ދިވެހި ފިލްމީތަރިންގެ ތެރެއިން އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ބަތަލް އަލީ ސީޒަންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްފައިވާކަމަށް ސީޒަން ބުނެފިއެވެ. ސީޒަން މިވަގުހުރީ އޭނާ މިހާރު ކުޅެމުންދާ ފިލްމް "ކަޅަކި"ގެ ޝޫޓިންގައި ލަންކާގައެވެ.

ސީޒަން ބުނާ ގޮތުން ފުރަތަމަ ހެކް ކުރީ އޭނާގެ ފޭސްބްކް އެކައުންޓެވެ. އޭގެ ފަހުން އޭނާގެ ދެ ފިލްމު ކަމަށްވާ "އަހްޝަމް" އަދި "އަނދިރިކަން" މި ދެފިލްމުގެ ފޭސްބްކް ޕޭޖް ވެސް ވަނީ ހެކް ކޮށްފަ އެވެ. މީގެ އިތުރުން އިންސްޓަގްރާމް އެކައުންޓް ވެސް މިހާރު ހެކްކޮށްފަވާކަމަށް ސީޒަން ބުނެޏެވެ. އެހެން ކަމުން މިވަގުތު ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް އޭނާ ބޭނުން ކުރަމުން ނުދާ ކަމަށް ސީޒަން ބުނެއެވެ.

އަދި ސޯޝަލް މީޑިއާގައި އޭނާއާއި ވާހަކަ ދައްކާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އޭނަވަނީ އެދިފައެވެ. އޭނާގެ އެކައުންޓްތަކުން ވާހަކަ ދެއްކި ނަމަވެސް އެ ވާހަކަތަކަށް ޖަވާބު ނުދިނުމަށް އޭނާ އެދެ އެވެ.

ސީޒަންއަށް ސޯޝަލް މީޑިއާގައި ހާއްސަ ސަމާލުކަމެއް ލިބިފައިވާތާ މިހާރު ދެމަހެއްހާ ދުވަސް ވެއްޖެއެވެ.