީ. އާރ ޔޫ ނަޓްސް އޯރ ކާންޓް ޔޫ ސީ ވަޓް ދަ ޕްރޮބްލަމް އިޒް ހިޔާރ؟؟

        18
        5
  8. އެނޮނިމަސް

    މި އާރޓިކަލް އިން ބޮޑަށް ފާހަގަ ކުރެވުނީ އިޝޫ ޒާތީ ހަސަދައެއް ފިލުވާފަ ހުރިހެން. ކޮންމެއަކަސް ފާޒިލްގެ މަކަރުވެރިކަން ހާމަވޭ. އިޝޫ އށް ފާޒިލްގެ ފަރާތުން ގެވެށި އަނިޔާއާ ކުރިމަތިވިނަމަ، އެވާހަކަ ކަމާބެހޭ ފަރާތްތަކަށް ނާންގާ ސޯޝަލް މީޑިއާގަ ހިއްސާ ކުރުމަކީ ހައްލެއް ކަމަކަށް އަޅުގަނޑު ނުދެކެން. މީގެ ފަހުންވެސް އިޝޫ އަށް ގެވެޝި އަނިޔާ ކުރިމަތި ވެއްގެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތް ތަކަށް އެންގުމަށް އިލްތިމާސް ކުރަން.

    86
    6
    • ޚކ

      ކަމާ ބެހޭ ފަރާތްތަކަކީ ކޮބާ؟ އެންގީމަ ވަކި ކޮން ކަމެއް ވާނީ؟ މި ވީހާ ތަނަށް ކޮން ކަމެއް ވެފަ އޮތީ؟؟

      42
      9
  9. ޖަކުބާރ

    މިހާރު ދެން އަންހެން ކާޑު ކުޅޭ އަންހެންކުދިންގެ މޫސުން ލައިގަތީ. ގަމާރުކަމުން އުޅޭގޮތްތީ

    51
    7
  10. އަހަން މަބުނަން

    އިސްލާމްދީނަކު ނޯވޭ ބިޓު ކުޅިވަރު ކުޅެން އަންގަވާފައެއް. އެ ހެޔޮ އިޝޫ އަކަސް ފާޒިލަކަސް

    89
    4
    • ޓްރޫ

      އ އާން އެކަމު މިހާރުގެ ބައެއް ދިވެހިކުދިންނަކަށް ނުވޭ އެއްނު ތިކަން އިޝޫއަކަށް ގާތްގަނޑަކަށް 100% ން 88% އުޅެނީ ތިގޮތަށް އެފްބީ އިންސްޓަގްރާމް ތަންތަނަށް ބަލާލީމަވެސް އިނގޭނެ. އެކަމު އަނެއްބައި ކުދިންއުޅޭ ރަނގަޅަށްވެސް

      25
      1
  11. މަރީ

    ފާޒިލް ހަމަ އެކަނި އަނިޔާ ކުރީ ތި މަންޖެ އަކައް ނޫން

    32
    7
  12. އެފްބީި

    ކަލޭމެން މެދު ޖެހޭ މައްސަލަތައް 4 ފާރު އެތެރޭން ހައްލުކޮށް ނިންމާލަންވީނުން ކަމެއް ވާއިރަށް އެފްބީ ސްޓޭޓަސްގަ އަމިއްލަ މީހާ އިޝްތިހާރު ނުކުރެވިގެން

    36
    1
  13. ޙަސަން ބެއްޔާ

    ގއ.ކަނޑުހުޅަދޫ ކުއްޖަކު ނެތްތަ؟؟؟ ކަނޑުހުޅަދޫ!!!

    14
    3
  14. ބަބޫ

    މަށަށް ހީވަނީ އެސޮރު ހިންހަމަޖެހިގެން އުޅެވޭތީ މިމަންޖެ އޭނަގެ އަގުވައްޓާލަން ކުރާކަމެއްހެން. އަންހެނުންގެ ބައްތަރު މީ

    21
    32
    • ނޯސޭ

      އަސްލު މިޒަމާ ނަކު ނޭނގޭނެ ތިހެން ގެރެންޓީ ކޮށް ބުނާކަށް،... ތިތާ ތެދު ހަދަނީ ކާކު ކަން އިންގޭނީ ހަމަ ހެއްދެވި ފަރާތަށް

      11
  15. އަންފިޓް

    ތިމާވަރުގެ މީހެއް ނެތިގެން އެންމެ އިސްތިހާރުވެގެން އުޅޭ ކޮންމެ މީހެއްގެ ފަތިފުއް ބަލާލީމާ އޮންނަނީ މިހެން.

    23
    1
  16. މުޙައްމަދު މުދުހިޝް Mudhish

    ތާހިރު ކަމެއް ކުރެވިގެން ތިއުޅެނީ. އިޝްތިހާރުކުރޭ.

    36
    2
  17. ފޫހި

    ބޮޑަށް ވައްތަރީ މަޝްހޫރުވަން ޖައްސާ ވައްތަރަކަށް.

    16
    3
  18. ?

    ގައިމް ކުރިން އޮތް ހަބަރުގެ ލިޔެ ދަމާފަ.. ތީ ވަރަށް ލޯބިން އުޅުނު ދެކުދިއްނޯ.. ތިހެން ވާނީ މީހުނައް އިސްތިހާރު ވައްޔާ...

    16
  19. ހައްމާދުބިންޔާނު

    ތި އަންހެން ގޮލާ މޮޔަވެފަތިހުރީ. އަދިވެސް ތިއުޅެނީ ސަލާމަތް ނުވެގެން.

    8
    1
  20. މަކިނބޫ އެޓް ދުބާއީ

    މަ ގޮތަށް އުޅެން ދަސް ކޮށްބަލަ އެއިރުން ގައިމުވެސް ތިޔަކަހަލަ ކަންކަމާ ކައިރި އެއް ނުވެވޭނެ

  21. ޖ

    މީދެން ޙަބަރުތަ؟ ބޯހަލާކު.

  22. ޕަރސަން

    ތީކީ އާވާހަކައެއް ނޫން. ފާޒިލް އަކީ ރައްޓެހިވެެގެން އުޅޭ ކުދިންނަށް ހަމަ އަނިޔާކުރާ މީހެއް، މީޑިއާއިން މަށަކަށް ނޭނގެ ކީއްކުރަންކަމެއް މާ ފާޒިލް ޕްރޮމޯޓްކުރަނީކީ.

    11
    2
  23. ލޮލް

    ފާޒިލް އެއީ ކަބީރު ސިންހް އޯ