ރާއްޖޭގައިވެސް ތަފާތު އީޖާދުތައް ކުރަމުން އަންނަ މީހުން މަދެއް ނޫނެވެ. ހައިރާންވާހާ މޮޅު ދިވެހިން މި ރާއްޖޭގައިވެސް އުޅެއެވެ. އެކި މީހުން އެކި ދާއިރާތަކުގައި ކުރިއަރައި ގޮސްފައިވާއިރު، އެ މީހެއްގެ އަމިއްލަ ހުރި ހުނަރާއިގެން ނިކުންނަ މީހަކު ވެގެން ދަނީ މުޅި ރާއްޖެވެސް އެ މީހަކަށްޓަކައި ފަހުރުވެރިވާފަދަ މީހަކަށްކަން ގައިމެވެ.

މިއީވެސް އެފަދަ ހުނަރުވެެރިއެއްގެ ވާހަކައެވެ. އޭނާގެ މަސައްކަތް ދިވެހިން ބަލައިގަނެފިއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ޑްރޯންއެއް ހަދައި، މިއީ ދިވެހިންނަށްވެސް ވާނޭ ކަމެއްކަން ސާބިތުކޮށްދީފިއެވެ. މިކަން ސާބިތުކޮށްދީފައި ވަނީ ދ. ކުޑަހުވަދޫ އިސްމާއިލް ޝަރީފެވެ.

މެއިން ކުރެހުން ސްކޭލަށް ޕްރިންޓްކޮށްފައި

އިސްމާއިލް އެ ޑްރޯން ހަދަން ހިޔާލު އައި ގޮތް "ވަގުތު" އާއި ޙިއްސާކުރަމުން ބުނީ، އޭނާއަކީ ކުޑައިރުން ފެށިގެން ވަރަށް ބޮޑަށް ރިމޯޓް ކޮންޓްރޯލް ކުޅޭ އެއްޗެހީ ކަންތަކުގައި އުޅެ މީހެއް ކަމަށެވެ. އެގޮތަށް އުޅެނިކޮށް، ޑްރޯން އެއްޗެހި އުދުހޭތަން ފެނިފައިި، އެފަދަ އެއްޗެއް އަމިއްލައަށް އުފައްދަން އޭނާ ބޭނުންވީއެވެ. އެއީ އޭނާއަކީ އަބަދުވެސް އަމިއްލަ ހިޔާލު ބޭނުންކޮށްގެން، ތަފާތު އެއްޗެހި ހަދައި އުޅޭ މީހަކަށްވެފައި އެފަދަ އެއްޗެއް ކާމިޔާބުކަމާއި އެކު ތައްޔާރުކުރުމުގައި އަމިއްލަ ނަފްސަށް އިތުބާރު ކުރެވޭތީއެވެ.

އިސްމާއިލް ޑްރޯންއެއް ހެދުމުގެ ދަތުރު ފެށީ މިދިޔަ އަހަރު މެދު ތެރޭގައެވެ. އެގޮތުން މީގެ ހަތް ވަރަކަށް މަސް ކުރިން އިސްމާއިލް އޭނާގެ މި މަސައްކަތް ފެށިއެވެ.

"މިހާރު އެ ޕްރޮޖެކްޓް ނިންމިތާ ވެދާނެ ހަތަރު ވަރަަކަށް މަސް. އެއީ މިދިޔަ އަހަރު ފަހުކޮޅު އަޅުގަނޑު މި ޑްރޯން އެއްކޮށް ކޮމްޕްލީޓް ކުރީ. އަދި މުޅި ޕްރޮޖެކްޓަށް އެއްކޮށް ދިޔަ ތިން މަސް ވަރު އެއީ ޑިޒައިން އިން ފެށިގެން، އެއަށް ބޭނުންވާ އެއްޗެއްސާއި، ދެން ލޭޒާ ކަޓިންގ އާއި، އެލްމެނިއަމް ފަތި ކުދި ކުރުމުގައި އާއި ދެން ތޮރުފުމާއި، ބޭނުންވާ އެއްޗެހި އެއް ކުރުމާއި، އެހުރިހާ ކަމަކަށް ތިން މަސް ވަރު ދިޔަ،" އިސްމާއިލް ބުންޏެވެ.

މެއިންފްރޭމް ލޭޒަރްކަޓްކޮށް ނިންމާފައި

އިސްމާއިލް ބުނީ، އެ ޑްރޯން ހެދުމަށް ބޭނުންކޮށްފައި ހުންނާނީ، ޕްލާސްޓިކް ޝީޓާއި، އެލްމެނިއަމް ފަތި ފަދަ ލުއި އަދި ފަސޭހައިން ލިބޭ ތަކެއްޗެވެ. އިސްމާއިލް ބުނީ، ޑްރޯން ތައްޔާރުކުރުމަށް ރާއްޖެއިން ބޭރުންވެސް ބައެއް ތަކެތި ގެނެސްގެން ބޭނުންކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި، މޮޓޯ ޑްރައިވް މޮޑެލްތަކާއި، މޯޓަރުތަކާއި، މެއިން ކޮންޓްރޯލާސްތަކާއި، ރިމޯޓް ފަދަ ތަކެތި ހިމެނޭކަމަށް އޭނާ ބުންޏެވެ.

ޑްރޯން ހަދަމުން ދަނިކޮށް

"އެކަހަލަ ބައިވަރު އެއްޗެހިތަކެއް ބޭނުންކޮށްގެން އަމިއްލަ ގޮަތަކަށް އަޅުގަނޑު މީތި ހަދާފައި އިންނާނީ،" އިސްމާއިލް ބުންޏެވެ.

މިވަގުތު ޅ. ކުރެންދޫގައި ހުރި އިސްމާއިލް ބުނިގޮތުގައި، އޭނާ މި ޑްރޯން ހެދީ މާލޭގައި ހުރެގެންނެވެ. އަދި މިދިޔަ ނޮވެމްބަރު މަސް ތެރޭގައި އެ ޑްރޯން އުދުއްސަން ފެށިއެވެ. އެންމެ ފުރަތަމަ އެކަން ކުރީ ރަސްފަންނުގައެވެ.

"އެ ރަސްފަންނުގައި އަޅުގަނޑު އޭތީގެ ފަސްޓް ފްލައި ކުރީ. ފުރަތަަމަ ޓެސްޓް ފްލައިގައި އަޅުގަނޑަށް ލިބުނު 18 ވަރަށް މިނިޓް ފްލައިޓް ޓައިމް. ދެން ވަރަށް ސްޓޭބަލްކޮށް ފުރަތަަމަ ފްލައި ދިޔަައީ. އެކަމަކު އެއަށްވުރެ ރަނގަޅުކޮށްގެން ދެން ހަމަ އޭގެ އަނެއް ދުވަހު އައިޖީއެމްއެޗް ކައިރިން މީތި އުދުއްސާލާފައި ކެމެރާ ހަރުކޮށްގެން އަޅުގަނޑު ހުންނާނެ ފޮޓޯ ކޮޅެއްވެސް ނަގާފައި،" އިސްމާއިލް ބުންޏެވެ.

އިސްމާއިލް ގަބޫލުކުރާގޮތުގައި، މިފަދަ އެއްޗެެއް ހެދުމުގެ "ނޮލެޖް" ހުރެއްޖެކަމުގައި ވަނީނަމަ މިއީ ކުރެވިދާނެ ކަމެކެވެ. އަދި މިއީ ވަރަށް ބޮޑު ސާވޭއެއް ކޮށްގެން މައުލޫމާތުތަކެއް ހޯދައިގެން ކުރެވޭ ވަރުގެ ކަމެއް ކަމަށް އިސްމާއިލް ބުންޏެވެ.

ޓެސްޓް ފްލައިޓް ފޮޓޯ

ޑްރޯންއެއްގެ އަގަކީ ގާތްގަނޑަކަށް 15000 ވަރަަކަށް ހާސް ރުފިޔާއެވެ. އިސްމާއިލް ބުނީ، މި ޑްރޯން ހެދުމަށް އޭނާގެ އަތުން ގާތްގަނޑަކަށް ހަރަދުވެފައި ވަނީ 3000 އާއި 5000 އާއި ދެމެދުގެ އަދަދަކަށް ފައިސާ ކަމަށެވެ.

"އަޅުގަނޑު އަސްލު ބޮޑަށް މިކަން ކުރަން ނިންމީ ލިބެން ހުރި ޑްރޯންތައް ތަންކޮޅެއް އަގު މަތިކޮށް އުޅޭތީ، މިސާލަކަށް ޑީޖޭއައި ޑްރޯންއެއްވެސް މި އުޅެނީ އެންމެ ކުޑަކޮށް 15000 އާއި 10000 ރުފިޔާއާ ދެމެދުގެ އަގެއްގައި. އެހެންވެ އަގުހެޔޮކޮށް އެއްޗެއް ހަދާލަންވެގެން އައި ހިޔާލެއް މިއީ. ހަމަ އެ ކޮލެޓީގެ ފްލައި ލިބި ދެން ފްލައިޓް ޓައިމްވެސް ލިބި،" އިސްމާއިލް ބުންޏެވެ.

ޓެސްޓް ފްލައިޓް ފޮޓޯ އިތުރު އަޕްގްރޭޑަކަށްފަހު ކުރެންދޫގައި

އިސްމާއިލް ބުނީ، އޭނާ ހެދި މި ޑްރޯންގެ ފްލައިޓް ރޭންޖް 1.5 އާއި 2 ކިލޯމީޓަރަށް ދާނެ ކަމަށެވެ. އަދި އެދޭތެރޭގައި ލައިވްފީޑް އަދި ވީޑިޔޯ ލިބޭނެކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، އޭނާ ލައިވްފީޑް ނެގުމަށް ބޭނުންކުރަނީ ފޯނު ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި، މިއީ ދިވެއްސަކު އޭނާގެ އަމިއްލަ ހިޔާލާއި، އޭނާގެ އަމިއްލަ ހުނަރު ބޭނުންކޮށްގެން ހެދި ފުރަތަމަ ޑްރޯންއެވެ. ފަހަކަށް އައިސް އެކި ކަންކަމަށް ދިވެހިން ޑްރޯން ބޭނުންކުރާއިރު، އެއީ ދިވެހިންގެ މަސައްކަތް ފެނިގެން ގޮސްފައިވާ ޑްރޯންތަކެއް ނޫނެވެ.

އިސްމާއިލް ބުނީ، އޭނާ މިކަން ކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބިގެންދިޔައީ އޭނާގެ އަނބިމީހާގެ ފަރާތުން ކަމަށެވެ. އަދި އެކުގައި އުޅުނު ހަތަރު ރަހުމަތްތެރިއެއްގެ ނަންވެސް އޭނާ ވަނީ ޝުކުރުގެ ލިސްޓުގައި ފާހަގަކޮށްފައެވެ. "އެއީ ބާސިތް، ޒީ، ޝާހިދް އަދި ޝާން" ކަމަށް އިސްމާއިލް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ވާނުވާ

    ފުރަތަމަ ފަހަރެއް ނޫން ކިތަންމެ ބަޔަކު ކޮއްފަ ބާ ވެފަ ހުރިކަމެއް ތީ

    2
    3
    • ނޭޝަން ފަސްޓް

      ދެން އެކަމާއި ޖޭނުވެބަ.. ފުރަތަމަ ފަހަރަށް ނުވި ނަމަވެސް އެވަރުގެ ކަމެއް އެހާ މަސައްކަތުން ވަގުތު ހޭދަކޮށްގެން ދިވެއްސަކު ކުރީތީ އުފާކޮށް ތަޢުރީފްކޮށްބަ

      17
      2
  2. ގިފިލި

    ތަންތަނުން މަދަބޯރޑްް ގެނެސްގެން ހަދާ އެއްޗެހި ގަބޫލެއް ނުކުރަން

    8
    5
  3. މަ

    ފުރަތަމައެއް ނޫން. ދަންނަ އެހެން މީހުންވެސް ޑްރޯން އާއި އެހެން އެއްޗެހި އަމިއްލައަށް ހަދާފަ އެބަހުރި

  4. ކިޔު5

    އިސްމާއީލުގެ މަސައްކަތަށް ހިއްވަރާއި ސާބަސްދެން! ކޮންމެވެސް ވިޔަފާރިވެރިއަކު އިސްމާއީލް ސްޕޮންސަރ ކޮށްގެން ތިޔަމަސައްކަތް ކުރިއަށް ގެންދަންވީނުން.

  5. ޑްރޯން

    ދެން ނިކަން ހެލިކޮޕްޓަރެއް ހަދާފަ އިންޑިޔާއިން ދީފައޮތް ބާ ހެލިކޮޕްޓަރު ފޮނުވާލެވޭވަރުގެ އެއްޗެއް އުފައްދަންވީ..

    5
    2
  6. ގުޑް ސްޕިރިޓް

    ވަރަށް ސަޅި...

  7. އާރް. ސީ

    ލިޔުންތެޔާ ފޭސްބުކްގައި އާރް.ސީ މޯލްޑިވްސް ބަލާލުމަށް އެދެން

  8. އަހްމަދު (ތުއްތު)

    ވަރަށް ސަޅި! ދެން ކުރަންވީ ކަމަކީ އަމިއލައަށް މަދަބޯޑް ޑިޒައިންކޮށް، އަމިއްލަ ވަންތަކަން ގެންނަންވީ. ތީ ހަމަ ފެށުމަެއްކަމުގައި ބަލައިގެން ކުރިއަށް ގެންދޭ! ހަމަ އެކަނި މެއިން ފްރޭމް ހަދާލެވުނަކަސް އެއިގައި އަމިއްލަވަންތަކަމެއް ނުހުންނާނެ! ތި ކުރި މަސައްކަތަށް ހިތްވަރުދެން، މިއީ ހަމަ ބިނާކުރނިވި ފާޑްކިއުމަށް ބަލައިގެންކުރިއަށް ގެންދޭ! ސުކުރިއްޔާ!

  9. ޙައުލާ

    ބައެއްމީހުންނަށް ހަމަ ހަޖަމް ނުވާނެ...

  10. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

    1
    1
  11. އައްޑޫ ސިޓީ

    އިސްމާއީލުގެ މަސައްކަތަށް ހިއްވަރާއި ސާބަސްދެން!

  12. Anonymous

    މޮޅު ކުއްޖެއް މާޝާﷲ

  13. ގަސްވައްޓާ

    ގިފިލިތެރޭކުރާކަމެއްނޫނީ ކަލޭ ގަބޫލްނުކުރާތި މޮޅުކަމެއް ކުއްޖަކުކޮށްފިއްޔާ އެކުއްޖެއްގެ ކުރިމަގު ކިނލަނބުކޮއްލަން ބާރަށް އަނގަތަޅާދެން.

  14. ހެޔޮއެދޭ

    މޮޅު ކުއްޖެއް މާޝާﷲ

  15. ސަރަފަތު

    ތީވެސް ބޮޑު ވަރެއް........ ބޮއިގެން ބިއްޖެހިފަ ތިބޭ ބައެއް އުޅޭތަނެއްމީ.. ރަގަޅު ތިވަރުވެސްވީކަން

    • ތޯޑޭ

      ސީ ސަޅި ކޮމެންޓެއް!

  16. ހެހެ

    ތިޔައްކިޔަންވީ އެސެންބްލިން .. ހަމައެކަނި އަމިއްލަ ކަމަކަށް ފެނުނީ އޭގެ ބޮޑީގަޑު ހެދިކަން

  17. ސަރީ

    މިސޮރު ޑްރޯނެއް ނުދެކި އެޑްރޯނު އުފެއްދިނަމަ އެއީ އަމިއްލަ އުފެއްދުމެއް.

  18. ހިމޭ

    މިގޮތައް ސައިކަލުވެސް މީހުން ހަދާ، ވަގުތައް މިކަން އިނގޭބާ!

  19. ނުރަބޯ

    މަރުޙަބާ... މަރުޙަބާ އިސްމާޢީލް. ޒުވާނުން އުޅެންވީ ތިޔަހެން. އޭރުން ގައުމަށް ޒުވާނުންގެ ބޭނުން އެންމެ ފުރިހަމަޔަށް ހިފޭނީ. މީގެ ބަދަލުގައި ހަކުރު ބޮއިގެން މަގުފޭރެން ދުވުމާ ލާދީނީން ނަށް މުޒާހިރާކޮށްދީ ތަންތާ ހުޅުޖަހައިދޭން ދުވިއަކަސް އެބައެއްގެ ކިބައިން ގައުމަށް ހިފޭނެ ބޭނުމެއް ނެތް.

  20. ޙުސެން

    ތިޔަށް ބުނެވޭނީ ތިޔަ ޑްރޯން ރޭވީ ރާއްޖޭ ގަޔޭ..އަމިއްލަ މޭޑް އަޕް އެއްނޫން

  21. ޑްރޭ

    އެސެމްބަލްޑް އިން ޓޯކިޔޯ، ސްވިޒަރލޭންޑް، ސިންގަޕޯރ އެންޑް މޯލްޑިވްސް

  22. ހަންޑި

    އަހަރެން މީގެ 8 ވަރަކަށް އަހަރު ކުރިން ހެދިން ތި ކަހަލަ ޑުރޯން އެއް. އިއްސެ އަށް ވެސް އިނގޭނެ އަހަރެން ވެސް ތި ޑުރޯން ހަދަން އިއްސެ އަށް ހެލްޕް ވިން...

  23. ތޯޑޭ

    މަޝްހޫރު އެޕަލްކުންފުނިން ތައްޔާރުކުރާ އައިފޯނަކީވެސް ހުރިހާ ކޮމްޕޯނަންޓެއް އެޕަލްއިން އުފައްދައިގެން ހަދާއެއްޗެތް ނޫން! އިންޓެލް، ސެމްސަންގ،ސިރީ އެޕްލިކޭޝަން ފަދަ ބަެިތަކަކީ އެޕަލްއިންވެސް އިމްޕޯރޓުކުރާބައިތަކެއް! އިން އިކިނިމިކް ޕޮއިންޓްއޮޕްވީވް ހިއުމަންސްއާ ނޮޓް ޕޮރޮޑިއުސާރސް. ވީ ޖަސްޓް ޗޭންޖް ދަ ޝޭޕް.

  24. ތޯޑޭ ކުޑަހުވަދޫ

    މަޝްހޫރު އެޕަލްކުންފުނިން ތައްޔާރުކުރާ އައިފޯނަކީވެސް ހުރިހާ ކޮމްޕޯނަންޓެއް އެޕަލްއިން އުފައްދައިގެން ހަދާއެއްޗެތް ނޫން! އިންޓެލް، ސެމްސަންގ،ސިރީ އެޕްލިކޭޝަން ފަދަ ބަެިތަކަކީ އެޕަލްއިންވެސް އިމްޕޯރޓުކުރާބައިތަކެއް! އިން އިކިނިމިކް ޕޮއިންޓްއޮޕްވީވް ހިއުމަންސްއާ ނޮޓް ޕޮރޮޑިއުސާރސް. ވީ ޖަސްޓް ޗޭންޖް ދަ ޝޭޕް.