ދުނިޔޭގެ ބައެއް ހިސާބުތަކުގައި ދެ ހާ ލައްވައި ތެޅުވުމަކީ ކުޅިވަރެކެވެ. މިކަން އަވަށްޓެރި އިންޑިއާ ގައިވެސް ކުރާއިރު ދާދި ފަހުން މިފަދަ ޝޯ އެއް ބަލަން ދިޔަ މީހަކު މިވަނީ ހާލުގެ އަތް ދަށުވެ، މަރުވެފައެވެ.

އާއްމުގޮތެއްގައި ހުރިހާ ހިސާބެއްްގައިވެސް މިގޮތަށް ޖަނަވާރުން ލައްވައި ތަޅުވައިގެން ފައިސާ ހޯދާ މީހުން އެކަން ކުރަނީ ގާނޫނު ތަކާއި ގަވާއިދުތަކައި ޙިލާފަށެވެ. އިންޑިއާގައިވެސް މި ހާދިސާ ހިނގި ވަގުތު މި ތެޅުން ބޭއްވީ ގަވާދާއި ޙިލާފަށެވެ.

ސަރަޕާލީ ވެންކަޓެސްވަރަ ރާއޯ ނަމަކަށް ކިޔާ އެ މީހާ ވަނީ މިދިޔަ ހަފްތާގައި އަންދްރަ ޕްރަދޭޝްގައި އޮތް ގާނޫނާއި ޙިލާފް ހާ ތެޅުމެއް ބަލަން ގޮސްފައެވެ. ނަމަވެސް، ހާތައް ގެންގުޅޭ މީހުން އޭތި ދޫކޮށްލި ވަގުތު ހާ ވަނީ މުޅި ތަނުގައި ދުވަން ފަށައި މީހުންނަށްވެސް ހަމަލާ ދޭން ފަށާފައެވެ.

2 ހާ ތަޅަނީ

މިގޮތަށް ހަމަލާ ދިންއިރު ރާއޯގެ ބަނޑަށް ހާ ދިން ހަމަލާތަކުގެ ސަބަބުން ޑޮކްޓަރުންނަށް ވަނީ އޭނާގެ ފުރާނަ ސަލާމަތް ކުރެވޭގޮތް ނުވެފައެވެ.

މިގޮތަށް ތެޅުމަށް ޙާއްސަ ކޮށްފައި ހުންނަ ހާ ތަކުގެ ވަކިތައް ހުންނާނީ ވަރަށް ތޫނުކޮށްފައެވެ. އަދި އެ އެއްޗހި މޮޅު ކުރުމަށްޓަކައި ބާރުގަދަ އިންޖެކްޝަނާއި އެއްޗެހިވެސް އެ ހާތަކުގެ ވެރިން ޖަހާނެއެވެ.

އެދުވަހު އެ ހާ ވަނީ އެތަނުގައި ތިބި ގިނަ ބަޔަކަށް ހަމަލާ ދީފައެވެ. ނަމަވެސް މަރުވެފައި ވަނީ އުމުރުން 55 އަހަރުގެ ރާއޯ އެކަންޏެވެ. އިންޑިއާގައި ހާތައް ބޭނުންކޮށްގެން މިކަން ކުރުން ވަނީ 1960 ވަނަ އަހަރުުން މަނާކޮށްފައިކަން ފާހަގަކޮށްލެވެއެވެ.